މަޖިލިސް ގޮސް ހުއްޓޭނީ ދާން ބޭނުންވާ މަންޒިލަށް: ނަޝީދު

މަޖިލިސް ގޮސް ހުއްޓޭނީ ދާން ބޭނުންވާ މަންޒިލަށް: ނަޝީދު

Author
މުޙައްމަދު ޝަޒައިމް
25 އޭޕްރިލް 2021 02:24
0

ރައްޔިތުންގެ މަޖިލީހަކީ އަމާޒެއް ނެތި މަސައްކަތް ކުރާ މަޖިލީހެއް ނޫންކަމަށާއި، މަޖިލީހުން މިހާރު ކުރަމުންދާ މަސައްކަތުން ގޮސް ހުއްޓޭނީ ދާންބޭނުންވާ މައްޒިލަށް ކަމުގަައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ފައިސާ ޗާޕް ކުރުމަށް އިތުރު އެއްއަހަރަށް ފިނޭންސް މިނިސްޓްރީން ހުށަހަޅާފައިވާ މައްސަލައިގެ ބަހުސް މަރުހަލާގައި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ނެންނެގެވި ނިޒާމީ ނުކުތާއަކާއި ގުޅިގެން މަޖިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަޖިލީހަކީ މީޒާން ގެއްލިފައިވާ މަޖިލީހެއް ނޫން ކަމަށެވެ. މަޖިލީހުން މަސައްކަތް ކުރަމުންދަނީ ދާންބޭނުންވާ ވަކި މިސްރާބަކަށް ވަކި އަމާޒަކަށް ވާސިލް ވުމަށްކަމަށާއި، މިމައްސަލާގައިވެސް އަދި އެހެން ކަންކަމުގައިސް މަޖިލީހުން ހާސިލް ކުރަން ބޭނުންވާ މިސްރާބަށް ވާސިލް ވާނެކަމަށެވެ.

އިއްޒަތްތެރި މެމްބަރުންނަށް އެނގިވަޑައިގަންނަވަން ޖެހޭނީ މިއީ މީޒާން ގެއްލިފައިވާ މަޖިލީހެއް ނޫންކަމާއި އަދި މި މަޖިލީހުގެ އަމާޒު މި މަޖިލީސް ހިފާނެ ކަމާއި ފުރިހަމަ ރާސްތާގައި އިރާދަ ކުރެއްވިއްޔާ މި މަޖްލިސް ގޮސް މީގެ މަންޒިލަށް ގޮސް ހުއްޓޭނެކަން.

– މަޖިލިސް ރައީސް ނަޝީދު ވިދާޅުވިއެވެ.

އޯވާޑްރާފްޓްގެ މުއްދަތު އިތުރުކޮށް ދޭން އެދުމާއި ގުޅިގެން އެކަން މަޖިލީހުގައި ހިނގައިދިޔަ ގޮތުން މަޖިލީހުގެ ބައެއް މެމްބަރުންގެ ހިތުގައި ސުވާލު އުފެދި ނުތަވަސްކަން އުފެދުނު ކަމަށާއި، ނަމަވެސް މިކަން ކުރައްވާފައިވަނީ އޮންނަ އުސޫލުގެ ތެރެއިން ހަމަޖެހިފައިވާ ތަރުތީބުންކަމަށް ސަމާސާ ރާގެއްގައި މަޖިލިސް ރައީސް ވިދާޅުވިއެވެ.

މަޖިލިސް ރައީސް ވަނީ ފައިސާ ޗާޕްކުރުމުގެ ހުއްދަ ދިނުމުގެ މައްސަލާއި މައްސަލަ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ފޮނުވަން ދެކޮޅު ހައްދަވާފައެވެ. އަދި އެކަން އެންމެފަހުން ނިމިގެން ގޮސްފައިވަނީ މަޖިލިސް ރައީސް ބޭނުންވި ގޮތަށް ވަގުތީ ކޮމިޓީއެއް އެކުލަވާލައި އެކޮމިޓީގެ މެމްބަރުންގެ ބެލުމުގެ ދަށުންނެވެ. މިމައްސަލާގައި މަޖިލިސް ރައީސް މުހައްމަދު ނަޝީދާއި ބައެއް މެމްބަރުންނާއި ދެމެދު މީޑިޔާގައި ބަހުގެ ހޫނު ހަމަލާތަކެއްވެސް ވަނީ ބަދަލު ކުރެވިފައެވެ. އަދި ކަނޑައެޅިގެން މަޖިލިސް ރައީސް މަސައްކަތް ކުރައްވާފައިވަނީ މިކަމުގައި ސަރުކާރަށް ދަތިކުރަންކަމަށް ބައެއް މެމްބަރުން ވަނީ ތުހުމަތު ކުރައްވާފައެވެ.

މަޖިލިސް ރައީސް މަޖިލިސް ދާންބޭނުންވާ މިސްރާބަށް ދިއުމަށް މަސައްކަތް ކުރައްވާ ވާހަކަ ވިދާޅުވުމުން ބައެއް ބޭފުޅުން ސިފަ ކުރައްވާފައިވަނީ ނަޝީދު އެ ވިދާޅުވާ މަންޒިލަކީ މަޖިލިސް ތެރެއިން ބަރުލަމާނީ ނިޒާމުގެ މަސައްކަތް ފަށުމުގެ ވާހަކަ ކަމަށެވެ. އަދި މަޖިލިސް ތެރެއިން ދާން ބޭނުންވާ މަންޒިލަކީ ބޮޑުވަޒީގެ ގޮޑިކޮޅުކަމަށް ގިނަބަޔަކު ދެކެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ހ ހޯލި
Manzilakee sarukaru fail kohlun e ah fahu verikamaa havaaluvun dhivehin Thinanzil beynume nuvey
އ އަބުދުލް ވާހިދު
ދިވެހީން ބުނާނީ ނޯ ބަރުލަމާނީ
މިހެންގޮސް ސަރުކާރުފޭލްވީމަ މަންޒިލައް ދެވުނީތޯއްޗެ>