މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ވީޑިއޯ އެޑް ލޯންޗުކޮށްފި

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ވީޑިއޯ އެޑް ލޯންޗުކޮށްފި

Author
މުޙައްމަދު ޝަޒައިމް
27 އޭޕްރިލް 2021 03:56
0

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ރައްޔިތުން ހޭލުންތެރި ކުރުމުގެ ގޮތުން ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓާއި އެލައިޑް އިންޝުއަރެންސް ކޮމްޕެނީ ގުޅިގެން ކުރިއަށް ގެންދާ ރައްކާ ރޯޑް ޝޯވގައި ހިމެނޭ ހަރަކާތްތަކުގެ ތެރެއިން، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ވީޑިއޯ އެޑް ލޯންޗުކޮށްފިއެވެ.

މި ވީޑިއޯ އެޑްތައް ލޯންޗުކޮށްފައިވަނީ ޓީވީއެމް އިން މިއަދު ގެނެސްދިން މިވަގުތު ޕްރޮގްރާމުގައެވެ.

މި ވީޑިއޯ އެޑްތަކުގައި، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅުންހުރި ހޭލުންތެރި ކުރުމުގެ ތަފާތު މެސެޖުތައް ފެނިގެންދާނެއެވެ. އެގޮތުން، އަނދިރި މަގުތަކުގައި ދުވާއިރު ސަމާލުކަންދޭންވީ ކަންކަމާ ގުޅޭ މެސެޖު ހިމެނޭ ވީޑިއޯ އަކާ އަދި ސައިކަލު ދުއްވާއިރު ރައްކާތެރި ގޮތުގައި ހެލްމެޓް އެޅުމުގެ މުހިންމުކަން އަންގައިދޭ ވީޑީއޯއެއް ހިމެނެއެވެ.

އޭގެ އިތުރުން، މަގަށް ދޭންވާ ސަމާލުކަން ނުދީ މަގު ހުރަސްކުރުމުގެ ނުރައްކާތެރިކަން އަންގައިދޭ ވީޑިއޯއަކާއި، އެއްގަމު އުޅަނދު ދުއްވަމުން މޯބައިލް ފޯނު ބޭނުންކުރުމުގެ ނުރައްކާތެރިކަން އަންގައިދޭ ވީޑިއޯއެއް ހިމެނެއެވެ.

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ރައްޔިތުން ހޭލުންތެރި ކުރުމުގެ ތަފާތު ހަރަކާތްތައް ރައްކާ ރޯޑް ޝޯވގެ ތެރެއިން ކުރިއަށް ގެންދެއެވެ. ރައްކާ ރޯޑް ޝޯވގެ ހަރަކާތްތައް ކުރިއަށް ގެންދަނީ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓާއި އެލައިޑް އިންޝުއަރެންސް ކޮމްޕެނީ ގުޅިގެންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.