މާފުށީ ޖަލުން 13 ގައިދީއަކު ޕޮޒިޓިވްވެ، އެނެކްސް 1 ލޮކްޑައުންކޮށްފި

މާފުށީ ޖަލުން 13 ގައިދީއަކު ޕޮޒިޓިވްވެ، އެނެކްސް 1 ލޮކްޑައުންކޮށްފި

Author
މުޙައްމަދު ޝަޒައިމް
25 އޭޕްރިލް 2021 03:11
0

މާފުށީ ޖަލުން 13 ގައިދީއަކު ކޯވިޑަށް ޕޮޒިޓިވްވެ، އެނެކްސް 1 ލޮކްޑައުންކޮށްފައި ވާކަމަށް ކަރެކްޝަން އިން ބުނެފިއެވެ.

ކޯވިޑް-19 ގެ ހާލަަތު ރާއްޖޭގައި އަނެއްކާވެސް ބޮޑުވެ ޕޮޒިޓިވްވާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. ކަރެކްޝަަލް ސާވިސްއިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ އިއްޔެ މާފުށީ ޖަލުން ނެގި ސާމްޕަލްތަކުގެ ތެރެއިން 13 މީހަކު ޕޮޒިޓިވް ވެފައިވާކަމަށެވެ. މިއާއިއެކު އެމީހުން ތިބި އެނެކްސް އެކެއް ލޮކްޑައުންކޮށް ކޯވިޑް-19 އިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅު އަޅަމުން ދާކަމަށެވެ.

24 އޭޕްރިލް 2021 ގައި މި ސަރވިސްގެ މާލެ ޖަލުގެ އެނެކްސް 1 އިން ނެގި ސާމްޕަލްތަކުން 13 ޤައިދީ ކޯވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން އެނެކްސް 1 ލޮކްޑައުންކުރެވި، ކޯވިޑް-19 އާ ބެހޭ އުޞޫލުގެ ދަށުން ކަނޑައެޅިފައިވާ ފިޔަވަޅުތައް ދަނީ އަޅަމުން.

– ކަރެކްޝަނުން ވަނީ ބުނެފައެވެ.

ކޯވިޑް-19 އަށް ރާއްޖެއިން ޕޮޒިޓްވާ މީހުންގެ އަދަދު އިތުރުވަމުންދާއިރު އަދި މިހާތަނަށް އެޗްޕީއޭއިން މަބޮޑު ފިޔަވަޅުތަކެއް އަޅަމުންދާތަން ނުފެނެއެވެ. ޚާއްސަކޮށް އަތޮޅު ތެރޭގެ ރަށްތަކުގައި ބަލި އިންތިހާއަށް ފެތުރެމުންދާއިރު، ބަލީގެ ނުރައްކާވަނީ ބޮޑުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޟ ޟަ
މަާފުށި އެެއް ނޫން.މާލެ ޖަލު