އެމް.ޑަބްލިއު.އެސް.ސީ "ރިހި 25″ ފޮތް ނާއިބް ރައީސަށް ހަދިޔާކޮށްފި

އެމް.ޑަބްލިއު.އެސް.ސީ "ރިހި 25″ ފޮތް ނާއިބް ރައީސަށް ހަދިޔާކޮށްފި

Author
މުޙައްމަދު ޝަޒައިމް
25 އޭޕްރިލް 2021 12:53
0

މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިއު.އެސް.ސީ) ގެ ދިގު ތާރީޚުގެ މައްޗަށް ބިނާކޮށް އެކުލަވައިލާ، ޝާއިޢުކޮށްފައިވާ ފޮތް "ރިހި 25″ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމަށް ހަދިޔާކުރައްވައިފިއެވެ.

މި ފޮތް އެ މަނިކުފާނުގެ އަތްޕުޅަށް އަރުވާފައި ވަނީ، މި ކަމަށްޓަކައި މިއަދު މެންދުރުކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމެއްގައި، އެ ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ ޙަސަން ޝާހެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ހަދިޔާކޮށްފައިވާ ފޮތަކީ އެމް.ޑަބްލިއު.އެސް.ސީ.ގެ ރިހި ޔޫބީލް ފާހަގަކުރުމުގެ ގޮތުން އެ ކުންފުނީގެ ދިގު ތާރީޚުގެ މައްޗަށް ބިނާކޮށް ޝާއިޢުކޮށްފައިވާ ފޮތެކެވެ. މި ފޮތުގައި އެކުންފުނި އުފެދިގެން އައި ގޮތާއި އެކުންފުނިން ހާސިލު ކޮށްފައިވާ ލަނޑުދަނޑިތަކުގެ ތަފްސީލުތައް ހިމަނާފައިވެއެވެ. އަދި ކުންފުނީގެ މަސައްކަތް ފެށުނީއްސުރެ މާލޭގެ ފެނާއި ނަރުދަމާގެ ނިޒާމުގެ ހާލަތު އެކި ދުވަސްވަރުގެ މަތިން ބަދަލުވަމުން އައިސްފައިވާ ގޮތްވެސް ބަޔާންކޮށްދީފައިވެއެވެ.

ހަމަ އެއާއެކު ފެނާއި ނަޖިހުގެ ހާލަތާމެދު މާލޭގައި އެންމެ ފުރަތަމަ ކުރެވުނު އިލްމީ ދިރާސާ ރިޕޯޓުން ފެށިގެން އެކި ދައުރުތަކުގައި މާލޭގެ ރައްޔިތުންނަށް ރައްކާތެރި ބޯފެން ފޯރުކޮށްދިނުމަށް ކުރެވިފައިވާ މުހިންމު މަސައްކަތްތަކުގެ މައުލޫމާތު ވެސް މިފޮތުގައި ހިމަނާފައިވެއެވެ. މީގެ އިތުރުން މިހާރު އެމް.ޑަބްލިޔު.އެސް.ސީއިން ފެނާއި ނަރުދަމާ އިތުރުން އެހެން ދާއިރާތަކުގައި ފައިތިލަ ސާބިތުކޮށް ހޯދަމުންދާ ކުރިއެރުންތަކުގެ މައްޗަށްވެސް މިފޮތުގައި ވަނީ އަލިއަޅުވާލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.