ދިއްފުށީ ފަޅުތެރޭގައި އިންޑިޔާ ޓުވަރިސްޓަކު މަރުވެފައި އޮއްވާ ފެނިއްޖެ

ދިއްފުށީ ފަޅުތެރޭގައި އިންޑިޔާ ޓުވަރިސްޓަކު މަރުވެފައި އޮއްވާ ފެނިއްޖެ

Author
މުޙައްމަދު ޝަޒައިމް
24 އޭޕްރިލް 2021 03:11
0

ކ. ދިއްފުށީ ގެސްޓް ހައުސްއެއްގައި ޗުއްޓީ ހޭދަކުރަން އައިސް އުޅުނު އިންޑިއާ ޓޫރިސްޓަކު މަރުވެފައި އޮއްވައި އެ ރަށު ފަޅުތެރެއިން ފެނިއްޖެއެވެ.

ފުލުހުން ބުނީ ދިއްފުށީ ފަޅުތެރޭގައި މީހަކު މަރުވެފައި އޮއްވައި ފެނިގެން މިއަދު މެންދުފަހު 1:00 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށާއި މަރުވެފައި އޮއްވައި ފެނުނީ އުމުރުން 23 އަހަރުގެ އިންޑިއާ ފިރިހެނެއް ކަމަށެވެ.

މަރުވެފައި އޮއްވާ ފެނުނު މީހާއަކީ ކަރަންޓީންވާން ފަތުރުވެރިއެއްގެ ގޮތުގައި ރާއްޖެ އައިސް ހުރި އިއްޑިޔާ މީހެކެވެ. އޭނާ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައެވެ. އެމީހާ ކަރަންޓީންގެ މުއްދަތު ފުރިހަމަ ކުރަމުން ދިޔައީ ވެސް ދިއްފުށީގައި ކަމަށްވެއެވެ.

ރާއްޖެއަށް ކޮންމެ އަހަރަކު އެތައް ލައްކަ ޓޫރިސްޓުންނެއް ޒިޔާރަތްކުރާ އިރު، މޫދުގައި ހިނގާ އެކި ހާދިސާތަކުގައި ޓޫރިސްޓުން މަރުވުމުގެ ހާދިސާތައް ވެސް ހިނގައެވެ. މީގެ ތެރޭގައި ގިނައީ ސްނޯކްލިން އަށް ގޮސް އުޅެނިކޮށް މަރުވާ ޓޫރިސްޓުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.