ޢަދުލުއިންސާފަށް އަތްފައު ބޭނުން ހުއްޓުވަން ރައްޔިތުން ނުކުންނަންޖެހިދާނެ ކަމުގެ އިންޒާރު އަލްހާން ފަހުމީ ރައީސް ނަޝީދާއި، ރައީސް ޞާލިހަށް ދެއްވައިފިއެވެ.
އިލްހާން މިފަދަ ގޮތަކަށް ވިދާޅުވީ މަންދު ކޮލެޖް ހިންގުމަށް މާލޭ އިންގްލިޝް ސްކޫލް ހުރި ޢިމާރާތުގެ އެއްބަސްވުން ބާތިލުކޮށް ސަރުކާރަށް ނެގި މައްސަލާގައި ބަދަލެއްގެ ގޮތުގައި 15 މިލިއަން ރުފިޔާދޭން ނިންމި މައްސަލާގައި އޮޑިޓާ ޖެނެރަލް އެކުލަވާލި ރިޕޯޓް ދިރާސާކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހުށަހަޅުއްވުމާއި ގުޅިގެންނެވެ.
ކޯޓަކުން ވަކި ގޮތަކަށް ނިންމާފައިވަނިކޮށް ދައުލަތުގެ އެއްބާރުން އޭގެތެރެއަށް ވަދެ ވަކި ގޮތަކަށް މައްސަލަ އަބުރާލަން އުޅުމަކީ ޖުޑީޝަރީގެ މިނިވަންކަން ގުޅައިގަނެ ޖުޑީޝަރީއަތް އަތްބާނަން މަސައްކަތް ކުރާކަމުގެ އަލި ގަދަ ހެއްކެތްކަމަށް އަލްހާން ވިދާޅުވިއެވެ. އަދި މިގޮތަށް މިކަން ކުރަމުންދާނަމް ރައްޔިތުން މިކަން ހުއްޓުވަން ނިކުންނަން ޖެހިދާނެކަމުގެ އިންޒާރު އަލްހާން ވަނީ ދެއްވާފައެވެ.
ދީބާޖާ މައްސަލައަށް ހެދިހޮތް ! ކޯޓުތަކުގެ ބޭނުމެއް ނެތެއް ނޫންތޯ؟ @ibusolih @MohamedNasheed
ބަލާވެރިކަމަމަށް ވެއްޖެ! ޢަދުލުއިންސާފަށް އަތްފައު ބޭނުން ހުއްޓުވަން ރައްޔިތުން ނުކުންނަންޖެހިދާނެ! https://t.co/MAHEzk1Je7— ????? ????? – ?? (@AlhanFahmy) April 26, 2021
އަލްހާން ވިދާޅުވީ މަޖިލީހުގައި ނަޝީދު އިންނަވައިގެން މިއަދު އަމަލު ކުރައްވާ ގޮތުން ރާއްޖޭގެ އެންމެ މަތީ ކޯޓަކީވެސް މަޖިލިސް ކަމާއިމެދު ސުވާލލު އުފެދޭކަމަށެވެ. މަޖިލީހުން ކަންކަން ނިންމައި އަމުރު މައުރޫފް ނެރޭ ހިސާބަށް ދިއުމުން މިކަންކަން ހުއްޓުވެންޖެހޭކަމަށެވެ. ހުރިހާ ކަމަކީ ތިމާ ބޭނުންވާހާގޮތަކަށް ނިމެންޖެހޭ ކަންތައްތަކަކަށް ވެގެން ނުވާނެކަމަށް އަލްހާން ވިދާޅުވިއެވެ. ރައީސް ނަޝީދަކީ ޖުޑީޝަލްސާވިސް ކޮމިޝަންގައިވެސް އިންނަވާ ބޭފުޅެކެވެ.
ދިވެހިރާއްޖޭގެ އެންމެމަތީ ކޯޓަކީ ރައްޔިތުންގެ މަޖްލިސްތޯ؟؟ @MohamedNasheed https://t.co/MAHEzk1Je7
— ????? ????? – ?? (@AlhanFahmy) April 26, 2021
އޮޑިޓާ ޖެނެރަލްގެ ރިޕޯޓުގައި، އެންމެ ގިނަވެގެންވެސް މަންދު ކޮލެޖަށް ބަދަލެއްގެ ގޮތުގައި ދޭންޖެހޭ އަދަދެއްގެ ގޮތުގައި، 1.6 މިލިއަން ރުފިޔާގެ އަދަދެއް ކަޑައަޅުއްވާފައި ވިނަމަވެސް، ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާ ނުވަތަ ޝަރީއަތަށް މައްސަލަ ނުގެންގޮސް ހައްލުކުރާ މަރުހަލާގެ ތެރެއިން މިމައްސަލަ ހައްލުކޮށް މަންދު ކޮލެޖަށް 15 މިލިއަން ރުފިޔާގެ ބަދަލެއް ދޭން ދައުލަތުން ވަނީ އެއްވަސް ވެފައެވެ.
ޝަރުޢީ މަރުހަލާގައި، މިމައްސަލަ މަންދު ކޮލެޖުގެ ފަރާތުން ހައި ކޯޓާއި ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ދެ ކޯޓުން ނިންމާފައިވަނީ އެ އެއްބަސްވުން ބާތިލްކުރީ ގޯސްކޮށް ކަމަށެވެ. އަދި ގެއްލުމުގެ ބަދަލު ހޯދަން ވަކިން ދައުވާ ކުރެވޭނެ ކަމަށް ވެސް ހުކުމުގައިވެއެވެ.
މި ހުކުމްތަކަށް ފަހު، ގެއްލުމުގެ ބަދަލަށް 18 މިލިއަން ރުފިޔާ ހޯދަން މާލެ ހައި ޕްރައިވެޓް ލިމިޓެޑުން ދައުވާ ކުރުމުން ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާގައި ދައުލަތުން ވަނީ އޭގެ ތެރެއިން 15 މިލިއަން ރުފިޔާ ދޭން އެއްބަސްވެފަ އެވެ. އެއީ މަންދު ކޮލެޖް އެ އިމާރާތުން ބޭރުކޮށްލުމުން އެހެން ތަނެއް ހޯދަން މިހާތަނަށް ކުރި ޚަރަދުތަކެވެ.
ދައުލަތުން ބަދަލުގެ ގޮތުގައި ބޮޑެތި އަދަދުތަކުން ފައިސާ ދޭ މައްސަލާގައި ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެފައިވެއެވެ.
ކޮމެންޓު ފޮނުވާ