ޑރ.މައުސޫމްގެ ސުވާލެއް: ފަތުރުވެރިކަން ސިޔާސީ ކޮށްގެން ސިޔާސީ މަންފާއެއް ވެދާނެބާ؟

ޑރ.މައުސޫމްގެ ސުވާލެއް: ފަތުރުވެރިކަން ސިޔާސީ ކޮށްގެން ސިޔާސީ މަންފާއެއް ވެދާނެބާ؟

Author
މުޙައްމަދު ޝަޒައިމް
25 އޭޕްރިލް 2021 08:48
0

ރާއްޖޭގެ އިޤްތިޞާދުގެ މައިލޭނާރު ކަމުގައިވާ ފަތުރުވެރިކަމުގެ ސިނާއަތް ސިޔާސީ ކޮށްލައިގެން ރާއްޖެއަށް ވާނެ މޮޅެއް ނެތްކަމަށް ފަތުރުވެރިކަމާއި ބެހޭ ވަޒީރު ޑރ.އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގައި އަނެއްކާވެސް ބަލި ޖެހޭ މީހުންނާއި ބަލީގެ ނުރައްކާ ބޮޑުވެފައިވާ ދަނޑިވަޅުގައި ފަތުރިކަމުގެ ސިނާއަތަށް އަމާޒުކޮށް ބައެއް ސިޔާސީ ބޭފުޅުން ދައްކަވަމުންދާ ވާހަކަތަކަށް އިޝާރާތް ކުރައްވައި މިނިސްޓަރ މައުސޫމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފަތުރުވެރިކަން ހީނަރުވެގެންދާ ގޮތަށް މަސައްކަތް ކޮށްގެން ސިޔާސީ މަންފާއެއް ހާސިލް ވެދާނެކަމަށް ގަބޫލު ކުރައްވާނަމަށް އެއީ ވަރަށް ބޮޑު ކުށް ހީޔެއް ކަމަށެވެ.

ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ހާލަތު ވަރަށް ދަށަށްގޮސް އިޤްތިޞާދީ ބޮޑު އަދަވަޅަކަށް ވެއްޓުނު ވަގުތުވެސް ރާއްޖެ ނަގައި ކޮޅަށް ޖެހީ ފަތުރުވެރިކަމުގެ ސިނާއަތުން ކަމަށާއި، އަދި ސިނާއަތަށް ލިބުނު ކާމިޔާބާއިއެކީ ސަރުކާރަށް ރައްޔިތުންގެ ތާއީދުވެސް އިތުރުވަމުންދާކަމަށެވެ. މިކަން އޮއްބާލުމަށް ނުވަތަ މިކަން ނުވާކަމަށް ހެދުމަށް ސިޔާސީ މަންފާތަކެއް ހާސިލްކުރުމަށް ރާއްޖޭގެ ފަތުރުވެރިކަން އޭގެ ތެރެއަށް ވެއްދުމަކީ ސިޔާސީ މަންފާއެއް އެކަމުން ލިބިދާނެ ކަމެއްތޯ މިނިސްޓަރ މައުސޫމް ވަނީ ސުވާލު އުފައްދާފައެވެ.

ތާށި ވަގުތެއްގާވެސް ގައުމުގެ އިގްތިސޯދު ހިންގުމުން، ރައްޔިތުންގެ މުހުތާދުތަކަށް ކޮންމެވެސްވަރެއްގެ ތަސައްލީއެއްލިބި ރައްޔިތުން ސަރުކާރާ ގަޔާވާތީ ބަޔަކު ހިތުގަޖެހުނަސް، ރާއްޖޭގެ އިގުތިސޯދުގެ ބޮޑު ހިއްސާއެއްކުރާ ފަތުރުވެރިކަން ސިޔާސީ ކޮށްގެން އެބަޔަކަށް ސިޔާސީ މަންފާއެއްލިބިދާނެބާ؟

– މިނިސްޓަރ މައުސޫމް ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ ސިނާއަތަށް އަމާޒުކޮށް ސިޔާސީ ބޭފުޅުން މިދުވަސްކޮޅު އެންމެ ބޮޑަށް ދައްކަމުންދާ ވާހައަކީ އިންޑިޔާގެ ފަތުރުވެރިން ރާއްޖެއަށް އައުމުގައި ހުރި ކަންބޮޑުވުމުގެ ވާހަކައެވެ. އިންޑިޔާއަކީ މިވަގުތު ދުނިޔޭގައިވެސް ކޯވިޑްގެ އެންމެ ނުރައްކާތެރި ހާލަތުގައި އޮތް ޤައުމަށްވާއިރު އެޤައުމުން ދަތުރު ކުރާ ފަތުރުވެރިން މިވަގުތަށް މަޑު ޖައްސާލުމަށް ސިޔާސީ ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އެލާމު
ހަގީގަތް އޮޅޮވާލުމަށް ވާހަކަ ނުދައްކަވާ. ޓޫރިޒަމްގެ މެދުފަންތީގެ ވިޔަފާރީގެ ގުރޫޕް ތަކުން އެދުނީ ޕީސީއާރު ހަދައިގެން އިންޑިއާ މީހުން އަންނަ ގޮތަށް ހަމަޖައްސަން. އެކަން އެގޮތަށް ކުރާނެކަން މަނިކުފާނު ޓުވީޓު ކުރައްވައި އެގެ ފަހުން އިމިގުރޭޝަނުން އެގޮތް ތަށް ކުރިއަށް ދާ ކަމަށް އެންގުމުން ކުދި ވިޔަފާރިތަކުން އެކަމާ ހިއްހަމަ ނުޖެހިގެން ވާހަކަ ދައްކަން ފެށީ. މިހާ ރު އެހެން ވާހަކައެއް ދައްކަވައި މުޅިކަންތައް ސިޔާސީ ކުރައްވައި އެހެން ވާހަކައެއ ދައްކަވައި ހަގީގަތް އޮޅުވާލަން މަސައްކަތް ތިކުރައްވަނީ.