މިސަރުކާރަކީ ކޯވިޑުގެ ހާލަތުގައި އެންމެ ރަނގަޅަށް މެނޭޖްކުރި އެއް ޤައުމު: ރޮޒޭނާ

މިސަރުކާރަކީ ކޯވިޑުގެ ހާލަތުގައި އެންމެ ރަނގަޅަށް މެނޭޖްކުރި އެއް ޤައުމު: ރޮޒޭނާ

Author
މުޙައްމަދު ޝަޒައިމް
25 އޭޕްރިލް 2021 03:00
0

މިސަރުކާރަކީ ކޯވިޑުގެ ހާލަތުގައި އެންމެ ރަނގަޅަށް މެނޭޖްކުރި އެއް ޤައުމު ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީގެ މުޤައްރިރު އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް ވިދާޅުވެއްޖެއެވެ.

އެމްއެމްއޭގެ ޕަބްލިކް އެކައުންޓުން އޯވަ ޑްރޯ ކުރުމުގެ ހުއްދަ ހޯދުމަށްޓަކައި، ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނުގެ ވަކި މާއްދާތަކަކަށް ޢަމަލުކުރުން ހުއްޓާލަފައި އޮތްއޮތުން އެއް އަހަރުގެ މުއްދަތަކަށް އިތުރުކުރުމަށް މަޖިލީހަށް ހުށަހެޅުނު މައްސަލާގައި ބަހުސް ކުރައްވަމުން ރޮޒޭނާ ވިދާޅުވީ ކޯވިޑްގެ އެންމެ ދަތި އުދަނގޫ ދުވަސްތަކުގައިވެސް ސަރުކާރުން ހުރިހާކަމެއްވެސް ބަލަހައްޓާފައިވަނީ ވަރަށް ރަނގަޅަށް ކަމަށެވެ. ދުނިޔޭގެ އެހެން ޤައުމުތަކުގައި ދިމާވި ކަންކަން ދިމާނުވެ ރާއްޖޭގެ ކަންކަން މެނޭޖެ ކުރުމުގައި ރައީސް ޞާލިހު ގެންގުޅުއްވި ހަރުދަނާ ސިޔާސަތަށް ރޮޒޭނާ ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.

މިސަރުކާރަކީ ކޯވިޑްގައިވެސް އެންމެ ރަނގަޅަށް މެނޭޖްކުރި އެއް ޤައުމު. ވެކްސިން ދިނުމުގައިވެސް އަދި މި ހާލަތުގައި އިޤްތިޞާދު މެނޭޖް ކުރުމުގައިވެސް އެންމެ ކުރީގައި އޮތް އެއް ޤައުމު. ޝުކުރިޔާ ރައީސް ޞާލިހު.

– ރޮޒޭނާ ވިދާޅުވިއެވެ.

ރޮޒައިނާ ވިދާޅުވީ ކޮވިޑްގެ ހާލަތުގެ ތެރޭގައި ވެސް ތަރައްގީގެ އެއްވެސް މަޝްރޫޢުއެއް ހުއްޓުމެއް ނެތި މި ސަރުކާރުން ކުރިއަށް ގެންދިޔަ ކަމަށާއި، އަދި އެކަމާވެސް އިދިކޮޅު ފަރާތްތަކުން ހަސަދަވެރި ވާކަމަށެވެ. މި ސަރުކާރު އައިތާ ދެ އަހަރުގެ ތެރޭގައި އެއްވެސް ސަރުކާރަކުން ނުކުރާވަރަށް މަސައްކަތް ކުރާތީވެ އެކަމާވެސް އިދިކޮޅުން ހަސަދަވެރި ވެގެން މަޖިލީހުގެ ތަޅުމުގައި އަޑުގަދަ ކުރައްވަނީ ކަމަށެވެ.

އޭނާ ވިދާޅުވީ މިސަރުކާރުން ފާއިތުވެދިޔަ ތަނުގައި ކަންކަން ހާސިލް ކޮށްފައިވަނީ ރަނގަޅު ނަތީޖާތަކެއް ނެރެވޭ ގޮތަށްކަމަށެވެ، އެގޮތުން ދައުލަތުގެ ހިއްސާވާ ކުންފުނިތަކަށް ބޮޑުތަނުން ފައިދާވެ ކުންފުނިތައްވެސް މިއަދު އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ޤާބިލްކަން ހުރިކަމަށެވެ. ރޮޒޭނާ ވިދާޅުވީ ކުރިއަށް އޮތް ތަނުގައިވެސް ސަރުކާރުން ކަންކަން ކުރާނީ ދިވެހި ރައްޔިތުންނަށް ލާބަޔާއި މަންފާ ހުރި އެންމެ ރަނގަޅު ގޮތަށް ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޔ ޔޫސުފް
ވައްކަންކުރުމުގައި ބޮޑުތަނުންކުރީގަ ކުނފުނިތައް ވަނީ ބަނގުރޫޓުވެފަ މީ ސަރުކާރެއްތަ