ދެޑޯޒް ފުރިހަމަކޮށް ރަށް ރަށަށްދާ މީހުންނަށް ހިލޭ ޕީސީއާރު ޓެސްޓް ހެދޭނެ

ދެޑޯޒް ފުރިހަމަކޮށް ރަށް ރަށަށްދާ މީހުންނަށް ހިލޭ ޕީސީއާރު ޓެސްޓް ހެދޭނެ

Author
މުޙައްމަދު ޝަޒައިމް
22 އޭޕްރިލް 2021 06:40
0

ރަށްރަށަށް ދިއުމަށް ޕީސީއާރް ޓެސްޓު ބޭނުންވާ މީހުންނަށް، ފްލޫ ކްލިނިކްތަކުން ހިލޭ ޕީސީއާރް ޓެސްޓު ހެދޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެކްސިން ކްލަސްޓަރގެ ފަރާތުން މަޢުލޫމާތު ދެއްވަމުން ފާތިމަތު އަނާ ވިދާޅުވީ މިހާތަނަށް ވެކްސިންގެ ފުރަތަމަ ޑޯޒް، އާބާދީގެ %60 އިން މައްޗަށް ދެވިފައިވަނީ 120 ރަށުގައިކަމަށެވެ.

އެޗްޕީއޭގެ އުސޫލުގައިވާގޮތުން ކަރަންޓީންވުމަކާ ނުލާ ރަށަކަށް ދެވޭނީ، އެ ރަށެއްގެ އާބާދީގެ %60 މީހުން، ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާނަމައެވެ. ރާއްޖޭގައި ވެކްސިންގެ ދެވަނަ ޑޯޒް ދޭން ފެށީ މިމަހުގެ 3 ވަނަ ދުވަހުއެވެ. ނަމަވެސް އާބާދީގެ %60 އަށް ދެވަނަ ޑޯޒްގެ ވެކްސިން ދީފައިވާ ރަށެއް އަދި ނެތެވެ. ކަރަންޓީން ނުވެ ރަށްރަށަށް ދެވޭނީ، އެރަށެއްގެ %60 މީހުން ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކޮށްފައިވާ ރަށްތަކަށެވެ.

އަދި އާބާދީގައި %60 މީހުންނަށް ވެކްސިން ދީފައި ނުވާ ރަށްރަށަށް ކަރަންޓީނާ ނުލާ ދަތުރުކުރެވޭނީ، ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމަށްފަހު 2 ހަފްތާ ވެފައިވާ މީހުންނަށެވެ. ރަށްރަށަށް ދާއިރު ނެގެޓިވް ޕީސީއާރް ގެންދަންޖެހޭނީ ވެކްސިން ޖެހުމަށް ޝަރުތު ހަމަނުވާ ކުދިންނާ، އަދި ސާމްޕަލް ޕޮޒިޓިވް ރޭޓް %5 އިން މަތީގައި ހުރި ރަށަކުން، އެހެން ރަށަކަށް ދަތުރުކުރާ މީހުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.