ޖޯންސަން އެންޑް ޖޯންސަން ވެކްސިންދޭން އަލުން ފެއްޓުމަށް ލަފާ ދީފި

ޖޯންސަން އެންޑް ޖޯންސަން ވެކްސިންދޭން އަލުން ފެއްޓުމަށް ލަފާ ދީފި

Author
ހުސެއިން
24 އޭޕްރިލް 2021 08:36
0

ވަރަށް މަދުން ނޫނީ ނުފެން ވައްތަރު ގެ ލޭގަޑުވުމުގެ މައްސަލަ، ވެކްސިން ޖެހި ބައެއް މީހުންގެ ކިބައިން ފެނުމާއި ގުޅިގެން ވަގުތީގޮތުން ބޭނުން ކުރުން ހުއްޓާލާފައިވާ ޖޯންސްން އެންޑް ޖޯންސަން ވެކްސިލް އަލުން ދޭނެ ފަށްނަ ފެންނަ ކަމަށް އެމެރިކާގެ ހެލްތު ޕެނަލަކުން ހުކުރު ދުވަހު ލަފާ ދީފިއެވެ.

އެމެރިކާގެ ބޭހާއި ވެކްސިން ދިނުން ރެގިއުލޭޓް ކުރާ ފަރާތްތަކުން މިވެކްސިން ޖެހުން ވަގުތީ ގޮތުން ހުއްޓާލުމަށް އަންގާފައިވަނީ، މި މަހުގެ ކުރީކޮޅު، މަދުން ނޫނޫ ނުފެން އަދި އެހާމެ ސީރިއަސް، ލޭ ގަޑުވުމުގެ މައްސަލް މިވެކްސިން ދިން ބައެއް ފަރާތްތަކުގެ ކިބައިން ފެނިފައިވާކަމަށް ރިޕޯޓު ކުރުމާއި ގުޅިގެން، އެރިޕޯޓުތައް ދިރާސާ ކުރުމަށެވެ.

އެހެންނަމަވެސް، އެމެރިކާގެ ސެންޓަރ ފޯރ ޑިސީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (CDC)އިން މި ވެކްސިން އަލުން ޖެހުމަށް ލަފާ ދިނުމާއި ގުޅިގެން، ވެކްސިން ޖަހަން ފެށުމުގެ ހުއްދަ ދިނުމަށް އެމެރިކާގެ ކަމާ ގުޅުންހުރި މުވައްސަސާތަކަށް ފަސޭހަ ގެން ދާނެއެވެ.

(CDC)ގެ މުޝީރުން ވިދާޅުވެފައިވަނީ، މިވެކްސިން އިން ލިބޭ ފައިދާތައް، ސީރިއަސް ނަމަވެސް، ވަރަށް މަދުން ކުރިމަތިވެދާނެ ރިސްކަކާ އަޅާ ބަލާއިރު މާމުހިންމުކަން ބޮޑު ކަމުގައެވެ. އަދި ވަކީން ޚާއްސަކޮށް، އެވައިރަހެއްގެ ސަބަބަން އެމެރިކާގެ އެތައް އާންމު ރައްޔިތުންނެއް މަރުވަމުންދާ މިފަދަ ނުރައްކާތެރި ވައިރަހަކާއި ދެކޮޅަށް މިވެކްސިން ބޭނުން ކުރުމުގެ ހުއްދަ ދިނުމުގައި މައްސަލައެއް އޮތްކަމަށް ނުދެކޭ ކަމަށްވެސް މި ޕެނަލްއިން ބުނެފައި ވެއެވެ.

(CDC)އިން މިގޮތަށް ލަފާ ދިނުމާއި ގުޅިގެން، އެމެރިކާރުގެ ސަރުކާރުގެ ކަމާ ގުޅުން ހުރި މުވައްސަސާތަކުން، މިލަފައަށް ބަރޯސާކޮށް، ވަރަށް އަވަހަ ނިންމުމެއް ނިންމާނެކަމަށް ބައެއް މީޑީއާތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.

"މުޅި އާބާދީއާއި އަމިއްލަ ފަރުދުންގެ ރައްކާތެރިކަމާ ބަރޯސާކުރާއިރު، ކުރިމަތިވެފައިވާ ރިސްކުތަކާ އަޅާބަލާއިރު ވެކްސިނުން ލިބެން ހުރި ފައިދާތައް، މާސާފުކޮށްވެސް ފެންނާން އެބަހުރި،" މި އެޑްވައިޒަރީ ޕެންލަގެ މެމްބަރެއްކަމުގައިވާ، އަދި ޔުނިވަރސިޓީ އޮފް ވޮޝިންގޓަންގެ ގްލޯބަލް ހެލްތު ޑިޕާޓްމަންޓުގެ ކްލިނިކަލް ޕްރޮފެސްރ ޑރ. ބެތު ބެލް ވިދާޅިވެފައި ވެއެވެ.

