އެމްޑީޕީން އަބަދުވެސް ގޮތް ނިންމާނީ ވޯޓުން ކަމަށާއި، ވޯޓުގެ ކަންކަން ކޯޓުން ނިންމުމަކީ އެމްޑީޕީން ތާއީދު ކުރާ ކަމެއްނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާޢު ވިދާޅުވެއްޖެއެވެ.
މިމަހުގެ10 ވަނަ ދުވަހު ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި މައްސަލަ ފާހަގަވިކަމަށް އެމްޑީޕީއަށް ބެލެވުނު ބައެއް ދާއިރާތަކުގެ މައްސަލަ ކޯޓަށް ހުށަހެޅުމަށް ކުރިން ބުނި ނަމަވެސް ރޭ ބޭއްވި ޤައުމީ މަޖިލީހުގައި ވަނީ އެއްވެސް މައްސަލައެއް ކޯޓަށް ހުށަ ނޭޅުމަށް ނިންމާފައެވެ.
މިނިންމުމާއި ގުޅޭގޮތުން މެމްބަރު ޝިފާއު ވިދަާޅުވީ ވޯޓުގެ ކަންކަމަކީ އެެއްވެސް ހާލެއްގައި ކޯޓުން ހައްލު ލިބޭނެ ކަންކަމެއް ނޫންކަމަށެވެ. އެމްޑީޕީން އަބަދުވެސް ތާއީދު ކުރަނީ ވޯޓުގެ މައްސަލަތަކުގައި ކޯޓަށް ނުގޮސް ރައްޔިތުންގެ ނިންމުމާއި އެއްގޮތަށް ކުރިއަށް ދިއުމަށް ކަމަށް ޝިފާއު ވިދާޅުވިއެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ޖުމްލަ 3،814 ކެނޑިޑޭޓުން ވާދަކުރިއެވެ. އެއީ ކައުންސިލް އިންތިޚާބުގައި ވާދަކުރި 2،234 ކެނޑިޑޭޓުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރެއްވި 1،580 ކެނޑިޑޭޓުންނެވެ.
Nimidhiya Local council inthihaabaa gulhey ehves mahsalaehgai #MDP ge faraathun court ah nudhaan Gaumee Hinga Commitee (NEC) in ninmavaifi. @MDPSecretariat abadhuves goth ninmanee vote in, court akun noon. pic.twitter.com/GKmpNXUIqs
— MP Mohamed Shifau (@mhshifau) April 24, 2021
އިންތިޚާބާއި ދައީމީ ނަތީޖާތައް އިއުލާންކުރުމަށްފަހު އިލެލްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފު ވިދާޅުވީ ނިމިދިޔަ އިންތިޙާބުގައި އެންމެ ގިނަ ގޮނޑި ކާމިޔާބުކުރި އެމްޑީޕީން 400 ގޮނޑި ކަށަވަރުކޮށްފައިވާކަމަށެވެ. އެމްޑީޕީން ކައުންސިލް އިންތިޙާބުގައި 804 ކެނޑިޑޭޓުން ވާދަކުރިއެވެ. މީގެތެރެއިން 3 ސިޓީގެ މޭޔަރުކަމާއި އެކު އެ ސިޓީތަކުގެ މެޖޯރިޓީ ވަނީ އެމްޑީޕީން ހޯދާފައެވެ.
މީގެއިތުރުން މާލެ ސިޓީވެސް ހިމެނޭހެން ސިޓީ ކައުންސިލްތަކުން 18 ގޮނޑިއަކާއި 11 އަތޮޅެއްގެ އަތޮޅު ކައުންސިލްގެ ރައީސްކަމާއި 71 ރަށެއްގެ ރަށު ކައުންސިލްގެ ރައީސްކަމަށްވެސް ހޮވިފައިވަނީ އެމްޑީޕީން ކެނޑިޑޭޓުންނެވެ. މީގެއިތުރުން ރަށު ކައުންސިލް މެމްބަރުންގެ ތެރެއިން 155 ގޮނޑިއާއި ކައުންސިލްތަކުން އަންހެނުންނަށް ހާއްސަކުރި 370 ގޮނޑިން 142 ގޮނޑި ކާމިޔާބު ކުރީވެސް އެމްޑީޕީއެވެ. މުޅި އިންތިޙާބަށް ބަލާއިރު އިންތިޙާބު ކުރަންޖެހޭ ޖުމްލަ މަޤާމުތަކުގެ ތެރެއިން 43 އިންސައްތަ ކާމިޔާބުކުރީ އެމްޑީޕީއެވެ.
ކޮމެންޓު ފޮނުވާ