މާފުށީ ޖަލުގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުން ކޯވިޑްއަށް ޕޮސިޓިވް ވެފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ލިބިގެން ހިނގައިދާނެ ސިއްޙީ ނުރައްކަލަކުން ސަލާމަތް ކުރުމަށްޓަކައި އެމަނިކުފާނު ގެއަށް ބަދަލުކުރުމަށް އިދިކޮޅު ކޯލިޝަނުން ސަރުކާރަށް ގޮވާލައިފިއެވެ.
ކޯވިޑް ކޭސްތަކެއް ފެނިގެން މާފުށި މޮނިޓަރިންގެ ހާލަތަށް ގެނެސް ރަށަށް އަރާ ފޭބުން މަނާކޮށްފައިވަނީ މިމަހުގެ 20 ވަނަ ދުވަހުއެވެ. މާފުށި މިނިޓަރިންއަށްލައި މާފުށީ ޖަލުގައި މަސައްކަތް ކުރައްވާ މުވައްޒަފުން ތަކަކާއި އޮފިސަރުން ތަކެއް ކޯވިޑް 19 އަށް ޕޮޒިޓިވް ވެފައިވާ ކަމުގެ އަޑުތަކެއް ފެތުރެމުން ދާތީ އެކަމާ މެދު އިދިކޮޅު ކޯލިޝަނުން ވަނީ ބަޔާނެއް ނެރެފައެވެ.
މިބަޔާނުގައިވަނީ ޕޮޒިޓިވްވި އޮފިސަރުންގެ ތެރޭގައި ސިޔާސީ ނުފޫޒުން ޖަލުގެ ތޭރިތަކުގައި ނުޙައްޤުން އަނިޔާ ދެމުން ގެންދާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ރައީސް، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ގެ ކަންކަން ބަލަހައްޓަވާ އޮފިސަރެއްވެސް ހިމެނޭ ކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށެވެ. މިކަމަކީ އެހާމެ ކަންބޮޑުވުން އިތުރުވާ ކަމަކަށްވާއިރު، މިކަމުގައި އަވަސް ފިޔަވަޅުތަކެއް އަޅުއްވައި މިކަމުގެ ހަގީގަތް ހާމަކުރުމަށް ވަނީ ގޮވާލާފައެވެ.
ރަމަޟާން މަހެއްގެ ފުރަތަމަ 10 ދުވަސް ނިމި ދެވަނަ 10 އަށް އެޅިފައިވަނިކޮށް މާފުށީ ޖަލުން ކޯވިޑް 19 ފެނި، ރައީސް ޢަބްދުﷲ ޔާމީންގެ ސިއްހަތަށް ލިބިގެން ހިނގައިދާނެ ގެއްލުމަކުން އެމަނިކުފާނު ރައްކާތެރި ކުރުމަކީ ސަރުކާރުން ކުރާން ޖެހޭނެ ކަމެއް ކަމުގައި މިކޯލިޝަނުން ޤަބޫލު ކުރަން. އަދި މިއީ، ސިޔާސީ ނުފޫޒުން ކުރެވިފައިވާ ޙައްޤު ނޫން ޙުކުމެއް ޖަލުގެ ތޭރިތަކުގައި އެމަނިކުފާނަށް އަނިޔާ ދެމުން ގެންދާ 2 ވަނަ ރަމަޟާން މަސް.
– އިދިކޮޅު ބަޔާނުގައި ވެއެވެ.
ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އަށް ސިއްޙީ ގޮތުން ލިބިގެން ހިނގައިދާނެ ނުރައްކަލަކުން ސަލަމާތްކުރުމަށް ނަމަވެސް އެމަނިކުފާނު މިއަދުން މިއަދަށް ގެއަށް ގެނެސް ދެއްވުމަށްއިދިކޮޅުން ވަނީ ސަރުކާރަށް ގޮވާލާފައެވެ. ހަމައެއާއެކު އެމަނިކުފާނު ގެއަށް ބަދަލު ކުރަންޖެހޭ ކަމަށް އެމަނިކުފާނުގެ ޑޮކްޓަރުންވެސް ލަފާދެއްވާފައިވާތީ އެކަމަށްވެސް ރިޢާއަތް ކޮށްދެއްވައި އެގޮތުގެ މަތީން ޢަމަލުކޮށްދެއްވުމަށް ވެސް ވަނީ ގޮވާލާފައެވެ.
ކޮމެންޓު ފޮނުވާ