މަންދުކޮލެޖަށް ލިބުނު ގެއްލުމުގެ ބަދަލުދޭ މައްސަލަ ކޮންމެ މީހަކު ބުނެގެން ނަމަވެސް މަޖިލިސް ކޮމިޓީން ބެލުމަކީ ވަރަށް ރަނގަޅު ކަމެއްކަމުގައި މަންދު ކޮލެޖްގެ ވެރިޔާ އަދި ކުރީގެ އެމްޑީޕީގެ ރައީސް އިބްރާހިމް އިސްލާއިލް (އިބްރާ) ވިދާޅުވެއްޖެއެވެ.
މަންދު ކޮލެޖް ހިންގުމަށް މާލޭ އިންގްލިޝް ސްކޫލް ހުރި ޢިމާރާތުގެ އެއްބަސްވުން ބާތިލުކޮށް ސަރުކާރަށް ނެގި މައްސަލާގައި ބަދަލެއްގެ ގޮތުގައި 15 މިލިއަން ރުފިޔާދޭން ނިންމި މައްސަލާގައި އޮޑިޓާ ޖެނެރަލް އެކުލަވާލި ރިޕޯޓް ދިރާސާކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ވަނީ ހުށަހަޅުއްވާފައެވެ.
މިކަމާއި ގުޅިގެން އިބްރާ ކުރެއްވި ޓްވީޓެއްގައި ވިދާޅުމީ މިމައްސަލާގައި މިހިސާބަށް މިކަންދާނެކަން މާކުރިންވެސް ބުނަމުން އައިކަމަށެވެ. ޚާއްސަކޮށް ނަޝީދާއި ހަމައިން މިކަން ނުބެލި ނުނިމޭނެކަމަށް މާކުރިންވެސް ދަންވަމުން ގެންދެވިކަމަށެވެ. އިބްރާ ވަނީ މިމައްސަލާގައި އެމްޑީޕީގެ އެކްޓީވިސްޓުންނާއި، ބައެއް މެމްބަރުން އޭނާއަށް ރައްދު ދެއްވާތީ މިކަމުގައި ނަޝީދުގެ ބަސްފުޅެއްވެސް އަދި ނަޝީދު މިކަމުގައި ވަކި ގޮތަކަށް އަމަލުކުރައްވާނެކަމަށް ތަކުރާރުކޮށް ޓުވިޓާގައި ވިދާޅުވެފައެވެ. އިބްރާހިމް މިހެން ވިދާޅުވިތާ ގިނަ ދުވަސްތަކެއްނުވެ ނަޝީދު ވަނީ މިމައްސަލަ މަޖިލިސް ކޮމިޓީން ބެލުމަށް މިހާރު ފޮނުވާފައެވެ.
Ma buninthaa. Mihisaabah thilanuve eh nunimeyneyey.
Mee varah ragalhukameh kuran. Vefa oiy gothehves rayyithunnah saafuvaanethaa.
Mahithah araa adhives qaanoonaa khilaafah magey mudhaa feyrunu meehunge fahathun Anni nudhanee keevve baaey. Maves mee rayyithekey. https://t.co/CkQT5ucOva
— Ibra – Unapologetically for Justice (@ibramandhu) April 26, 2021
މަންދު ކޮލެޖް ހިންގުމަށް މާލޭ އިންގްލިޝް ސްކޫލް ހުރި ޢިމާރާތުގެ އެއްބަސްވުން ބާތިލުކޮށް ސަރުކާރަށް ނެގި މައްސަލާގައި ބަދަލެއްގެ ގޮތުގައި 15 މިލިއަން ރުފިޔާ ދޭން ސިވިލް ކޯޓުން ދައުލަތުގެ މައްޗަށް ހުކުމްކޮށްފައިވަނީ މިމަހުގެ 22 ވަނަ ދުވަހުއެވެ. މިމައްސަލާއި އޮޑިޓާ ޖެނެރަލް ހަސަން ޒިއަތު އެކުލަވާލި އެސެމަންޓް ރިޕޯޓާއިއެކު މިމައްސަލަ ބަލައި ދިނުމަށް މަޖިލިސް ރައީސް ނަޝީދު ވަނީ މިއަދު މާލިއްޔަތު ކޮމިޓީއަށް ފޮނުވާފައެވެ.
