ކޯވިޑަށް ފަރުވާދެވޭނެ ގޮތެއްނެތް، ފައިސާ ޗާޕްކޮށްގެން ބޮޑުންނަށް ބަހަނީ: ޝިޔާމް

ކޯވިޑަށް ފަރުވާދެވޭނެ ގޮތެއްނެތް، ފައިސާ ޗާޕްކޮށްގެން ބޮޑުންނަށް ބަހަނީ: ޝިޔާމް

Author
މުޙައްމަދު ޝަޒައިމް
26 އޭޕްރިލް 2021 10:56
0

ކިޔުބިކަލްތަކުގައި ފަރުވާދޭންޖެހޭ ކުޑަކުދިންނަށް އެކަށީގެންވާ ވަރަށް ނަރުހުންނާއި މެޝިން ނެތިގެން ކޯވިޑްގެ ރާއްޖޭގެ ހާލަތު ގޯސްވަމުންދާއިރުވެސް ޗާޕްކުރި ފައިސާއިން ކުރެވުނު ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރު ފައިސާ ޗާޕްކުރުމަށް ދިން ހުއްދައިގެން ދަށުން 4.4 ބިލިޔަން ރުފިޔާ ޗާޕްކޮށް ކުރެވުނު އެއްޗެސް ކަމެއްނެތި މިއަހަރަށް އަނެއްކާ ފައިސާ ޗާޕްކުރަން ހުށަހެޅުމުން އެކަމާއި އެންމެ ބޮޑަށް ދެކޮޅު ހެއްދެވި މެމްމަބަރަކީ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްއެވެ. ޝިޔާމް ވަނީ މަޖިލީހުގައި އިތުރު އެއް އަހަރަށް ފައިސާ ޗާޕްކުރަށް ފާސް ކުރުމާއި ގުޅިގެން ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކޮށްފައެވެ. އެގޮތުން ރައްޔިތުންނަށް އެއްވެސް ފައިދާއެއްނުވެ މާލީ ގޮތުން އިތުރު ބުރަ އުފުލަންޖެހޭ ގޮތަށް އަނެއްކާވެސް ފައިސާ ޗާޕް ކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫންކަމަށް ޝިޔާމް ވަނީ ވިދާޅުވެފައެވެ.

ކޯވިޑްގައި އަނެއްކާވެސް ރާއްޖޭގެ ހާލަތު ގޯސްވެފައިވާއިރު މިވަގުތު ބޭނުންވާ ސާމާނާއި މީހުންގެ ދަތިކަމުގެ ވާހަކަ ޑޮކްޓަރުންގެ ދުލުން ދަނީ ހިއްސާ ކުރަމުންނެވެ. މިކަމުގެ ކަންބޮޑުވުން ފާޅުކޮށް ޝިޔާމް ވިދާޅުވީ ފައިސާ ޗާޕްކުރާތީ ދެކޮޅުވީ އަދި ކަންބޮޑުވުން ފާޅުކުރީ މިކަންކަމާއި ހެދި ކަމަށެވެ. މިއަދު ފެނިގެންދަނީ ފައިސާ ޗާޕްކޮށްގެން ބޮޑުންނަށް ބެހާތަންކަމަށެވެ. އެފައިސާއިން ރައްޔިތުންނަށް ކުރާ އެއްވެސް މަންފާއެއް ނެތްކަމަށް ޝިޔާމް ވިދާޅުވިއެވެ.

މިއީ އަޅުގަނޑުމެން މިދައްކާ ވާހަކަ. ދައުލަތަށް ވަންނަ ފައިސާއެއް ވާގޮތެއް ނޭގޭ. ފައިސާ ޗާޕުކޮށްގެންވެސް ކުރަންޖެހޭ ކަންކަން ހުއްޓާ މިފެންނަނީ ބަދަލުގެ ގޮތުގައި ބަހާލާތަނޭ. ކަންބޮޑުވޭ.

– ޝިޔާމް ވިދާޅުވިއެވެ.

ކިޔުބިކަލްތަކުގައި ފަރުވާދޭންޖެހޭ ކުޑަކުދިންނަށް އެކަށީގެންވާ ވަރަށް ނަރުހުންނާއި މެޝިން ނެތް ކަމަށާއި ހާލަތު ގޯސް ކަމަށް އައިޖީއެމްއެޗުގެ ކުޑަކުދިންގެ ޑޮކްޑަރު، ޑރ. އަހްމަދު ފައިސަލް ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. ފައިސަލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޯވިޑު ޖެހިފައި ހުއްޓައި ވިހެއުމުގެ ސަބަބުން އުފަންވި ތިން ކުއްޖަކަށް ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާ ކަމަށެވެ. އެންމެ ބޮޑު ދައްޗަކީ ފަރުވާ ދިބުމަށް ހުރި ދަތިކަން ކަމުގައި އޭނާވަނީ ފާހަގަކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.