ހުރިހާ މަސައްކަތެއް އެމްޑީޕީން ކުރުމުން، %60 ދޭން ޖެހުނީ އެހެންބަޔަކަށް: އިންތި

ހުރިހާ މަސައްކަތެއް އެމްޑީޕީން ކުރުމުން، %60 ދޭން ޖެހުނީ އެހެންބަޔަކަށް: އިންތި

Author
މުޙައްމަދު ޝަޒައިމް
24 އޭޕްރިލް 2021 11:12
0

މިހާރު އެކުލަވާލާފައިވާ ކޯލިޝަން ވެރިކަމަކީ އެމްޑީޕީން ކުރި ބުރަ މަސައްކަތުން ހޯދި ވެރިކަމަށާއި، ނަމަވެސް ވެރިކަން ލިބުމުން ބޮޑުބައި އަޅަންޖެހުނީ އެހެން ބަޔަކަށް ކަމުގައި އެމްޑީޕީ ސްކޯސް ޕާސަން އިމްތިޔާޒު ފަހުމީ ވިދާޅުވެއްޖެއެވެ.

ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް ރައީސް ނަޝީދު އިސްކޮށް ހުންނަަވައިގެން ކުރައްވާ މަސައްކަތަށް އެންމެބޮޑަށް އެއްބާރުލުން ދެއްވައި އެކަމަށް ވަކާލާތު ކުރައްވަމުންދާ އިންތިވަނީ މިކަމާއި ދެކޮޅަށް މިއަދު ވާހަކަ ދައްކަވަމުންދާ ބޭފުޅުން ބަރުލަމާނީ ނިޒާމު ރަނގަޅުކަމަށް ބުނެ ދައްކަވާފައިވާ ވާކަތައް ހިއްސާ ކުރަމުންނެވެ. އެގޮތުން މޫސާ މަނިކު ދެއްކެވި ވާހަކަތައް ހިސާކޮށް އިންތި ވިދާޅުވީ ނިޒާމުގެ މައްސަލާގައި އަންނި ނޫނީ އެއްގޮތަކަށް ވަކާލާތު ކުރެއްވި ބޭފުޅެއް ނެތްކަމަށެވެ.

އިންތިގެ މިވީޑިއޯއާއި ގުޅިގެން މޫސަވަނީ މިކަމަށް އެންމެ ފުރަތަމަ ވަކާލާތު ކުރެއްވީ އެމީހުންކަމަށް ވިދާޅުވެފައެވެ. މޫސަގެ ވާހަތަކާއިގުޅިގެން އިންތި ވިދާޅުވީ ރާއްޖޭގައި ރިޔާސީ ނިޒާމުގެ ތެރެއިން ވެރިކަން ކުރަން ފެށިފަހުން މިހާތަނަށް ވެރިކަންތަކަށް ވެގެންދިޔަ ގޮތާއި، ކޯލިޝަން ވެރިކަންތައް ހިނގައިދިޔަ ގޮތުންވެސް ބަރުލަމާނީ ނިޒާމެއް ގެންނަން ޖެހޭކަމަށެވެ. އަދި މިހާރު އޮތް ވެރިކަމަކީވެސް އެމްޑީޕީން ބުރަ މަސައްކަތްކޮށްގެން ގެނައި ވެރިކަމެއް ކަމަށާއި، ނަމަވެސް ބައި އަޅައި ބޮޑު ބައެއް ދޭންޖެހުނީ އެހެންބަޔަކަށް ކަމުގައެވެ.

2012 ގެ ބަޣާވާތާ، އޭގެ ފަހުން ޔާމީނުގެ ކޯލިޝަން ސަރުކާރަށް ވީގޮތާއި، މި ކަންކަމަކީ ރިޔާސި ނިޒާމާ މެދު ދެވަނަ ވިސްނުމަކަށް ދިއުމަށްލިބުނު އިތުރު ފިލާވަޅު. ހަމަ އެފަދައިން، އެމް.ޑީ.ޕީ. އިން ހުރިހާ މަސައްކަތެއް ކުރީމާ، ސަރުކާރުގެ %60 އެހެން ބަޔަކަށްދޭންޖެހޭ ގޮތަށް އޮތުމަކީ ފިލާވަޅު.

– އިންތި ވިދާޅުވިއެވެ.

އިންތި ވިދާޅުވި ފަދައިން ވެރިކަން ގެނައުމަށް އެންމެ ބޮޑު މަސައްކަތެއް ކޮށްފައިވަނީ އެމްޑީޕީންނެވެ. ނަމަވެސް ރާއްޖޭގެ ސިޔާސީ މަސްރަހު އޮތް ގޮތުން އެއްޕާޓީއަކަށް މެޖޯރިޓީ ލިބޭވަރަށް ރައްޔިތުންގެ ތާއީދު ނެތުމުން ކޮންމެ އިންތިޚާބެއްގައިވެސް ސިޔާސީ ގިނަބަޔަކު ކޯލިޝަން ނަހަދައި ވެރިކަން ލިބޭ ގޮތް ނުވެއެވެ. ޚާއްސަކޮށް ޤާސިމް އިބްރާހިމް އާއި، ރައީސް މައުމޫނާއި، ޝައިޚު އިމްރާންގެ ދައުރު މީގެ ތެރެގައި ބޮޑެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

d dhogeh?
vathakuthoa jehi bimah boa haraigen thibbaa amilla edhumun foavefa thibi bayaku gos athulafi koggen genes, rishvathuge faisaain verikan gane vagah nagaa feyriganegen e havaalu kureema angry bird ge hiy araa aasmaanuga. bala thee mi gaumuge rayyithun verikan dhin baeh nooney.
ބ ބޭބެ
ކަލޯ އަށްވުރެ މާ ބުރަ މަސައްކަތްކުރި ސިދާތާ ނަހުލާ އިމުރާނުގެ ކުރީގެ އަނބި އަދިނާދިރާ މމީގެއިތުރުން ވެސް އެކިޕާޓިން ނުކުތް ކަނބަލުންވެސް ތިޔަ ލާދީނީބައިގަނޑަށްވުރެ ގިނަ މަސައްކަތް ކުރި ދެން މިހާރުތިވަނީ ފާޅުގަ ޙަރާންކޯރު ހާއްސަކޮށް ތިއިންތި ތިޔައީ ވަރަށް ބޮޑާ ގޮލައެއްކަން ދަނޭ ގިނަބަޔަކު !
ފ ފިޔޯރީ ސައީދު
ހުރިހާ ކޮންމަސައްކަތެއް އެމްޑީޕީ ކުރީ ، ބަލަގަ ކޯލިޝަން ނެހެދިނަމަ އެމް.ޑީ.ޕީ އަށް މިގައުމުގެ ވެރިކަން ލިބޭނެތަ؟
k kinboo
nulibeyne. evarunves vagah nagan jehunee.
M Manik
Inthi ge vaahaka baraabaru
އ އައިސް
މައުމޫނު ކޮނޑަށް ސަވާރުވެ ވެރިކަމަށް އައީ..