ރޭޕްކުރަން އުޅުނުއިރު ބަލަހައްޓައިގެން ތިބުމަކީ ހައްލެއްނޫން: ރޮޒޭނާ

ރޭޕްކުރަން އުޅުނުއިރު ބަލަހައްޓައިގެން ތިބުމަކީ ހައްލެއްނޫން: ރޮޒޭނާ

Author
މުޙައްމަދު ޝަޒައިމް
23 އޭޕްރިލް 2021 08:36
0

މިދިޔަ ހުކުރު ދުވަހު މާލޭ މަގުމަތިން އަންހެނަކު ޖަހައިގަނެ، އޭނާ ގަދަކަމުން ގެއަކަށް ވައްދައި ރޭޕްކުރަން އުޅުނުއިރު އެސަރަހައްދުގައި ބަޔަކު ބަލަހައްޓައިގެން އެއްވެސް ކަމެއްނުކޮށް ތިބިކަމީ މިފަދަ ކަންކަން ހުއްޓުވުމަށް އޮތް ހައްލެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް ވިދާޅުވެއްޖެއެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ 8:20 ހާއިރު ލެމަން ގްރާސް ރެސްޓޯރެންޓް ހުންނަ މަގުގައި ހިނގައިދިޔަ އެ ހާދިސާގެ ވީޑިއޯއިން ފެނިގެން ދަނީ ފިރިހެނަކު އެ އަންހެން މީހާ އަތުގައި ހިފާ ދަމާފައި ގެންދަން މަސައްކަތް ކުރާ މަންޒަރެވެ. އެ ވަގުތު އެ އަންހެން މީހާ ގަދަ ދައްކަމުން ދެއެވެ. އަދި އެ މީހުންގެ ފަހަތުން އިތުރު މީހަކު ހިނގާފައި ދާ މަންޒަރު ފެނެއެވެ.

އެ ހާދިސާ ހިނގި ވަގުތު އެ ރެސްޓޯރެންޓް ޖެހިގެން ހުންނަ އީދު މިސްކިތު ބޭރުގައި ބަޔަކު ސަފު ހަދައިގެން ނަމާދަށް ތިބެއެވެ. އެ އަންހެން މީހާ ސަލާމަތް ކުރީ ނަމާދަށް އޭރުގައި ތިބި ބަޔަކު ކަމަށްވެއެވެ.

މިކަމާއި ގުޅިގެން ރޮޒޭނާ ވިދާޅުވީ މިއަމަލު ހިންގަން މަސައްކަތް ކުރިއިރު އެސަރަހައްދުގައި މީހުން އުޅުނުއިރު އެއަމަލު ހުއްޓުވަން އެއްވެސް ވަރަކަށް މަސައްކަތް ނުކުރިކަމީ މިއަދު އުޅޭ މުޖުތަމައާއި މެދު ވިސްނާލަންޖެހޭ ކަމެއްކަމަށެވެ. އަނިޔާއާއި ދެކޮޅުވުމުގެ ބަދަލުގައި މިފަދަ ކަންކަމަށް ހިތްވަރުދޭ ގޮތަށް އަމަލު ބެހެއްޓުމަކީ މިފަދަ ކަންކަމަށް އޮތް ހައްލެއް ނޫންކަމަށް ރޮޒޭނާ ވިދާޅުވިއެވެ.

މިކަން ހިނގިއިރު ބަޔަކު ހަމަ ބަލަހައްޓައިގެން ތިބިކަން މިީ އަޅުގަނޑުމެން މިދިރިއުޅޭ މުޖުތަމައުއާއި ދޭތެރޭ އިންތިހާއަށް ކަންބޮޑުވެ ވިސްނަންޖެހޭ ކަމެއް. މީހުންނާއި، އަޅާނުލުމާއި، އަނިއާއާއި ދެކޮޅަށް ތެދުވެ ބަސްބުމުގެ ބަދަލުގައި ނުފެންނަ ކަމަކަށް ހެދުމަކީ ހައްލެއްނޫން.

– ރޮޒޭނާ ވިދާޅުވިއެވެ.

އެ މައްސަލައިގައި، މާރާމާރީ އާއި މީހަކު ވަގަށް ނެގުމާއި ރޭޕް ކުރުމުގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކޮށްފައި ވަނީ ހދ. ނޭކުރަންދޫ، ވިނަރެސް، އާދަމް ވިޝާން، 18، އާއި ހދ. ވައިކަރަދޫ، މިލާފަރު، އަލީ ރަޝީދު، 23، އެވެ. އެނގިފައިވާ ގޮތުގައި އަލީ ރަޝީދާއި ވިޝާނަކީ ކުށްކުރުމުގެ މާހައުލަކުން ބޮޑުވެފައިވާ އާއިލީ ގުޅުން އޮންނަ ދެ މީހުންނެވެ. ވައްކަމުގެ ގިނަ މައްސަލަތަކެއްގައި އެ ދެ މީހުން ބައިވެރިވެފައިވާކަން އެނގިފައިވެއެވެ. މިދެމީހުންގެ ބަންދަށް ކޯޓުން ވަނީ 10 ދުވަސް މިއަދު ޖަހައި ދީފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ނ ނިންނި
ތިހެންކިޔާލަ ކިޔާލަތިބީމަ އެއޮތީހައްލުވެފަ
ކ ކޯރޭ
ވަރަށް ރަނގަޅު ވާހަކައެއް. ސިޔާސީ މީހުން މިކުދިން ބޭނުންކުރަމުންދާކަމީ ފެންނަން އޮތްކަމެއް
އ އަމާން
އެކަމާ އެއްޗެކޭ ބުނެފިނަމަ އެބުނިމީހެއްގެ ދުވަސް ދިޔައީ.ރޮޒޭ އަދިވެސް ތަސައްރަފު ނުފުދޭ.......ޙައްލު ކުރެވޭނީ ޤާނޫނު ހަހަމަ އުސޫލުން ތަންފީޒު ކުރެވިގެން........އެކަން ކުރެވޭނީ ތިންވަނަ ފިކުރަކަށް.