އެމްއެމްއޭގެ ޕަބްލިކް އެކައުންޓުން އޯވަ ޑްރޯ ކުރުމުގެ ހުއްދަ ހޯދުމަށްޓަކައި، ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނުގެ ވަކި މާއްދާތަކަކަށް ޢަމަލުކުރުން ހުއްޓާލަފައި އޮތްއޮތުން އެއް އަހަރުގެ މުއްދަތަކަށް އިތުރުކުރުމަށް ކޮމިޓީ މަރުހަލާއި ކުރެވުނު މަސައްކަތްތައް ވަރަށް ބޮޑަށް އޮޅުވާލާފައިވަކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ޤާއުމުގެ ހާލަތު އޮތް ގޮތުންނާއި، ދުނިޔޭގެ މާލީ އިދާރާތަކުން ރާއްޖޭގެ މާލީ ހާލަތާއި މެދު ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްފައި ފައިސާ ޗާޕްކުރުމަށް ހުއްދަ ދިނުމަށް އިންތިހާއަށް ދެކޮޅުކަން ހާމަކޮށް ސައީދު ވިދާޅުވީ ކޮމިޓީ މަރުހަލާގައި މިމަސައްކަތް ކުރިއަށް ގެންދެވިއިރު އެމްއެމްއޭގެ ގަވަރުނަރު ކޮމިޓީގައި ދެއްކެވި ވާހަކަށް ރިޕޯޓުގައި ހިމަނާފައި ނުވާކަމަށެވެ. އަދި ހިމަނާފައިވާބައިވެސް ހިމަނާފައިވާ ވަރަށް ބޮޑަށް އޮޅުވާލައި މަކަރުވެރި ކަމެއްގެ ތެރެއިންކަމަށް ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ ފައިސާ ޗާޕުކޮށް ދަރަނި އިތުރަށް ނެގުމާ ގުޅޭގޮތުން ސަރުކާރުން މަރުކަޒީ ބޭންކާ މަޝްވަރާ ކޮށްފައި ނުވާކަމާއި، ކުރިންވެސް ޤާނޫނުގެ އަކުރުތަކުގައި ތަޅުއަޅުވައިގެން ސަރުކާރުން ބޭނުންވާ ޢަދަދަށް ފައިސާ ޗާޕުކޮށްފައިވަނީ އެ ބޭންކާ އެއްވެސް މަޝްވަރާއެއް ކުރުމެނެތިކަމަށް އެމްއެމްއޭގެ ގަވަރނަރު ވިދާޅުވިކަމަށެވެ. އަދި މިފައިސާ ދައްކާނެ ގޮތުންގެ އެއްވެސް ޕްލޭނެއް މިހާތަނަށް ހުށައެޅިފައި ނުވާކަމާއި މުއްދަތު އިތުރު ކުރުމަށް ހުށައަޅާފައިވާއިރުވެސް ފައިސާ ދައްކާނެ ޕްލޭނެއް ނެތްކަމުގެ ކަންބޮޑުވުން ގަވަރނަރު ފާޅު ކުރައްވާފައިވާކަމަށެވެ.
ސައީދު ވިދާޅުވީ4.4 ބިލިޔަން ރުފިޔާފެ ފައިސާ ޗާޕްކޮށްގެން ރައްޔިތުންނަށް މަލީ ގޮތުން އެއްވެސް ފައިދާއެއް ކޮށްފައި ނުވާކަމަށެވެ. މިކަމަކީ ވަކި މަންފާތަކެއް ހޯދުމަށް ކުރަމުންދާ ކަމެއްކަމަށް ސައީދު ވިދާޅުވިއެވެ. މިއަދު ޤައުމުގެ ޢާންމު އިޤުތިޞާދީ ޙާލަތާމެދު ބޭރުގެ ރޭޓިންގދޭ ފަރާތްތަކުގެ އިތުބާރު ޤާއިމްކުރުމަށްޓަކައި، މިފައިސާ އަނބުރާ ދައްކާއިރު ފިސްކަލް ޑިސިޕްލިން ގެނައުމުގެގޮތުން ނޮމިނަލް ފައިނޭންސް ކޮސްޓެއް ކަނޑައެޅުމަށާއި، މިފައިސާ އަނބުރާ ދައްކާނެގޮތުގެ ޕްލޭނެއް ފިނޭންސް މިނިސްޓަރ އެކަށައަޅުއްވައި، ރައްޔިތުންގެ މަޖިލީހަށާއި ސެންޓްރަލް ބޭންކަށް ޙިއްޞާކުރައްވަން ޖެހޭނެ ކަމަށާއި، މިފައިސާ މެނޭޖްކުރަމުންދާގޮތް، ކުއަރޓަލީ ރިޕޯޓްގެ ގޮތުގައި ހުށައެޅުމަށާއި، މިފައިސާ ލޯނަކަށް ބަދަލުކުރުމަކީ އެއްގޮތަކަށްވެސް ކޮށްގެންވާނެކަމެއްނޫން ކަމުގައި ކޮމިޓީ ރިޕޯޓްގައި ހިމަނައިދިނުމަށް އެދުނުކަމަށެވެ.
ނަމަވެސް މިއިން އެއްވެސް ކަމަކަށް އިޖާބަ ނުދީ ކޮމިޓީ ރިޕޯޓް ތަޅުމަށް ގެނެސް މަޖިލީހުން މިކަންފާސްކުރީ ދިވެހި ރައްޔިތުންނަށް އެކަމުން ކުރާނެ ނޭދެވޭ އަސަރުތައް ރަނގަޅަށް އެގިތިބެކަމަށް ސައީދު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