މިސަރުކާރުން ދަނީ ވައްކަން ކުރާ މީހުންނާއިމެދު އެއްވެސް ތަފާތުކުރުމެއްނެތި ފިޔަވަޅު އަޅަމުން: ޔައުޤޫބް

މިސަރުކާރުން ދަނީ ވައްކަން ކުރާ މީހުންނާއިމެދު އެއްވެސް ތަފާތުކުރުމެއްނެތި ފިޔަވަޅު އަޅަމުން: ޔައުޤޫބް

Author
މުޙައްމަދު ޝަޒައިމް
26 އޭޕްރިލް 2021 02:41
0

މިސަރުކާރުން ދަނީ ވައްކަން ކުރާ މީހުންނާއިމެދު އެއްވެސް ތަފާތުކުރުމެއްނެތި ފިޔަވަޅު އަޅަމުން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުޤޫބް އަބްދުﷲ ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މެމްބަރަކަށް އައުމުގެ ކުރިންވެސް ވައްކަމާއި ޚިޔާނާތުގެ ކަންކަން ބެލުމަށް އެންމެ ބޮޑަށް ބާރު އަޅައި އެކަން ކުރާ މީހުން ހިފާ ހައްޔަރު ކުރާނެކަމުގެ ވައުދަކީ ޔައުގޫބުގެ ވައުދުފުޅެކެވެ. ކޯވިޑް -19 ގެ ބަލިމަޑުކަމާއި ގުޅިގެން، ރާއްޖޭގެ ޞިއްޙީ ނިޒާމް ހަރުދަނާ ކުރުމަށް މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެން ގެނެސްފައިވާ މެޑިކަލް އޮކްސިޖަން ސިލިންޑަރުތަކާއި ގުޅޭ މައްސަލާގައި ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް ބަހުސް ކުރަމުން ޔައުގޫބް ވިދާޅުވީ މި ރިޕޯޓުންވެސް ހާމަވަނީ ވައްކަމަށް މިސަރުކާރުން ޖާގަ ނުދޭ މިންވަރުކަމަށެވެ.

ނިމިދިޔަ ސަރުކާރުގައި މޯލްޑިވްސް ގޭސްއަކީ ވައްކަން ކުރުމަށް ބޭނުންކުރާ ޓޫލްއަކަށް ހަދާފައި ވީނަމަވެސް މިސަރުކާރުން އެތަނުގައި ހިންގާ ވައްކަމުގެ މައްސަލަތައް ބަލައި ވަކި މަޤާމަށް ވަކި ޕާޓީއަކަށް ބެލުމެއްނެތި އަޅަންޖެހޭ ފިޔަވަޅު އަޅަމުންދާކަމަށެވެ. މިއަދު ގޭސް ކުންފުނީގައި ހިންގަމުންދިޔަ މިފަދަ އެތައްކަމެއް ހުއްޓި ކަންކަން ރަނގަޅު ވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ކުރީ ސަރުކާރުގައި ވައްކަން ކުރާ މީހުންނަށް މަތީ ދަރަޖަ ލިބެނީ. ނަމަވެސް މިސަރުކާރުން އެއީ ކޮން ޕާޓީއެއްގެ ކޮން މަޤާމެއްގައި ހުރި މީހެއްތޯ ނުބަލައި ފިޔަވަޅު އަޅަމުންދަނީ. ތަފާތަކީ އޭރާއި މިހާރު ވައްކަން ކުރާ މީހަކަށް މިސަރުކާރުން ފުރުސަތެއް ނުދެއްވާނެއޭ ފިވަޅު އަޅާނެއޭ. އޭރު ވައްކަން ކުރާ މީހުންނަށް ފުރުސަތު އޮތީ. އަޅުގަނޑުމެން މިމަޖިލީހުގައި ސުޕަމެޖޯރިޓީ އޮވެ ވައްކަން ކުރާކަށް ޖާގައެއް ނުދޭނަން. އެފަދަ ކަންކަމަށް ފުރުސަތުވެސް ނުދޭނަން.

– ޔައުގޫބް ވިދާޅުވިއެވެ.

ޔައުޤޫބް ވިދާޅުވީ މިސަރުކާރަކީ ވައްކަމަށް ޖާގަ ދޭނެ ސަރުކާރެއް ނޫންކަމަށެވެ. ސަރުކާރުން މިހާތަނަށް މަސައްކަތް ކުރައްވާފައިވަނީވެސް ވައްކަމަށް ޒީރޯ ޓޮލަރެންސް ދީގެން އެފަދަ ކަންކަން ކުރާ މީހުންނާއިމެދު ފިޔަވަޅު އަޅައި ވައްކަން ހުއްޓުވުމަށް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް މިސަރުކާރުން މަސައްކަތް ކުރާނީ ވައްކަން ހުއްޓުވައި، އެފަދަ ކަންކަން ކުރާ މީހުންނަށް ދޭންޖެހޭ އަދަބު ދިނުމަށް ކަމަށް ޔައުގޫބް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އައިސް
ބޯ ގަޅި ކޮބާ ކަރާ ވަހީދާ ބުރޯ އަދީބު????
M Muhthalib
Mee moya anhenehtha