މަކަރާއި ހީލަތް ހެދުމުގެ މައްސަލާގައި މީހަކު ހޯދަނީ

މަކަރާއި ހީލަތް ހެދުމުގެ މައްސަލާގައި މީހަކު ހޯދަނީ

Author
މުޙައްމަދު ޝަޒައިމް
26 އޭޕްރިލް 2021 02:00
0

މަކަރާއި ހީލަތް ހެދުމުގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން ފުލުހުން އާންމުންގެ އެހީއަށް އެދިއްޖެއެވެ.

ފުލުހުން ބުނެފައިވަނީ ހޯދަމުންދަނީ އއ.މަތިވެރި / ހަނދުވަރީގެ، ޢަބްދުﷲ ޖަމީލް (29އ) ކަމަށެވެ.

ޢަބްދުﷲ ޖަމީލް  ހޯދަމުންދަނީ ހުޅުމާލެ މެޖސްޓްރޭޓް ކޯޓުގައި ބަލަމުންދާ، ދަޢުލަތުން ދަޢުވާކުރާ މަކަރާއި ހީލަތް ހެދުމުގެ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން 2021 އޭޕްރީލް 29 ވަނަ ދުވަހުގެ 12:45 އަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެންނެވެ.

ޢަބްދުﷲ ޖަމީލްއާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.