އަލްއަމީރު މުހައްމަދު ނޫރައްދީނުގެ އަނބިކަނބަލުން ނާސިރާ އަވަހާރަވެއްޖެ

އަލްއަމީރު މުހައްމަދު ނޫރައްދީނުގެ އަނބިކަނބަލުން ނާސިރާ އަވަހާރަވެއްޖެ

Author
މުޙައްމަދު ޝަޒައިމް
27 އޭޕްރިލް 2021 04:23
0

ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކޮށްދެއްވާފައިވާ އަލްއަމީރު މުހައްމަދު ނޫރައްދީން (ނ.ޢ.ޢ.ވ) ގެ އަނބިކަނބަލުން މ ތާނގީދޮށުގޭ ފާތިމަތު ނާސިރާ އަވަހާރަވެއްޖެއެވެ.

ނާސިރާ އަވަހާރަވެފައި ވަނީ ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށްފަހު މިރޭގެ ވަގުތެއްގައެވެ. ނާސިރާ އަވަހާރަވިއިރު އުމުރުފުޅަކީ 87 އަހަރެވެ. ނާސިރާގެ ކަށުނަމާދު އޮންނާނީ މިރޭގެ ފަތިސް ނަމާދަށްފަހު އާސަހަރާ މިސްކިތުގައެވެ.

ނާސިރާއަކީ އަލްއަމީރު މުހައްމަދު ނޫރައްދީން ނ.ޢ.ޢ.ވ.ގެ އަނބިކަނބަލުންނެވެ. މުހައްމަދު ނޫރައްދީނަކީ މިހާރު ހުންނެވި ހަމައެކަނި އަލްއަމީރު ނުވަތަ ރަސްކަލެއްގެ ދަރިކަލުންނެވެ. އަލްއަމީރު މުހައްމަދު ނޫރައްދީނުގެ ބައްޕާފުޅަކީ ސުލްތާން ހަސަން ނޫރައްދީން 2 ވަނައެވެ.

ނާސިރާގެ ބޭފުޅުންގެ ތެރޭގައި ޔޫރޯ ސްޓޯރުގެ ވެރިޔާ އިސްމާއީލް ނޫރައްދީނާއި ބޭންކް އޮފް މޯލްޑިވްސްގެ ޑެޕިއުޓީ ސީއީއޯ އާއިޝަތު ނޫރައްދީން، އަދި ޝެފް ގިލްޑް އޮފް މޯލްޑިވްސްގެ ރައީސާ މަރިޔަމް ނޫރައްދީން ހިމެނެއެވެ. އަދި ނާސިރާއަކީ ޔުނިވާސަލް އެންޓަޕްރައިޒެސްގެ ވެރިޔާ މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު)ގެ އެއްބަފާ ދައްތައެވެ.

ނާސިރާ އުފަންވެވަޑައިގަތީ 1934 ވަނަ އަހަރުގެ މާރޗު މަހުގެ 30 ވަނަ ދުވަހުއެވެ. އެކަމަނާއަކީ ދައުލަތުގެ ވަޒީރުކަން ކުރެއްވި ސާހިބުއްސައާދަތު ކޮލިގޭ އުމަރު މަނިކުގެ ދޮށީ ދަރިކަނބަލުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.