މަންދު ކޮލެޖަށް ލިބިފައިވާ ގެއްލުމާއި ގުޅޭގޮތުން އޮޑިޓް އޮފީހުން 2020 ހަދާފައިވާ އެސެސްމަންޓުން ފާހަގަވި ކަންކަމުގެ މައްޗަށް އޮޑިޓާ ޖެނެރަލް އެކުލަވާލި ރިޕޯޓު ވަނީ 2020 ވަނަ އަހަރުގެ ސެޕްޓޭމްބަރު މަހުގެ 21 ވަނަ ދުވަހު މަޖިލިސް ރައީސަށް ސިޓީއަކުން ފޮނުވާފައެވެ.
އެސިޓީގައި ބުނެފައިވަނީ އެމްއީއެސް ހިންގި ބިމާއި ޢިމާރާތުގައި އިންޓަރނޭޝަނަލް ސްކޫލެއް ހިންގުމަށް ހެދި އެއްބަސްވުން އުވާލެއްވުމާ ގުޅިގެން، މާލެ ހައި ޕްރައިވެޓް ލިމިޓެޑް އިން ގެއްލުމުގެ ބަދަލު ހޯދުމަށް ހުށަހަޅާފައިވާ ކަންކަމަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި އެންމެ ގިނަވެގެންވެސް ދޭންޖެހޭނީ 1,279,621 (އެއް މިލިއަން ދުއިސައްތަ ހަތްދިހަ ނުވަ ހާސް ހަ ސަތޭކަ އެކާވީސް) ރުފިޔާއާއި 1,581,475 (އެއް މިލިއަން ފަސް ލައްކަ އަށްޑިހަ އެއް ހާސް ހަތަރު ސަތޭކަ ހަތްދިހަ ފަހެއް) ރުފިޔާއާ ދެމެދުގެ ޢަދަދެއްގެ މާލީ ބަދަލެއްކަމަށެވެ.
އޮޑިޓާ ޖެނެރަލްގެ ރިޕޯޓުގައި، އެންމެ ގިނަވެގެންވެސް މަންދު ކޮލެޖަށް ބަދަލެއްގެ ގޮތުގައި ދޭންޖެހޭ އަދަދެއްގެ ގޮތުގައި، 1.6 މިލިއަން ރުފިޔާގެ އަދަދެއް ކަޑައަޅުއްވާފައި ވިނަމަވެސް، ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާ ނުވަތަ ޝަރީއަތަށް މައްސަލަ ނުގެންގޮސް ހައްލުކުރާ މަރުހަލާގެ ތެރެއިން މިމައްސަލަ ހައްލުކޮށް މަންދު ކޮލެޖަށް 15 މިލިއަން ރުފިޔާގެ ބަދަލެއް ދޭން ދައުލަތުން ވަނީ އެއްބަސް ވެފައެވެ.
ޝަރުޢީ މަރުހަލާގައި، މިމައްސަލަ މަންދު ކޮލެޖުގެ ފަރާތުން ހައި ކޯޓާއި ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ދެ ކޯޓުން ނިންމާފައިވަނީ އެ އެއްބަސްވުން ބާތިލްކުރީ ގޯސްކޮށް ކަމަށެވެ. އަދި ގެއްލުމުގެ ބަދަލު ހޯދަން ވަކިން ދައުވާ ކުރެވޭނެ ކަމަށް ވެސް ހުކުމުގައިވެއެވެ.
ކޮމެންޓު ފޮނުވާ