ވޮލެޓެއް ވަގަށް ނެގި މައްސަލައަކާ ގުޅިގެން މީހަކު ހޯދަން ފުލުހުން އާންމުންގެ އެހީއަށް އެދިއްޖެއެވެ.
މިމީހާ ހޯދުމަށް ފުލުހުން އާންމުންގެ އެހީއަށް ވަނީ ވީޑިއޯއާއިވެސް އެކުގައެވެ. ވީޑިއޯއިން ފެންނަ މީހާއަކީ ވޮލެޓެއް ވަގަށް ނަގާފައިވާ މައްސަލައަކާ ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ މީހެއްކަމަށް ފުލުުހުން ބުނެއެވެ.
މިމީހާއާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި މިމައްސަލައިގެ އިންސިޑެންޓް ނަންބަރު ވިދާޅުވެ، އެމައުލޫމާތެއް ހިއްސާކުރެއްވުން އެދެމެވެ.
މިމައްސަލައިގެ އިންސިޓެންޑް ނަންބަރަކީ 484096އެވެ.
ކޮމެންޓު ފޮނުވާ