އިންޑިޔާއިން އަންނަ ޓޫރިސްޓުން ފިޔަވައި އެހެން ފަރާތްތައް ކަރަންޓީންވާންޖެހޭ

އިންޑިޔާއިން އަންނަ ޓޫރިސްޓުން ފިޔަވައި އެހެން ފަރާތްތައް ކަރަންޓީންވާންޖެހޭ

Author
މުޙައްމަދު ޝަޒައިމް
23 އޭޕްރިލް 2021 09:30
0

އިންޑިއާއިން ރާއްޖެ އަންނަ މީހުން ކޯވިޑް-19ގެ ވެކްސިން ފުރިހަމަކޮށްފައިވީނަމަވެސް ކަރަންޓިން ވާންޖެހޭގޮތަށް ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނުން ކަނޑައަޅުއްވައިފިއެވެ.

އިމިގްރޭޝަނުން ކުރި ޓްވީޓެއްގައި ބުނީ އިންޑިޔާއިން ރާއްޖެ އަންނަ ދިވެހިންނާއި އެޤައުމުން ވޯކް ވިސާގައި ރާއްޖެ އަންނަ މީހުން ކޯވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައި ވީނަމަވެސް ކަރަންޓީން ވާންޖެހޭނެ ކަމަށެވެ. އެގޮތުން، ހޯމް ކަރަންޓީންގެ 10 ދުވަސް މިފަރާތްތަކުން ފުރިހަމަ ކުރަންޖެހޭނެ ކަމަށާއި، 22 އޭޕްރިލުން ފެށިގެން މިއުސޫލަށް އަމަލުކުރަން ފަށާފައިވާކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ.

އިންޑިއާ އިން އަންނަ ދިވެހިންނާއި ވޯކް ވިސާގައި އަންނަ މީހުން ކަރަންްޓީނުވާން މި އެންގީ، ޓޫރިސްޓު ވިސާގައި އެ ގައުމުން ގިނަ ބަޔަކު ރާއްޖެ އަންނަ ދަނޑިވަޅެއްގަ އެވެ. މާލެ ކައިރީގެ ބައެއް އަތޮޅުތަކުގެ ގިނަ ގެސްޓްހައުސްތައް ފުރިފައި ވަނީ އިންޑިއާ މީހުންގެ ގްރޫޕްތަކުންނެވެ. އެ މީހުން ރާއްޖެ އަންނަނީ، ވަޒީފާ އަދާކުރުމަށް މެދުއިރުމަތީގެ ގައުމުތަކަށް ދިޔުމުގެ ކުރިން 14 ދުވަހުގެ "ކަރަންޓީނެއް"ގެ ގޮތުގަ އެވެ. "ކަރަންޓީނު ޕެކޭޖް"ގެ ދަށުން އެ މީހުން ރާއްޖެ އައި ނަމަވެސް، އެ މީހުން އުޅޭނީ ޓޫރިސްޓުންގެ ގޮތުގަ އެވެ.

އެނގިފައިވާ ގޮތުގައި ސައުދީ އަރަބިއްޔާ އާއި ގަތަރާއި ޔޫއޭއީ ފަދަ ގައުމުތަކުގައި އިންޑިއާ މީހުންނަކަށް ކަރަންޓީނެއް ނުވެވެ އެވެ. އެ މީހުން އެ ގައުމުތަކަށް ދާން ޖެހެނީ 14 ދުވަސް ވަންދެން ކަރަންޓީނުގައި ތިބުމަށް ފަހު، ނުވަތަ ކޮވިޑްގެ ހާލަތު މާގޯސް ނޫން ގައުމެއްގައި އެހާ ދުވަސް ވާންދެން މަޑުކުރުމަށް ފަހު އެވެ.
އިމިގްރޭޝަނުން މިގޮތަށް ނިންމާފައިވާއިރު އިންޑިއާގައި ކޯވިޑް ފެތުރޭ މިންވަރު ވަނީ އަނެއްކާވެސް އިތުރުވެފައެވެ. މިހާތަނަށް 16.2 މިލިއަނަށްވުރެ ގިނަ މީހުންނަށް މިބަލި ޖެހި 186 ހާހަށްވުރެ ގިނަ މީހުން ވަނީ އިންޑިއާއިން މަރުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޖ ޖުހާ
ރަނގަޅު ނިންމުމެއް.. ދެން ޑޮލަރުކޮޅު ކިތަންމެ ބޭނުން ވިޔަސް އިންޑިޔާއިން ޓޫރިސްޓުން ގެނައުންވެސް މެދުކަނޑާލަން ނޫނީ ހަރުކަށި ފިޔަވަޅުތަކެއްގެ ތެރެއިން އާދެވޭ ގޮތަށް ހަދަން ޖެހޭ