އަކްރަމް ކަމާލުއްދީން ކުރިހާވެސް ކަމަކީ ދެބައުޑުވުމާއި، އެމްޑީޕީ ބައިބައިކުރުން: ނަޝީދު

އަކްރަމް ކަމާލުއްދީން ކުރިހާވެސް ކަމަކީ ދެބައުޑުވުމާއި، އެމްޑީޕީ ބައިބައިކުރުން: ނަޝީދު

Author
މުޙައްމަދު ޝަޒައިމް
24 އޭޕްރިލް 2021 12:28
0

އެމްޑީޕީގެ މާލެ ސިޓީ ކައުންސިލް ދާއިރާގެ ރައީސްކަމަށް ވާދަކުރައްވާ ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން، ކުރިހާވެސް ކަމަކީ ދެބައުޑުވެ، ޕާޓީތެރެ ބައިބައި ކުރުން ކަމުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އަކްރަމް ކަމާލުއްދީން މާލެ ސިޓީގެ ދާއިރާ ރައއީސްކަމަށް ވާދަކޮށް އާންމުކޮށްފައިވާ ޕޯސްޓަރަކާއި ގުޅިގެން ރައީސް ނަޝީދު ގެންގުޅުއްވާ ފޭކް އެކައުންޓުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަކްރަމް ކަމާލުއްދީން މިހާތަނަށް އެމްޑީޕީގައި ކުރެއްވިހާވެސް ކަމަކީ ޕާޓީ ތެރޭގައި ފިތުނަ ފަސާދަ އުފައްދައި، ދެބައުޑުވުންކަމަށެވެ.

އެމްޑީޕީ ބައިބައި ކުރީ. ދޭތެރެ ޖައްސައި، ދެބައުޑުވާ، ފިތުނަ އުފެއްދީ. އެއީ ވަރަށް އެހެން ކަހަލަ ހުނަރެއް.

– އެލެކްސްގެ އެކައުންޓް ކޮށްފައިވާ ޓުވީޓުގައި ބުނެފައިވެއެވެ.

ނަޝީދު މިފަދަ ގޮތަކަށް ވިދާޅުވެފައިވާއިރު، އަންނަ މަހުގެ29 ވަނަ ދުވަހު ބާއްވާ އެޕާޓީގެ އެތެރޭގެ އިންތިޚާބުގައި ރައީސް ނަޝީދު ވަކި ކެންޑިޑޭޓުންނަށް ތާއީދުކުރައްވާތީ އެމައްސަލަ ވަނީ އެޕާޓީ ތެރޭގައި ހޫނުވެފައެވެ. މާލެ ސިޓީގެ ދާއިރާ ރައީސްކަމަށް އަކްރަމް ކަމާލުއްދީން ވާދަކުރަން އިއުލާން ކުރި ހިސާބުން އެމްޑީޕީގައި ރައީސް ނަޝީދަށް ތާއީދު ކުރައްވާ ބޭފުޅުން ގެންދަވަނީ އަކްރަމަށް އެންޓި ކެމްޕެއިން ކުރަމުންނެވެ.

އަކްރަމާއި ރައީސް ނަޝީދާއި ދެމެދު ބޮޑު ޚިޔާލު ތަފާތުވުމެއް އުފެދިފައިވަނީ ނޯތު ކޮރެއާގެ ރައީސް އެޤައުމު ހިންގާގޮތަށް ޕާޓީއެއް ނުހިންގޭނެކަމަށް ވިދާޅުވެ، އަކްރަމް ނަޝީދަށް ރައްދު ދެއްވި ހިސާބުންނެވެ. އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް މިސަރުކާރަށް ނިސްބަތްކުރައްވާ އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވަނީ މިއީ ވައްކަން ކުރާ ސަރުކާރެއްކަމަށެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުތަކާއި ގުޅޭގޮތުން އަކްރަމް ކަމާލުއްދީން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އުތުރު ކޮރެއާގެ ރައީސް އެޤައުމު ހިންގާގޮތަށް ޕާޓީއެއް ނުހިންގޭނެކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

M Modu
Eba ragan'lhu vey
ހ ހާލަތު
Nasheed kuramundhaa massahkathuge vaahaka dho? Nasheed mihaaru vefaivanee MDP ge halaakah. Amilla edhumaahedhi party qruban kuranee.
ޝ ޝުކުރު
ފިތުނައިގެ އައްޕަ އެހެން މީހުން ބޮލަށް އެކަން މިކަނޑާލާ ކެނޑުމަކީ ސުޕަރ ޓެލެންޓަކަށް ނުވާނެތޯ