ރޭޕް ކުރަން އުޅުނު މީހުންގެ ބަންދު އިތުރު ކޮށްފި

ރޭޕް ކުރަން އުޅުނު މީހުންގެ ބަންދު އިތުރު ކޮށްފި

Author
މުޙައްމަދު ޝަޒައިމް
22 އޭޕްރިލް 2021 07:00
0

މިދިޔަ ހުކުރު ދުވަހު މާލޭ މަގުމަތިން އަންހެނަކު ޖަހައިގަނެ، އޭނާ ގަދަކަމުން ގެއަކަށް ވައްދައި ރޭޕް ކުރި މައްސަލައިގައި ހައްޔަރު ކުރި ދެ މީހުންގެ ބަންދު ކްރިމިނަލް ކޯޓުން މިއަދު އިތުރުކޮށްފިއެވެ.

މިދިޔަ ހުކުރު ދުވަހު ހައްޔަރު ކުރި އެ ދެ މީހުންގެ ބަންދުގެ މުއްދަތު މިއަދު ހަމަވުމުން ކޯޓަށް ގެންދިއުމުން އެ ދެ މީހުންގެ ބަންދަށް ވެސް 10 ދުވަސް ވަނީ އިތުރުކޮށްފައެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ 8:20 ހާއިރު ލެމަން ގްރާސް ރެސްޓޯރެންޓް ހުންނަ މަގުގައި ހިނގައިދިޔަ އެ ހާދިސާގެ ވީޑިއޯއިން ފެނިގެން ދަނީ ފިރިހެނަކު އެ އަންހެން މީހާ އަތުގައި ހިފާ ދަމާފައި ގެންދަން މަސައްކަތް ކުރާ މަންޒަރެވެ. އެ ވަގުތު އެ އަންހެން މީހާ ގަދަ ދައްކަމުން ދެއެވެ. އަދި އެ މީހުންގެ ފަހަތުން އިތުރު މީހަކު ހިނގާފައި ދާ މަންޒަރު ފެނެއެވެ.

އެ ހާދިސާ ހިނގި ވަގުތު އެ ރެސްޓޯރެންޓް ޖެހިގެން ހުންނަ އީދު މިސްކިތު ބޭރުގައި ބަޔަކު ސަފު ހަދައިގެން ނަމާދަށް ތިބެއެވެ. އެ އަންހެން މީހާ ސަލާމަތް ކުރީ ނަމާދަށް އޭރުގައި ތިބި ބަޔަކު ކަމަށްވެއެވެ.

އެ މައްސަލައިގައި، މާރާމާރީ އާއި މީހަކު ވަގަށް ނެގުމާއި ރޭޕް ކުރުމުގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކޮށްފައި ވަނީ ހދ. ނޭކުރަންދޫ، ވިނަރެސް، އާދަމް ވިޝާން، 18، އާއި ހދ. ވައިކަރަދޫ، މިލާފަރު، އަލީ ރަޝީދު، 23، އެވެ. އެނގިފައިވާ ގޮތުގައި އަލީ ރަޝީދާއި ވިޝާނަކީ ކުށްކުރުމުގެ މާހައުލަކުން ބޮޑުވެފައިވާ އާއިލީ ގުޅުން އޮންނަ ދެ މީހުންނެވެ. ވައްކަމުގެ ގިނަ މައްސަލަތަކެއްގައި އެ ދެ މީހުން ބައިވެރިވެފައިވާކަން އެނގިފައިވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

B Boduvazeeru
Hama ekani bandhu ithuru kureema veytha ? Kobaa anhen kanbuley ge haqqu. Den kiyaa hehkeh Nethey. E demeehun anhen kuhjjaa gendiyaee geyge masahkatheh kohlanshey. .e demeehun eyna gaga aives nulaey. Ulhunee eynage hedumuge athukuri olhai deyshey.