މަހުލޫފް އިސްތިއުފާ ނުދީފިނަމަ ރޯކޮށްލާނެކަމުގެ އިންޒާރު މެމްބަރު ޣަފޫރުގެ ދަރިކަލުން ދީފި

މަހުލޫފް އިސްތިއުފާ ނުދީފިނަމަ ރޯކޮށްލާނެކަމުގެ އިންޒާރު މެމްބަރު ޣަފޫރުގެ ދަރިކަލުން ދީފި

Author
މުޙައްމަދު ޝަޒައިމް
25 އޭޕްރިލް 2021 04:54
0

ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް މަޤާމުން އިސްތިއުފާ ނުދެއްވައިފިނަަ އޭނާ ރޯކޮށްލާނެ ކަމުގެ އިންޒާރު ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާގެ ދަރިކަލުން ދެއްވައިފިއެވެ.

ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރް މޫސާ (ގަޕޯ)ގެ ދަރިފުޅު މުހައްމަދު ޝާރިގު ކޮށްފައިވާ ޓްވީޓުގައި ބުނެފައިވަނީ މަހުލޫފް އިސްތިއުފާ ދިނުމަށް އޮތް އެންމެ ފަހު ތާރީހަކީ މެއި މަހުގެ ފުރަތަމަ ދުވަސް ކަމަށެވެ.

އޭނާގެ އެ ޓްވީޓަށް ކޮމެންޓް ކުރި މީހަކު ވަނީ މެއި މަހުގެ ފުރަތަމަ ދުވަހު އިސްތިއުފާ ނުދީފިނަމަ ދެން ހަދާނީ ކިހިނެތްތޯ ސުވާލު ކޮށްފައެވެ. އެ ކޮމެންޓަށް ޖަވާބު ދެމުން އޭނާ ވަނީ "ރޯކޮށް"ލާނެ ކަމަށް ބުނެފައެވެ. އަދި ގްރިލްގައި ބާބެކިއު ހަދާނީ ކަމަށް ބުނެ އިންޒާރު ދީފައިވެއެވެ. އޭނާ ދިން އެ އިންޒާރުގެ ސްކްރީންޝޮޓްތައް މީސް މީޑިއާގައި ދައުރުވާން ފެށުމުން އޭނާ ދައްކާފައި ވަނީ ރަހުމަތްތެރިއަކާއެކު ބާބެކިއުއެއް ހަދާ ވާހަކަ ކަމަށެވެ.

މިނިސްޓަރު މަހުލޫފް މަގާމުން ދުރުކުރަން ބޭނުންވާ ބަޔަކު ވެރިކަން ކުރާ އެމްޑީޕީގެ ތެރޭގައި އުޅެއެވެ. އެ ޕާޓީގެ ހަރަކާތްތެރި ބައެއް މެންބަރުން ދޭތެރެ ދޭތެރެއިން ގެންދަނީ ޔޫތު މިނިސްޓަރު ބަދަލުވާނެ ކަމުގެ އިޝާރާތްތަކެއްވެސް ކުރަމުންނެވެ. އަދި ދެން މިނިސްޓަރު ކަމަށް ވަޑައިގަންނަވާނީ މިވެނި ބޭފުޅެކޭ ބުނެ ބައެއް ބޭފުޅުންގެ ފޮޓޯވެސް އާންމު ކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

B Bulbul
Ehehehnoo veeki Gapo dhari ves beynunvani Ministerkan.i. Gapo dhariyah support kuraa meehunnahvure Mahay ge supportarun ginakan dhannaathi.