މަތިވެރިން ޕޮޒިޓިވްވި މީހުންގެ އަދަދު 121 އަށް

މަތިވެރިން ޕޮޒިޓިވްވި މީހުންގެ އަދަދު 121 އަށް

Author
މުޙައްމަދު ޝަޒައިމް
25 އޭޕްރިލް 2021 10:08
0

ކޮމިއުނިޓީ ސްޕްރެޑެއް އޮތް އއ.މަތިވެރިން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 121 އަށް އަރައިފިއެވެ.

މަތިވެރިން ބައްޔަށް ޕޮޒިޓިވްވި މީހުން، ޕޮޒިޓިވްވިކަން އެނގިފައިވަނީ ބަލީގެ އަލާމާތްތައް ފެނިގެން ޓެސްޓުކުރުމުންނެވެ. މިއާއެކު އެރަށުގަ މުޖުތަމަޢުގެ ތެރޭގައި ބަލި އޮތްކަމަށްވަނީ ކަނޑައަޅާފައެވެ. މަތިވެރީގައި ކޯވިޑްގެ ނުރައްކާ ބޮޑުވެފައިވާއިރު، ނެގޭ ސާމްޕަލަތަކުން ޕޮޒިޓިވްވާ މީހުންގެ އަދަދުވެސް ދަނީ އެއްދުވަހުން އަނެއް ދުވަހަށް މަތިވަމުންނެވެ.

މިމަހުގެ 21 ވަނަ ދުވަހު އެރަށުން ވަނީ ކޯވިޑްގެ އަލާމާތްތަކެއް ހުރެގެން 150 ސާމްޕަލް ނަގާފައެވެ. އޭގެ ތެރެއިން 29 ސާމްޕަލެއްގެ ނަތީޖާ ލިބިފައިވާއިރު، 18 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އަދި މިމަހުގެ 22 ވަނަ ދުވަހުވަނީ 64 މީހަކު ޕޮޒިޓިވްވެފައެވެ. އަދި އިއްޔެ ޕޮޒިޓިވްވި 25 މީހުންނާއިި، މިއަދު ޕޮޒިޓިވްވި 14 މީހުންނާއިއެކު އެރަށުން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދުވަނީ 121 އަށް އަރާފައެވެ. އަދިވެސް ބައެއް ސާމްޕަލް ތަކެއްގެ ނަތީޖާ ޕެންޑިންގައިވެސް ވެއެވެ.

މުޖުތަމަޢުގެ ތެރޭގައި ބަލި ފެތުރިފައިވާތީ އެރަށް މިހާރުވަނީ މޮނިޓަރިންގެ ޙާލަތަށް ގެނެސް ރަށަށް އަރާ ފޭބުން މަނާކޮށްފައެވެ. އަދި ރަށުގައި މިހާރުވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައެވެ. އެގޮތުން ކޮންމެހެން ނިކުންނަން ޖެހިއްޖެ ޙާލަތެއްގައި މެނުވީ ބޭރަށް ނިކުމެ ނޫޅުމަށްވަނީ އަންގާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.