ބައިޑްންގެ ވައުދު: 2030އާއި ހަމައަށް ދާއިރު، %50އާއި ހަމައަށް އެމެރިކާ ކާބަލް ނިއުޓްރަލް ވެގެންދާނެ

ބައިޑްންގެ ވައުދު: 2030އާއި ހަމައަށް ދާއިރު، %50އާއި ހަމައަށް އެމެރިކާ ކާބަލް ނިއުޓްރަލް ވެގެންދާނެ

Author
ހުސެއިން
23 އޭޕްރިލް 2021 06:37
0

ދުނިޔޭގެ ތިމާވެށި ހިމާޔަތް ކުރުން، ރިޔާސީ ދައުރުގެ އެޖެންޑާގެ އެންމެ ކުރިޔަށް ގެންނަވާނެ ކަމަށް، ރިޔާސީ ކެމްޕޭންގެ ތެރޭގައި ވެވަޑައިގެންނެވި ވައުދު ފުއްދަވާ، 2030އާއި ހަމައަށް ދާއިރު، ޖައްވަށް ދޫކުރާ ވިހަ ގޭހުގެ މިންވަރު %50އަށް ދަށް ކުރުމަށް އަމާޒުކޮށް، އެެމެރިކާގެ ރައީސް އެގައުމުގެ ތިމާވެއްޓާ ގުޅޭ މުހިންމު ސިޔާސަތުތަކެއް އިއުލާން ކުރައްވައިފިއެވެ.

ތިމާވެށީގެ މައްސަލަތައް ހައްލު ކުރުމަށް އަމާޒުކޮށް، ދުނިޔޭގެ 40 ގައުމެއްގެ ވެރިންނާ އެކީ، ވާޗުއަލްކޮށް، ވައިޓް ހައުސްގައި ބޭއްވުމަށް ހަމަޖެހިފައްވާ ބައްދަލުވުމެއް ބައިޑްގެ ރިޔާސަތުގައި ބޭއްވުމަށް މިހާރު ދަނީ ތައްޔާރު ވަމުންނެވެ.

މި ސަމިޓްގެ މަގުސަދަކީ، އެމެރިކާގެ ކުރީގެ ރައީސް، މަޝްހޫރު ޕެރިސް އެގްރީމަންޓުން އެމެރިކާ ވަކި ކޮށްފައިވަނިކޮށް، ތިމާވެއްޓާއި ދެކޮޅަށް ކުރެވޭ މައްސަކަތުގައި އެމެރިކާ ލީޑަރޝިޕް ދައްކަވާނެކަމަށް ބައިޑްން ވެވަޑައިގެންފައިވާ ވައުދުތައް އިތުރަށް ޔަގީން ކޮށްދިނުމުގެ މަގުސަދުގައި ބާއްވާ ސަމިޓެކެވެ.

ބައިޑްން އެމެރިކާގެ ރައީސް ކަމުގައު ހުވާ ކުރެއްވުމަށްފަހު، ދުނިޔޭގެ ތިމާވެއްޓަށް އަންނަ ބަދަލުތައް ވަނީ އޭނާގެ ސަރުކާރުގެ މުހިންމު އަމާޒަކަށް ހައްދަވާފައެވެ. އަދި ސަރުކާރުގެ އެންމެ ފުރަތަމަ ދުވަހު، ބައިޑްން ވަނީ އަލުން ޕެރިސް މުއާހަދާއާއި އަލުން ގުޅިވަޑައިގެންފައެވެ.

އެމެރިކާއިން ރިޔާސަތު ބެލެހެއްޓުމަށް ހަމަޖެހިފައިވާ މިސަމިޓްގެ ކުރިން، ވަކީން ޚާއްސަކޮށް ތިމާވެށީގެ ވައުދުތައް ފުއްދުމުގައި ފަހަތުގައި އުޅޭ ގައުމުތަކުން އުއްމީދީ ވައުދުތަކެއް ވުމަށް އޮފިޝަލުން ގެންދަވަނީ ބާރު އަޅުއްވަމުންނެވެ.

މި ސަމިޓުގައި ބައިވެރިވާ ދުނިޔޭގެ ބޮޑެތި ގައުމުތަކުގެ ތެރޭގައި، ޗައިނާ، އިނގިރޭސިވިލާތް، އިންޑިއާ، ކެނެޑާ، ފްރާންސް، ޖާމަނީ، ސައުތު އެފްރިކާ، ބަންގްލާދޭޝް، އިންޑޮނޭޝިއާގެ އިތުރުން ރަޝިއާވެސް ހިމެނެއެވެ.

ސަމިޓްގެ ކުރިން އޮބްޒާވަރުންގެ އަމާޒު ހުއްޓިފައިވަނީ، ޖައްވަށް އެންމެ ގިނަ އަދަދަކަށް ވިހަ ގޭސް ދޫކުރަމުންދާ ގައުމު ކަމުގައި ޗައިނާއިން މި ސަމިޓްގައި ތިމާވެރި ރައްކާތެރި ކުރުމަށްޓަކާ ވާނެ ވައުދުތަކެއްގެ މައްޗަށެވެ.

މިއަދު ހެދުނު، އެމެރިކާގެ ސަރުކާރުގެ، ތިމާވެށި ރައްކާތެރި ކުރުމުގެ ދުރު ރާސްތާ ޕްލޭން އިއުލާން ކުރައްވަމުން، ޙޖޯ ބައިޑްން ވަނީ، އެގައުމުން ޖައްވަށް ދޫކުރާ ކާބަންގެ މާއްދާތަކުގެ މިންވަރު 2005 ވަނަ އަހަރު ހުރި މިންވަރުގެ %50އަށް 2030ވަނަ އަހަރާ ހަމައަށް ދާއިރު ދަށްކުރުމަށް އަމާޒު ހިފާފައިވާކަން އިއުލާން ކުރައްވާފައެވެ.

ތިމާވެއްޓަށް ލޯބިކުރާ ގިނަ ބަޔަކު ބުނަމުންދަނީ މިއީ އުއްމީދުން ފުރިގެންވަ ވައުދެއް ކަމުގައެވެ. އަދި 2024ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ބައިޑްންއަށް ކާމިޔާބު ކުރެއްވުނު ނަމަވެސް، އެމެރިކާގެ މި ވައުދު ފުއްދޭތަން ދެކެވަޑައިގަތުމަށް ބައިޑްން އެމެރިކާގެ ވެރިކަމުގައި ނުހުންނަވާނެއެވެ.

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޓް ޓްރަމްޕްގެ ވެރިކަމުގައި، އޭގެ ކުރީގެ ރައީސް ބަރަކް އޮބާމާ ގެންގުޅުއްވި ތިމާވެށި ހިމާޔަތް ކުރުމުގެ މުހިންމު ސިޔާސަތުތަށް ޓްރަމްޕް ވަނީ ދެކޮޅު ހައްދަވާފައެވެ. އަދި އޮބާމާ ސޮއި ކުރައްވާފައިވާ ޕެރިސް އެގްރީމަންޓުން ޓްރަމްޕް ވަކިވިއެވެ.

އެހެންނަމަވެސް ވެރިކަމުގެ ހުވާ ކުރެއްވި ދުވަހު ބައިޑްވަނީ މި އެއްބަސްވުމާއި ގުޅިވަޑައިގަންނަވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.