ފާޑުކިޔުންތަކާއިއެކު ޕެންޝަން ޤާނޫނަށް ގެންނަ އިސްލާހު އަނބުރައި ނަގަން ނިންމައިފި

ފާޑުކިޔުންތަކާއިއެކު ޕެންޝަން ޤާނޫނަށް ގެންނަ އިސްލާހު އަނބުރައި ނަގަން ނިންމައިފި

Author
މުޙައްމަދު ޝަޒައިމް
25 އޭޕްރިލް 2021 12:48
0

އަސާސީ ޕެންޝަން ލިބޭ މީހުން ދައުލަތު ވަޒީފާގައި ދެމިހުންނަ މުއްދަތުގައި ޕެންޝަން ނުލިބޭގޮތަށް ގާނޫނަށް ހުށަހެޅި އިޞްލާހު އަނބުރައި ނަގަން ނިންމާފައިވާކަމަށް މި އިސްލާހު މަޖިލީހަށް ހުށަހެޅުއްވި ތޮއްޑޫ ދާއިރާގެ މެންބަރު ޙަސަން ޝިޔާން ވިދާޅުވެއްޖެއެވެ.

ޝިޔާމް މި އިސްލާހު ނަގަން ނިންމާފައިވަނީ ގިނަ ބަޔަކު މިކަމާއި ގުޅިގެން ބޮޑެތި ފާޑުކިޔުންތަކެއް ކިޔަމުންދާ ދަނޑިވަޅެއްގައެވެ. އޭނާ އިސްލާހު ނެގިއިރު އިސްލާހަށް މަޖިލީހުގައި ބަހުސްވެސް ކޮށްފައިވެއެވެ.

މިބިލު ހުށަހެޅުއްވި ދުވަހު ޝިޔާން ވިދާޅުވީ ސަރުކާރުން މި ބިލު ހުށަހެޅުމުގެ ބޭނުމަކީ، ދައުލަތުގެ ފައިސާ ޚަރަދުކުރުމުގައި ޒިންމާދާރުގޮތެއްގައި ދައުލަތާއި މުޖުތަމަޢަށް އެންމެ ފައިދާ ހުރިގޮތަކަށް ޚަރަދުކުރުމުގެ އިންތިޒާމް ހަމަޖެއްސުމާއި، ދައުލަތުގެ މުވައްޒަފުން ވަޒީފާއިން ވަކިވުމުން ދައުލަތުން ދޭ ޕެންޝަނާއި އެހެނިހެން ޢިނާޔަތްތައް ދިނުމުގެ ކަންކަން ދައުލަތުގެ ބަޖެޓުން ދެމެހެއްޓެނިވި ގޮތަކަށް ކުރުމަށްޓަކައިކަމަށެވެ.

އެގޮތުން ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ޚިދުމަތުގެ މުއްދަތަށް ބަލައި ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ފޯރުކޮށްދޭ އެންމެހައި ދައުލަތުގެ އެހެނިހެން ޕެންޝަންގެ ފައިސާ އިދާރީގޮތުން ފޯރުކޮށްދޭނީ ޕެންޝަން އޮފީހުން ކަމުގައި ހަމަޖައްސައި، އެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން އެހެން ޤާނޫނެއްގެ ދަށުން ދެމުން އައި އެހެނިހެން ޕެންޝަން ހުއްޓާލައި، ދައުލަތުގެ އެހެނިހެން ޕެންޝަން ދިނުމާގުޅޭ އިތުރު އުސޫލުތައް ކަނޑައެޅުމަށްޓަކައި، އެ ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމަކީވެސް މި އިޞްލާހު ހުށައެޅުމުގެ މަޤްޞަދެއްކަމަށް ވިދާޅުވިއެވެ.

ޝިޔާން ހުށައެޅުއްވި މި އިޞްލާހާއެކު ދައުލަތުގެ އެހެނިހެން ޕެންޝަނުގެ ފައިސާ އިދާރީ ގޮތުން ފޯރުކޮށްދޭ ފަރާތެއްގެ ގޮތުގައި ޕެންޝަން އޮފީސް ހަމަޖެހިގެންދާނެއެވެ އަދި އެހެނިހެން ޕެންޝަން ފޯރުކޮށްދިނުމަށް ބޭނުންވާ ފައިސާ ފިނޭންސް މިނިސްޓްރީން ޕެންޝަން އޮފީހަށް ފޯރުކޮށްދޭނެ އިންތިޒާމު ހަމަޖެއްސުމަށްވެސް ކަނޑައެޅިގެން ދާނެއެވެ.

ޝިޔާން ވިދާޅުވީ މި އިޞްލާހުގެ ސަބަބުން ދައުލަތުގެ ބަޖެޓުން ޕެންޝަނަށް ކުރާ ޚަރަދު ކުޑަވެގެންދާނެކަމަށެވެ. އެގޮތުން މި އިޞްލާހުގެ ދަށުން ދައުލަތަށް ލިބޭ ސޭވިންސް ބިނާވާނީ މި ގާނޫނުން ލިބިދޭ ބާރުތަކާއެކު ދައުލަތުގެ އެހެނިހެން ޕެންޝަންތައް ދެވޭނެ ގޮތާއި މިންވަރާ ގުޅޭ ގޮތުން ދައުލަތުން ކަނޑައަޅާ ސިޔާސަތުގެ މައްޗަށްކަމަށެވެ. މިވަގުތުގެ އަންދާޒާ އަކީ 10 އަހަރުގެ މުއްދަތަކަށް 1.5 ބިލިއަން ރުފިޔާގެ ސޭވިންގްސް ލިބުން ކަމަށާއި، މި 10 އަހަރުގެ ފަހުން ވެސް މީގެ ފައިދާ ސޭވިންގްސް ގޮތުގައި ދައުލަތަށް ލިބެމުން ދާނެކަމަށް މެންބަރު ވިދާޅުވިއެވެ.

މި އިޞްލާހަށް އިދިކޮޅުން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން މި ފެނިގެންދަނީ ދައުލަތުގެ ޚަރަދުތައް ދެކޮޅު ނުޖެހިގެން އުޅޭ މަންޒަރުކަމަށް އިދިކޮޅު މެންބަރުން ވިދާޅުވިއެވެ. ޚާއްޞަ ކޯވީޑްގެ މި ދުވަސްވަރު މި އިޞްލާހުގެ ސަބަބުން އިނާޔަތް ލިބޭ އެތައް ރައްޔިތުންނަކަށް އެކަމުގެ ނޭދެވޭ އަސަރުކުރާނެކަމަށް އިދިކޮޅު މެންބަރުން ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ލ ލަކުމަލަކު
ދެއުޅިއެއްނުވާ މިވައްތަރުގެވާހަކަތައް ގާނޫނަކަށް ހަދަންވެއްޖެނަމަ ގައުމުގެފާލު ނެއްޓިގެން ހިގައިދާނެ އެނގިއްޖެ،