މާލެ ސިޓީ ކައުންސިލްގެ އިންތިޤާލީ މަރުޙަލާއާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

މާލެ ސިޓީ ކައުންސިލްގެ އިންތިޤާލީ މަރުޙަލާއާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

Author
މުޙައްމަދު ޝަޒައިމް
25 އޭޕްރިލް 2021 08:17
0

ނިމިދިޔަ ކައުންސިލް އިންތިޚާބުގައި މާލެ ސިޓީގެ މޭޔަރުގެ މަޤާމަށް އިންތިޚާބުވި ޑރ.މުހައްމަދު މުއިއްޒު އާއިއެކު މާލެ ސިޓީގެ މިހާރުގެ މޭޔަރު ބައްދަލުކޮށް އިންތިޤާލީ މަރުޙަލާއާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މާލެ ސިޓީ ކައުންސިލްގައި އޮތް މިބައްދަލުވުމުގައި މޭޔަރު ސިފާ މުހައްމަދާއި، ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ވެސް ބައިވެރިވެވަޑައި ގެންނެވިއެވެ. މިބައްދަލުވުމާއި ގުޅޭގޮތުން މާލެ ސިޓީ ކައުންސިލުން ކޮށްފައިވާ ޓްވީޓުގައި ބުނެފައިވަނީ މި ބައްދަލުކުރެއްވުމުގައި އިންތިހާބީ މޭޔަރާ މަގާމު ހަވާލުކުރުމުގެ ކަންކަމާ ގުޅޭ ގޮތުންނާއި، އިންތިޤާލީ މަރުހަލާގެ ކަންކަން ކުރިއަށް ގެންދާނެ ގޮތަކައި ގުޅޭގޮތުން މަޝްވަރާ ކުރެވިފައިވާކަމަށެވެ.

ކައުންސިލް އިންތިޚާބުގައި މާލެ ސިޓީން ވެރިކަން ކުރާ އެމްޑީޕީގެ މައްޗަށް އިދިކޮޅު ޕީޕީއެމްއިން ވަނީ ބޮޑު ކާމިޔާބެއް ހޯދާފައެވެ. އެގޮތުން މާލެ ސިޓީގެ މޭޔަރުގެ މަޤާމާއިއެކު 12 ގޮޑިއެއް ޕީޕީއެމްއިން ވަނީ ކާމިޔާބު ކޮށްފައެވެ. ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓު، އަނަސް އަބްދުއްސައްތާރާ ވާދަކުރައްވާ ޕީޕީއެމްގެ ކެންޑިޑޭޓް، ޑރ. މުއިއްޒު މޭޔަރު ކަމަށް އިންތިހާބުވެވަޑައިގަތީ ވޯޓުލީ މީހުންގެ 61 ޕަސެންޓް ވޯޓުންނެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި، އިންތިޚާބުވި ކައުންސިލަރުން ހުވައިކުރުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ މެދު ތެރޭގައިކަމަށް ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ވަނީ ބުނެފައެވެ.

މުޅި އިންތިޙާބަށް ބަލާއިރު އިންތިޙާބު ކުރަންޖެހޭ ޖުމްލަ މަޤާމުތަކުގެ ތެރެއިން 43 އިންސައްތަ ކާމިޔާބުކުރީ އެމްޑީޕީއެވެ. އިދިކޮޅު ޕީޕީއެމްއަށް ކާމިޔާބު ކުރެވިފައިވަނީ  %34.9 އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އަލީރަސީދު
މިފަހަރު ބައްލަވަން ތިއްބަވާ ރީނދޫ ތިލަފަތާ ފިޔާތޮށި ރުކުގެ ފަރަގު މިހާރުވާނީ މަޖިލިސްގެ އެހާރާއި މިހާރުވެސް ތިޔަބޭފުޅުންނަށް ފެނިވަޑައިގެންފަ