އިދިކޮޅު ކޯލިޝަނުން މާލޭގައި ކުރަމުންދާ މުޒާހަރާގެ ތެރެއިން އިދިކޮޅު ކޯލިޝަންގެ ޤާނޫނީ ވަކީލުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުން ވަނީ އެއްވުުގެ ތެރެއިން ވަކީލުން ހައްޔަރުކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ، ޤާނޫނީ ވަކީލް، ރާޢިބްއާއި، ޤާނޫނީ ވަކީލް މޫސާ ފަތުހީއެވެ.
ފުލުުން ގެންދަނީ މުޒާހަރާގެ ބައިވެރިންނަށް މުޒާހަރާ ކުރަން އެއްވެސް ފުރުސަތެއް ނުދީ ބައެއް މީހުން ހައްޔަރުކޮށް، މުޒާހަރާ ހުއްޓުވުމަށް މަސައްކަތް ކުރަމުންނެވެ. ހައްޔަރުކުރި ޤާނޫ ވަކީލުން ވަނީ މިހާރު ފުލުހުންގެ ވެހިކަލަށް އަރުވާފައެވެ.
ފުލުހުން ގެންދަނީ ބޮޑުތަކުރުފާނު މަގު ޕީޕީއެމް އޮފީސް ސަރަހައްދު ހިމެނޭހެން މުޅި ސަރަހައްދު ބަންދުކޮށް ސަލަމާތީ ކަންކަން ބަލަހައްޓަމުންނެވެ. ފުލުހުން ބޮޑު ތަކުރުފާނު މަގު ޕީޕީއެމް އޮފީސް ކައިރިއަށް އެއްވާމީހުން ހައްޔަރު ކުރަމުންދިޔަ ނަމަވެސް މާލޭގެ އެކި ސަރަހައްދުތަކުގައި އިދިކޮޅު ސަޕޯޓަރުން ދަނީ މުޒާހަރާ ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