އަލްހާން، އިންތިއަށް: ތިއޮތީ އިންސާފުވެރި ކޯޓުތައް ޤާއިމުވެ، އިންސާފު ޤާއިމުވެފަ ނޫންތޯ؟

އަލްހާން، އިންތިއަށް: ތިއޮތީ އިންސާފުވެރި ކޯޓުތައް ޤާއިމުވެ، އިންސާފު ޤާއިމުވެފަ ނޫންތޯ؟

Author
މުޙައްމަދު ޝަޒައިމް
23 އޭޕްރިލް 2021 03:53
0

މަންދު ކޮލެޖް ހިންގުމަށް މާލޭ އިންގްލިޝް ސްކޫލް ހުރި ޢިމާރާތުގެ އެއްބަސްވުން ބާތިލުކޮށް ސަރުކާރަށް ނެގި މައްސަލާގައި ބަދަލެއްގެ ގޮތުގައި 15 މިލިއަން ރުފިޔާ ދޭން ސިވިލް ކޯޓުން ހުކުމް ކުރުމުން އެކަމަށް ފާޑުވިދާޅުވެ އިންތި ދެއްކެވި ވާހަކަތަކަށް އަލްހާން ރައްދު ދެއްވައިފިއެވެ.

މަންދު ކޮލެޖުން ފުރަތަމަ ހުށައެޅީ ބަދަލުގެ ގޮތުގައި 18 މިލިއަން ރުފިޔާ ނަގައި ދިނުމަށެވެ. ނަމަވެސް ސަރުކާރުން 15 މިލިއަން ރުފިޔާ ހުށައެޅުމުން އެގޮތަށް އެއްބަސްވީއެވެ. ދެ ފަރާތުން އެއްބަސްވުމުން ސިވިލް ކޯޓުން ވަނީ އެގޮތަށް މައްސަލައިގައި ގޮތް ނިންމާފައެވެ. އަދި، މަސް ދުވަހުގެ ތެރޭގައި މި 15 މިލިއަން ރުފިޔާ މަންދު ކޮލެޖު ހިންގާ ކުންފުންޏަށް ދިނުމަށް ވަނީ ހުކުމް ކޮށްފައެވެ.

މިހުކުމާއި ގުޅިގެން އިންތިން ވިދާޅުވެފައިވަނީ މިކަމުގައި ބަދަލުގެ ގޮތުގައި ދައުލަތުން ދޭން ނިންމާފައިވަނީ ތަނުން ނެރެލައިގެން ދެވޭ ބަދަލަކާއި ނުބައްދަލު ބަދަލެއްކަމަށެވެ.

ސަރުކާރާއެކު ވެފައިވާ އެއް ބަސްވުމަކާ ޚިލާފަށް ސަރުކާރުގެ އިމާރާތެއް ހުރި ތަނަކުން މީހަކު ނެރުމުން ނަގައިދޭ ބަދަލު ވެގެން މިދިއައީ އެއަށް ވުރެ ބޮޑު ބިމެއް ގަނެލުމުގެ އަގަކަށް! ސަޅިއެއްނު!

– އިންތި ވިދާޅުވިއެވެ.

އިންތިގެ ވާހަކަތަކާއި ގުޅިގެން އަލްހާން ވިދާޅުވީ ޝަރުއީ ދާއިރާ މިނިވަންކޮށް، އިންސާފު ގާއިމްވެއްޖެ ކަމުގެ ވާހަކަ ދައްކަވަމުން ގެންދެވި ބޭފުޅުން މިއަދު ނިކުމެ އަނެއްކާވެސް ޝަރުއީ ދާއިރާ ގޯސްކަމަށް ވާހަކަ ދެއްކެވުމުން މިކަން ހަމަ ނުޖެހޭކަމަށެވެ. ގޯސްކޮށް ކަންކަން ވެފައިވާނަމަ ފަނޑިޔާރު ވަކިކޮށް އަވަހަށް އިންސާފު ގާއިމް ކުރެވޭނެ ގޮތަކަށް ކަންކަން ކުރެއްވުމަށް އަލްހާން ވަނީ އިންތިއަށް ގޮވާލާފައެވ.

ތިޔަ ދައްކަވަނީ ހަމަޖެހޭ ވާހަކައެއްތޯ؟ ޝަރީޢަތުގެ ހުކުމަށް އިޙުތިރާމު ނުކުރެވެނީތޯ؟ ތިއޮތީ އިންސާފުވެރި ކޯޓުތައް ޤާއިމުވެ، އިންސާފު ޤާއިމުވެފަ ނޫންތޯ؟ ސަޅީ ތިބޭފުޅުންގެ ލަދުގެ ކަންފުޅެއްވެސް ނެތްކަން! ހުކުމްކުރި ފަނޑިޔާރު މަގާމުން ވަކިކުރަންވީ ނޫންތޯ؟ ވަރަށް ސަޅި.

– އަލްހާން ވިދާޅުވިއެވެ.

މި އިމާރާތުގައި ކޮލެޖެއް ހިންގަން ރައްޔިތުންގެ މަޖިލިހުގެ ކުރީގެ މާލެ ދާއިރާގެ މެމްބަރު އިބްރާހިމް އިސްމާއިލް (އިބްރާ) ގެ، މާލެ ހައި ޕްރައިވެޓް ލިމިޓެޑާ އެކު ވެފައިވާ އެއްބަސްވުން 2015 ވަނަ ބާތިލުކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުންނެވެ.

މި މައްސަލަ މަންދު ކޮލެޖުން ސިވިލް ކޯޓަށް ހުށަހެޅުމުން ސަރުކާރާ އެއްކޮޅަށް ނިންމި ނަމަވެސް، ހައި ކޯޓުން އެ ހުކުމް ބާތިލް ކުރި އެވެ. އަދި މި އަހަރު ސުޕްރީމް ކޯޓުން ވަނީ ހައި ކޯޓުގެ ހުކުމް ދަމަހައްޓާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.