ރޭޕްކުރުން ހުއްޓުވޭނީ ޚައްޤު އަދަބު ދީގެން: ޝައިޚު ޒައިދު

ރޭޕްކުރުން ހުއްޓުވޭނީ ޚައްޤު އަދަބު ދީގެން: ޝައިޚު ޒައިދު

Author
މުޙައްމަދު ޝަޒައިމް
23 އޭޕްރިލް 2021 04:31
0

މުޖުމަތައުމުގައު އޮތް ނުބައި އާދައެއް ކަމުގައިވާ ރޭޕް ކުރުން ހުއްޓުވޭނީ އެކަން ކުރާ މީހުންނަށް ދޭންޖެހޭ ހައްގު އަދަބު ދީގެން ކަމުގައި ދީނީ އިލްމުވެރިޔާ ޝައިޚު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

މިދިޔަ ހުކުރު ދުވަހު މާލޭ މަގުމަތިން އަންހެނަކު ޖަހައިގަނެ، އޭނާ ގަދަކަމުން ގެއަކަށް ވައްދައި ރޭޕްކުރަން އުޅުނު މައްސަލާގައި ކަންބޮޑުވުން ފާޅު ކުރަައްވައި ޝައިޚު ޒައިދު ވިދާޅުވީ މިފަދަ ޢަމަލުތައް ހުއްޓުވޭނީ އެކަމަށް ކަނޑައެޅިފައިވާ އަދަބު ދީގެންކަމަށެވެ. މިފަދަ ބޭއްގާނީ އަމަލުލުތައް ތަކުރާރު ވުމުގެ އެންމެބޮޑު ސަބަބަކީވެސް އެކަށީގެންވާ ފިޔަވަޅު ނޭޅުންކަމަށް ޒައިދު ވިދާޅުވިއެވެ. އަދި ހުކުރު ދުވަހުގެރޭ އަންހެން ކުއްޖަކު ދަމާ ކޫއްތައި ގެއަކަށް ވެއްދިއިރު ކުޅިބަލަން ބަޔަކު ތިބިކަމީވެސް މުޖުތަމައުގެ ރައްކާތެރިކަމަށްވެސް އޮތް ދެރަވަރު ކަމެއްކަމަށް ޝައިޚު ވިދާޅުވިއެވެ.

ރޭޕް ކުރާ މީހުންނަށް ހައްގު އަބަދު ނުދީ، މިކަހަލަ ޖަރީމާތައް ނުހުއްޓުވޭނެ! ވަރަށް ގިނަ ފަހަރަށް މިފަދަ ޖަރީމާތައް ތަކުރާރުވަނީ މި ސަބަބާއި ހެދި! މާލެ ފަދަ ރަށެއްގެ މަގުމަތީ ދަމާ ކޫއްތާފައި އަންހެނަކު ގެންގޮސް ވައްދާއިރު އެތާ ކުޅި ބަލަން ތިބުމަކީވެސް ވަރަށް ދެރަ ކަމެއް.

– ޝައިޚު ޒައިދު ވިދާޅުވިއެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ 8:20 ހާއިރު ލެމަން ގްރާސް ރެސްޓޯރެންޓް ހުންނަ މަގުގައި ހިނގައިދިޔަ އެ ހާދިސާގެ ވީޑިއޯއިން ފެނިގެން ދަނީ ފިރިހެނަކު އެ އަންހެން މީހާ އަތުގައި ހިފާ ދަމާފައި ގެންދަން މަސައްކަތް ކުރާ މަންޒަރެވެ. އެ ވަގުތު އެ އަންހެން މީހާ ގަދަ ދައްކަމުން ދެއެވެ. އަދި އެ މީހުންގެ ފަހަތުން އިތުރު މީހަކު ހިނގާފައި ދާ މަންޒަރު ފެނެއެވެ.

އެ ހާދިސާ ހިނގި ވަގުތު އެ ރެސްޓޯރެންޓް ޖެހިގެން ހުންނަ އީދު މިސްކިތު ބޭރުގައި ބަޔަކު ސަފު ހަދައިގެން ނަމާދަށް ތިބެއެވެ. އެ އަންހެން މީހާ ސަލާމަތް ކުރީ ނަމާދަށް އޭރުގައި ތިބި ބަޔަކު ކަމަށްވެއެވެ.

އެ މައްސަލައިގައި، މާރާމާރީ އާއި މީހަކު ވަގަށް ނެގުމާއި ރޭޕް ކުރުމުގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކޮށްފައި ވަނީ ހދ. ނޭކުރަންދޫ، ވިނަރެސް، އާދަމް ވިޝާން، 18، އާއި ހދ. ވައިކަރަދޫ، މިލާފަރު، އަލީ ރަޝީދު، 23، އެވެ. އެނގިފައިވާ ގޮތުގައި އަލީ ރަޝީދާއި ވިޝާނަކީ ކުށްކުރުމުގެ މާހައުލަކުން ބޮޑުވެފައިވާ އާއިލީ ގުޅުން އޮންނަ ދެ މީހުންނެވެ. ވައްކަމުގެ ގިނަ މައްސަލަތަކެއްގައި އެ ދެ މީހުން ބައިވެރިވެފައިވާކަން އެނގިފައިވެއެވެ. މިދެމީހުންގެ ބަންދަށް ކޯޓުން ވަނީ 10 ދުވަސް ޖަހައި ދީފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.