ފަނޑިޔާރުގެތައް މިހާރު ވަނީ ސާފުކުރެވިފަ، ކޮރަޕްޝަނެއް ނުހުންނާނެ: ނަޝީދު

ފަނޑިޔާރުގެތައް މިހާރު ވަނީ ސާފުކުރެވިފަ، ކޮރަޕްޝަނެއް ނުހުންނާނެ: ނަޝީދު

Author
މުޙައްމަދު ޝަޒައިމް
26 އޭޕްރިލް 2021 03:23
0

ރާއްޖޭގެ ފަނޑިޔާރުގެ ތަކުގައި މިހާރު ކޮރަޕްޝަންގެ ކަންކަން ނުހުންނާނެ ކަމަށާއި، އެތައްވާނީ އެކަމުން ސާފު ކުރެވިފައިކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިއަށްދިޔަ ކަނޑު ދަތުރުފަތުރު ކުރުމުގެ ބިލަށް ބަހުސް ކުރައްވަމުން ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ދެއްކެވި ވާހަކަތަކާއި ގުޅިގެން ނަޝީދު ވިދާޅުވީ ފަނޑިޔާރުގެތަކާއި ފަނޑިޔާރުންގެ ތެރޭގައި އޮތް ކޮރަޕްޝަންގެ ކަންކަން މިހާރު ނައްތާލާފައިވާނެކަމަށެވެ. އެއީ އެމަނިކުފާނު އެތަނުގައި އިންނަވާތީކަމަށް ނަޝީދު ވިދާޅުވިއެވެ.

ފަހުގެ ތާރީޚެއްގައި ހިނގި ކޮރަޕްޝަންގެ އެންމެ ބޮޑު އެއް މައްސަލަކަމަށްވާ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަ ބައްލަވާނެކަމަށާއި، އެ މައްސަލަ ބަލައިފިނަމަ މަޖިލީހުގެ ބައެއް މެންބަރުންގެ ގޮނޑި ގެއްލިދާނެކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ. ނަޝީދު ވިދާޅުވީ، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަ ކޮމިޓީއަށް ފޮނުވައިގެން މާ އެދެވޭ ނަތީޖާއެއް ފެނިފައިނުވާކަމަށެވެ. އެހެންކަމުން އެ މައްސަލަ އިތުރަށް ތަހުގީގްކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށާއި އެންޓި ކޮރަޕްޝަން ކޮމިޝަނަށާއި، އެސެޓް ރިކަވަރީ ކޮމިޝަނަށާއި އަދި ފުލުހުންނަށް އިއްޔެ ފޮނުވާފައިވާކަމަށެވެ.

މަޖިލީހުގެ ރައީސް ވިދާޅުވީ، މި މައްސަލަ ބެލުމަށް މަޖިލީހުން ކުރެވެން ހުރި ހުރިހ ކަމެއް ކުރައްވާނެކަމަށެވެ. އޭގެ ތެރޭގައި އެއްވެސް ތިޖޫރިއެއް އަދި އަލަމާރީއެއް ނުހުޅުވާ ނުހުންނަވާނެކަމަށާއި، ކިތައްމެ ބޮޑު މެންބަރަކަށް ވިޔަސް، ކިތައްމެ ބޮޑު ވަޒީރަކަށް ވިޔަސް، ކިތައްމެ ބޮޑު އަމީރަކަށް ވިޔަސް އެ މައްސަލަ ބައްލަވާނެކަމަށްވެސް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ 267 ފަރާތަކަށް ލިބުނުކަމަށް އެމައްސަލަ ތަޙްޤީޤުކުރާ އިދާރާތަކުންވަނީ ވިދާޅުވެފައެވެ. ޚިޔާނާތުގެ ފައިސާ ލިބިފައިވާ ފަރާތްތަކުގެ ތެރޭގައި 18ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 މެމްބަރަކާއި، ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ 16 މެމްބަރަކާއި، މިނިވަން މުވައްސަސާތަކުގައި އިސްކޮށް ތިއްބެވި 5 ބޭފުޅަކުވެސް ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން މިހާރު ސަރުކާރުގެ މަގާމުގައިތަކުގައި ތިބި 7 ބޭފުޅަކާއި، 7 ފަނޑިޔާރެއްގެ އިތުރުން ސަލާމަތީ ބާރުތަކުގައި ހިމެނޭ 23 އޮފިސަރަކަށްވެސް ޚިޔާނާތުގެ ފައިސާ ލިބިފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

A Ah
Kampain gai buni fandiyaarugein majlis raees majleehuge menbarun adhi attorney .General beyrukuraa vaahaka