ފޫވެއްޓިފައިވާ ވޯޓް ކަރުދާހެއް ސައްޚަ ކަމަށް ނިންމައި މާބައިދޫ ކައުންސިލް ރައީސްގެ ގޮޑި އެމްޑީޕީއަށް

ފޫވެއްޓިފައިވާ ވޯޓް ކަރުދާހެއް ސައްޚަ ކަމަށް ނިންމައި މާބައިދޫ ކައުންސިލް ރައީސްގެ ގޮޑި އެމްޑީޕީއަށް

Author
މުޙައްމަދު ޝަޒައިމް
22 އޭޕްރިލް 2021 02:52
0

ވޯޓު ފާހަގަ ޖަހަން ޖެހޭ ގޮޅީގެ ފޫވެއްޓިފައިވާ ވޯޓް ކަރުދާހެއް ސައްޚަ ކަމަށް ނިންމައި މާބައިދޫ ކައުންސިލް ރައީސްގެ ގޮޑި އެމްޑީޕީއަށް ކަށަވަރު ވެފައިވާކަމަށް އިލެކްޝަން ކޮމިޝަނުން ނިންމައިފިއެވެ.

މައްސަލަ ޖެހުނު މާބައިދޫ ފޮށި ރޭ އަލުން ގުނިއިރު، މައްސަލަ ޖެހުނު ވޯޓު ކަރުދާހާއި ގުޅިގެން އިދިކޮޅު ޕީޕީއެމްއިން ވަނީ ތަކުރާރުކޮށް ޝަކުވާ ހުށަހަޅައި އެވޯޓު ކަރުދާސް ސައްޚަ ކަމަށް ކަނޑައަޅަނީ ކޮން ގޮތަކަށްތޯ ސުވާލު ކޮށްފައެވެ. ނަމަވެސް ވޯޓު ފޮށީގެ ވެރިޔާވަނީ އެއީ ސައްޚަ ވޯޓެއްކަމަށް ނިންމައި އެވޯޓަކީ އެމްޑީޕީ ކެންޑިޑޭޓަށް ލިބުނު ސައްޚަ ވޯޓެއްކަމަށް ކަނޑައާޅާފައެވެ.

ވޯޓު ކަރުދާހުގައި އެމީހަކަށް ފެންނަ ކެންޑިޑޭޓަކާ ދިމާގައި ރަގަޅު ފާހަގަ ޖެހުން ފިޔަވައި އިތުރު އެހެން ފާހަގައެއް ޖަހާފައިވާ ނުވަތަ ލިޔުމެއް ލިޔެފައިވާ ނުވަތަ ކުރެހުމެއް ކުރަހާފައިވާނަމަ އެކަރުދާހުގައިވާ ހުރިހާ ވޯޓެއް ބާތިލްވާނެ ކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ކަނޑައަޅާފައެވެ.

މައިބައިދޫ ކައުންސިލް ރައީސްގެ ގޮޑި އެމްޑީޕީއަށް ލިބިފަިއވަނީ ފާހަގައެއް ޖަހާފައި ނުވާ ގޮޅިއެއް އެއީ ސައްޚަ ވޯޓެއްކަމަށް ގުނައިގެންނެވެ. މި އިންތިޚާބު އެމްޑީޕީ ކެނޑިޑޭޓަށް ކާމިޔާބު ވެފައިވަނީވެސް މިވޯޓުންނެވެ. އެންމެ ވޯޓެއްގެ ތަފާތުން އަދި އިންތިޚާބުގެ ސައްޚަކަން ކަނޑައަޅާ ނުވަތަ ވޯޓުގެ ޞައްޚަކަން ގެއްލޭގޮތަށް ގުނައިފައިވާ މިވޯޓާއިމެދު ރޭވެސް ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މިވޯޓާއިމެދު އިދިކޮޅު ކޯލިޝަނުން ވަނީ އިލެކްޝަން ކޮމިޝަނަށްވެސް މައްސަލަ ހުށަހަޅާފައެވެ. މާބައިދޫގެ ކައުންސިލް ރައީސްގެ ގޮޑިއާއިއެކު އެމްޑީޕީއަށް ލިބިފައިވަނީ ޖުމްލަ ދެ ގޮޑިއެވެ. އިދިކޮޅު ޕީޕީއެމްއަށް ވަނީ ކައުންސިލްގެ ތިން ގޮޑި ލިބިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ހ ހާނީލޯ
ނަހައްގުން ހޯދާ އެއްޗެތި ކައި ބޮއި ހަދައި ރިސްވަތު އެއީ ހަލާލް ކަމައް ހެދުން އެއީ ކިހާ ވަރެއްގެ އެއްޗެއްކަން އެނގޭ ވަރުގެ ބަޔެއް އެއީ. ސޯ އަހަރެން އުންމީދު ކުރަން އަލިފާން ނުކައި މިދުނިޔޭގައި ކެއްވާނެ ކަމަށް. އެކަމުން ހޯދާ އެންމެ ލާރި ފޮއްޗެއްގައި ޖެހުނަސް އަދި އެނގި ހުރެ ނޭންގޭ ކަމަށް ހެދިގެން ހުރުން އެއީ ކިހާވަރެއްގެ ކަމެއްކަންވެސް އެނގޭނެ އިލްމީ ޤާބިލްހުރި ފެންވަރު އެފެމެލީގަ ހުންނާނެ.
j jaabir
ދެލޯ ކަނަށް ނުގޮވިއްޔާ ދެރަ އިލެކްޝަނުން ގަބޫލުކޮށްގެން ނުވާނެ އެއީ ސައްހަ ވޯޓެއް ކަމަކަށް. އެއީ ވޯޓެއްކަމަށް ގަބޫލުކޮށްފިނަމަ 2018ގެ ރިޔާސީ އިންތިޚާބުގެ ވޯޓުގައި ކިހާ ހަޑިއެއް ހާވފައި ހުންނާނެބާ އޭހިތަށް އަރާ . މިހިރީ މީހުންގެ ކުރިމަތީގަ ކެމެރާ ގެ ކުރިމަތީގަ ހާވާ ހަޑި. ސާބަސް އިލެކްޝަން .
އ އަލިމަނިކު
އިލެކްޝަން އިން ބުނެފައެއްނެތް ފޫވެއްޓުމުން ވާނެގޮތެއް??
D Donhoanu
Keehve nugovan vee . Govan v hama .