ކޮންސްޓްރެކްޝަން މަސައްކަތް ކުރުމަށް އެންމެ ރަނގަޅީ ރޭގަނޑު 11 އިން ހެނދުނު 7 އަށް

ކޮންސްޓްރެކްޝަން މަސައްކަތް ކުރުމަށް އެންމެ ރަނގަޅީ ރޭގަނޑު 11 އިން ހެނދުނު 7 އަށް

Author
މުޙައްމަދު ޝަޒައިމް
25 އޭޕްރިލް 2021 07:07
0
މާލޭގައި ޢިމާރާތްކުރުމުގެ މަސައްކަތްކުރުމަށް މަގުބަންދުކުރުމަށް އެންމެ ރަނގަޅު ވަގުތެއް ބެލުމަށް މާލޭގެ އިންތިޚާބީ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒު ޢާންމުންގެ ޚިޔާލަށް ހުޅުވާލި ޕޯލްގައި ގިނަ ބޮޑު އިންސައްތައެއް ރޭގަނޑު 11 އިން ހެނދުނު 7 އަށް މިމަސައްކަތް ކުރުމަށް ތާއީދު ކޮށްފިއެވެ.
މާލޭގެ މަގުތައް ޢިމާރާތްކުރުމުގެ މަސައްކަތްކުރުމަށް އެންމެ ރަނގަޅުވަގުތެއް ބެލުމަށް ޓްވިޓާގައި ހުޅުވާލި ޕޯލުގެ 78 އިންސައްތަ މީހުން ވޯޓު ދީފައިވަނީ ރޭގަނޑު 11 އިން ހެނދުނު 7 އަށް މަގު ބަންދުކޮށްގެން މަސައްކަތް ކުރުމަށެވެ. މުއިއްޒު ވިދާޅުވީ މި ނަތީޖާއިންވެސް މަގު ބަންދުކޮށް މަސައްކަތް ކުރަން ރައްޔިތުން އެންމެ ބޮޑަށް އެދޭ ވަގުތަކީ ކޮބައިކަން ސާފުވެފައިވާކަމަށެވެ. އަދި މިވަގުތަކީ މީހުން ނިދާ ވަގުތަކަށް ވުމުން މިކަމަށްވެސް ހައްލެެއް ހޯދޭނެ ގޮތެއް ހޯދައި އެކަމަށް މަސައްކަތް ކުރަންޖެހޭކަމަށެވެ.

ޕޯލްގައި ބައިވެރިވެ ވަަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން. ޕޯލްގެ ނަތީޖާ ވަރަށް ސާފު. ހަމަ އެޔާއިއެކު، ރޭގަނޑު ނިދާ ގަޑީގައި ކޮންސްޓްރެކްޝަން މަސައްކަތް ކުރުމުން ވާދައްޗަކީވެސް ހައްލުކުރެވޭތޯ ބަލަންޖެހޭ ކަމެއް. އަދވެސް އެއްފަހަރު ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން.

– ޑރ.މުއިއްޒު ވިދާޅުވިއެވެ.

މާލޭޭގައި ޢިމާރާތްކުރުމުގެ މަސައްކަތްކުރުމަށް ކޮންމެ ދުވަހަކުވެސް ބައެއް މަގުތަށް ބަންދުކުރެއެވެ. އެގޮތުން ރޭގަނޑު އަދި ދުވާލުވެސް މަގުތައް ބަންދުކުރާއިރު ޢާންމުންނަށާއި، ދުއްވާ އުޅނަދުތަކަށް ވަރަށް ބޮޑެތި ދަތިތަކާއި ކުރިމަތިވެއެވެ. ބައެއް ފަހަރު ސްކޫލް ދުވަސްދުވަހު ޢާންމު ބޮޑެތި މަގުތައް ބަންދުކުރުމުން އެކަމުގެ ދަތިކަން އިންތިހާއަށް ބޮޑުވެއެވެ.

މުޢިއްޒު ހައުސިންގ މިނިސްޓަރުކަމުގައި ކުރިން ހުންނެވިއިރުވެސް މާލޭގެ މަގުތައް ޢިމާރާތްކުރުމުގެ މަސައްކަތަށް ޚާއްޞާ ގަޑިތަކެއް ކަނޑައެޅިއެވެ. މާލޭގެ މޭޔަރުކަމުގެ އިންތިޚާބަށް ވާދަކުރެއްވިއިރު މުޢިއްޒު ވަނީ މާލޭގެ ކަންކަމުގައި އަބަދުވެސް ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދަވާނެކަމަށް ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.