އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމްއަކީ އެމްޑީޕީގެ ސިޔާސަތާއި ފިކުރު އެގިވަޑައި ގަންނަވާ ބޭފުޅެއް ނޫންކަމަށް އެމްޑީޕީގެ ފުރަމަތަ ރައީސް އިބްރާހިމް އިސްމާއިލް (އިބްރާ) ވިދާޅުވެއްޖެއެވެ.
އިބްރާ މިހެން ވިދާޅުވެފައިވަނީ މަންދު ކޮލެޖް ހިންގުމަށް މާލޭ އިންގްލިޝް ސްކޫލް ހުރި ޢިމާރާތުގެ އެއްބަސްވުން ބާތިލުކޮށް ސަރުކާރަށް ނެގި މައްސަލާގައި ބަދަލެއްގެ ގޮތުގައި 15 މިލިއަން ރުފިޔާ ދޭން ސިވިލް ކޯޓުން ދައުލަތުގެ މައްޗަށް ހުކުމް ކުރުމާއި ގުޅިގެން އާޒިމް ދެއްކެވި ވާހަތަކަށް ރައްދު ދެއްވައި ކުރެއްވި ޓްވީޓެއްގައެވެ. އާޒިމް ވިދާޅުވެފައިވަނީ ރައްޔިތު މިހާ އަނގަޔާއި އަތާއި ދިމާނުވާއިރު، ބޮޑުންނަށް މިލިޔަނުން ފައިސާ ދެމުންދާކަމަށެވެ.
އާޒިމްގެ ވާހަތަކަށް ރައްދު ދެއްބަމުން އިބްރާވަނީ މަންދު ކޮލެޖް ހިންގެވުމުގައި2015 ވަނަ އަހަރު ކުރިމަތިވި ހުރަސްތަކާއި ގުޅިގެން އެމްޑީޕީން އެކަން ކުއްވެރިކޮށް ނެރެނު ބަޔާނާއި ގުޅިގެން ބައެއް މީޑިޔާތަކުން ކަވަރުކޮށްފައިވާ ޚަބަރުގެ ލިންކުވެސް ހިއްސާ ކުރައްވާފައެވެ. އިބްރާ ވިދާޅުވީ އޭނާއަކީ އަބަދުވެސް ވައްކާމާއި ދުރު މީހެއްކަމަށެވެ. އަދި އާޒިމް ބޭނުންވާ ގޮތަށް އަދަދު ބޮޑުކޮށްލާފައި ބައި އަޅަން ބޭނުން ނުވާކަމަށާއި، އެގޮތުން ކަންކުރުމަކީ ދަންނަ ކަމެއް ނޫންކަމަށެވެ.
Mihenve ma bunanee Ali Azim akee #MDP fikuru en'geyves golaeh nooney.
Mihiree mikamaa MDP in eyru dhekki vaahaka:https://t.co/WWpQH4B1uDhttps://t.co/K8uYpXU8in
Bala Azim. Ma mee nikamethi rayyithekey. An'gaya athaa dhimaanuvaathaa 5 aharu vejje. https://t.co/dlloOHBzTj
— Ibra – Unapologetically for Justice (@ibramandhu) April 22, 2021
އޭނާ ވިދާޅުވި ދޭތުވެދިޔަ ފަސް އަހަރުގައިވެސް މިމައްސަލާގައި ނުހަނު ވޭނުގައި ކެތް ކުރެއްވި ކަމަށާއި، ނަމަވެސް ބައި އަޅައިގެން ކަންކަން ކުރައްވަން ބޭނުންވާތީ މަޑުން ހުންނެވީ ކަމަށެވެ. އަދި އޭރުވެސް ނުކުރި ކަމެއް މިހާރު ކުރަންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް އިބްރާ ވިދާޅުވިއެވެ.
އެމްއީއެސް ހުރި ޢިމާރާތުގައި ޕްރައިވެޓް އިންޓަރނޭޝަނަލް ސްކޫލެއް ހިންގުމަށްޓަކައި އެ ސްކޫލުގެ އޭރުގެ މަސްއޫލުވެރިންނާއި މިނިސްޓްރީ އޮފް އެޑިއުކޭޝަނާ ދެމެދު 28 ޑިސެމްބަރު 2008 ގައި ވެފައިވާ އެއްބަސްވުމުގެ ދަށުން އެ ސްކޫލުގެ އޭރުގެ މަސްއޫލުވެރިންނަށް ލިބިފައިވާ ޙައްޤުތަކާއި އިލްތިޒާމްތައް 6 އެޕްރީލް 2010 ގައި މަންދުކޮލެޖް ހިންގާ މާލޭ ހައި ޕްރައިވެޓް ލިމިޓެޑަށް އޮތީ ބަދަލުކޮށްފައެވެ. މަންދުކޮލެޖް ހިންގަމުންދަނިކޮށް އިއްޒުއްދީން މިހާރު ހިންގަމުންދާ އިމާރާތް އެޑިއުކޭޝަނުން ބަންދުކުރީ 2015 ވަނަ އަހަރުގެ ޖޫން މަހުއެވެ.
އެ މައްސަލަ މަންދު ކޮލެޖުގެ ފަރާތުން ހައި ކޯޓާއި ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ދެ ކޯޓުން ނިންމާފައިވަނީ އެ އެއްބަސްވުން ބާތިލްކުރީ ގޯސްކޮށް ކަމަށެވެ. އަދި ގެއްލުމުގެ ބަދަލު ހޯދަން ވަކިން ދައުވާ ކުރެވޭނެ ކަމަށް ވެސް ހުކުމުގައިވެއެވެ.
މި ހުކުމްތަކަށް ފަހު، ގެއްލުމުގެ ބަދަލަށް 18 މިލިއަން ރުފިޔާ ހޯދަން މާލެ ހައި ޕްރައިވެޓް ލިމިޓެޑުން ދައުވާ ކުރުމުން ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާގައި ދައުލަތުން ވަނީ އޭގެ ތެރެއިން 15 މިލިއަން ރުފިޔާ ދޭން އެއްބަސްވެފަ އެވެ. އެއީ މަންދު ކޮލެޖް އެ އިމާރާތުން ބޭރުކޮށްލުމުން އެހެން ތަނެއް ހޯދަން މިހާތަނަށް ކުރި ޚަރަދުތަކެވެ.
ދައުލަތުން ބަދަލުގެ ގޮތުގައި ބޮޑެތި އަދަދުތަކުން ފައިސާ ދޭ މައްސަލާގައި ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެފައިވެއެވެ.
ކޮމެންޓު ފޮނުވާ