"މިވެކްސިން ޖެހުމުން މަދު ބަޔަކަށް ކުރިމަތިވެފައިވާ ލޭގަޑުވުމުގެ މައްސަލައަކީ މުޅިން އާ ރިސްކެއް. އަދި މިއީ ވަރަށް ކުޑަ ރިސްކެއް. އަދި ކޮންމެ ދުވަހަުހެން އަހަރެމެން ނަގަމުން މިދާ ބޮޑެތި ރިސްކުތަކާ އަޅާ ބަލާިއރު މިއީ ހަމަ ވަރަށް ކުޑަ ރިސްކެއް،" އޭނާ އިތުރަށް ވިދާޅު ވެފައި ވެއެވެ.

"އެމެރިކާގައި ވެކްސިން ޖަހަން ބޭނުން ވެފައިތިބި އެތައް މިލިއަން މީހުންނަށް، ރައްކާތެރިކަމާއެކު ވެކްސިން ފޯރުކޮށް ދިނުމަށްޓަކާ، މި ކޮމިޓީގެ ލަފާ މުހިންމު ދައުރެއް އަދާ ކުރާނެ،" ޖޯންސަން އެންޑް ޖޯންސަން ކުންފުނީގެ ޗީފް ސައިންޓިފިކް އޮފިސަރ ޕައުލް ސްޓޮފެލްސް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވެއެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، (CDC)އާއި، އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީ (FDA)އާއި އަދި ޔޫރަޕްގެ ސިއްހީ އިދާރާތަކާއި ގުޅިގެން، މެވެކްސިން ޖެހުންމުން މި ކުރިމަތިވާ މައްސަލައަށް ވީހާވެސް އަވަސްކޮށް ދެނެގަނެ ފަރުވާ ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް އެ ޖޯންސަން އެންޑް ޖޯންސަން ކުންފުނިން މަސައްކަތް ކުރަމުންދާނެއެވެ.

އެމެރިކާގައި ޖޯންސަން އެންޑް ޖޯންސަން ވެކްސިން ޖެހުން މިމަހު ކުރީކޮޅު ވަގުތީގޮތުން އެމެރިކާގައި ހުއްޓާލަން އެންގުމުގެ ކުރިން، މިވެކްސިން ދީފައިވާ 8 މިލިއަން މީހުންގެ ތެރެއިން ވަރަށް މަދުން ނޫނީ ނުފެންނަ ޒާތުގެ ލޭ ގަޑުވުމުގެ މައްސަލަ 15 މީގެއްގެ ކިބައިން ހެލްތު އޮފިޝަލުންނަށް ވަނީ ފެނިފައެވެ.

މީގެ ތެރެއިން ފުރާނައަށް ނުރައްކާ ވެފައިވަނީ 3 މީހެއްގެއެވެ. މި ހުރިހާ މީހުންނަކީވެސް އުމުރުން 50 އަހަރުން ދަށުގެ އަންހެނުންނެވެ.

CDC އާއި އަދި ފުޑް އެންޑް ޑްރަގް އޮތޯރިޓީ (FDA)އަށް އެންމެ ފުރަތަމަ ފާހަގަ ކުރެވުނީ، ވެކްސިން ދޭން ފެށީތާ 3 ހަފްތާފަހުން، ލޭދަޑުވުމުގެ މައްސަލަ ކުރިމަތިވި 6 މީހެކެވެ. މީގެތެރެއިން އެކަކު ވަނީ މަރުވެފައެވެ. އޭގެ ފަހުން މިމައްސަލަ ކުރިމަތިވާ އިތުރު މީހުންވެސް ވަނީ ފާހަގަ ކުރެވިފައެވެ.

އެމެރިކާގައި ޖޯންސަން އެންޑް ޖޯންސަން ކޯވިޑް ވެކްސިން ދިނުން ވަގުތީގޮތުން ހުއްޓާލާފައި މިވަނީ، މީގެ ކުރިން ހަމަ މިބާވަތުގެ މައްސަލައެއް، އެސްޓްރާޒެނެކާ ވެކްސިން ބޭނުން ކުރުމުގެ ސަބަބުން ކުރިމަތިވެގެން، އެ ވެކްސިންވެސް ބޭނުން ކުރުން ދުނިޔޭގެ އެތައް ގައުމެއްގައި ބޭނުން ކުރުން ވަގުތީގޮތުން ހުއްޓާލާފައި ވަނިކޮށެވެ.

އެމެރިކާއަކީ، މުޅި ދުނިޔެއިންވެސް، ކޯވިޑް19ގެ ހާލަތު އެންމެ ގޯސް ގައުމުވެ. މިގޮތުން މިގައުމުގައި،ކޯވިޑް19 އަށް 31 މިލިއަން މީހުން ޕޮޒިޓިވް ވެފައިވާއިރު،  562,000 މީހުންވަނީ މިބަލީގައި މަރުވެފައެވެ.

ޖޯންސަން އެންޑް ޖޯންސަން ކޯވިޑް ވެކްސިން އެމެރިކާގައި ބޭނުން ކުރުމުގެ އެމަޖެންސީ ހުއްދަ ދޫކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހުއެވެ. އެހެންނަމަވެސް، މިހާތަނަށް އައިއިރުވެސް، ފައިޒާ/ބައޯއެންޓެކް އަދި މޮޑާނާރ ވެކްސިން ބޭނުން ކުރެވެމުންދާހާ އާންމުކޮށް މިވެކްސިން ބޭނުން ކުރެވިގެން ގޮސްފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.