ހަނގުރާމައިގެ ފްރޮންޓް ލައިނަށް ޒިޔާރަތް ކުރައްވަނިކޮށް ލިބުނު ޒަޚަމްތަކަށް ފަރުވާ ދެމުން ދަނިކޮށް ޗާޑުގެ ރައީސް އަވަހާރަ ވެއްޖެ

ހަނގުރާމައިގެ ފްރޮންޓް ލައިނަށް ޒިޔާރަތް ކުރައްވަނިކޮށް ލިބުނު ޒަޚަމްތަކަށް ފަރުވާ ދެމުން ދަނިކޮށް ޗާޑުގެ ރައީސް އަވަހާރަ ވެއްޖެ

Author
ހުސެއިން
20 އޭޕްރިލް 2021 08:26
0

ޗާޑުގައި ވަކިވެގަތުމަށް ހަގުރާމަ ކުރަމުންދާ ހަގުރާމަވެރިންނާއި، ސަރުކާރު ސިފައިންނާ ދެެމެދު ހަމަލާ ބަދަލު ކުރެވެމުންދާ، ފްރޮންޓް ލައިނަށް ޒިޔާރަތް ކުރައްވަނިކޮށް، ދެފާރާތުން ބަދަލުކުރި ހަލާތަކުން ލިބިވަޑައިގެންނެވި ޒަޚަމްތަޖަށް ފަރުވާ ދެވެމުން ދަނިކޮށް، ޗާޑުގެ ރައީސް އިދުރީސް ޑެބީ އަވަހާރަ ވެއްޖެކަމަށް އެގައުމުގެ އަސްކަރިއްޔާއިން ހާމަ ކޮށްފިއެވެ.

އިދުރީސް ޑެބީ ޗާޑުގެ ރައީސްކަން ކުރައްވަމުން ގެންދަވާތާ 30 އަހަރުވަނީ ވެގެން ގޮސްފައެވެ.

ޗާޑުގެ ރައީސް އަވަހާރަވެފައިވާ ކަމުގެ މައުލޫމާތު އެގައުމުގެ އަސްކަރިއްޔާއިން އާންމު ކޮށްފައި މިވަނީ، އެގައުމުގައި ބޭއްވުނު އާންމު އިންތިޚާބުގެ ވަގުތީ ނަތީޖާތަކުން އޭނާ، 6 ވަނަ ދައުރަކަށް ޗާޑުގެ ރައީސްކަމަށް އިންތިޚާބުވެގެން ދާނެކަން ޔަގީން ވެގެން ދިޔަތާ އެއް ދުވަސް ފަހުންނެވެ.

އަންގާރަ ދުވަހު، ދައުލަތުގެ މީޑިއާގައި، ޗާޑުގެ އަސްކަރިއްޔާގެ ފަރާތުން ނެއްރުއްވި ބަޔާން އިއްވަވަމުން، އަސްކަރިއްޔާގެ ތަރުޖަމާން، ޖެނެރަލް އަޒީމް ބާރމަންޑޯ އަގޯނާ ވިދާޅުވި ގޮތުގައި، އުމުރުން 68 އަހަރުގެ ޑެބީ "އެންމެ ފަހު ނޭވާވެސް ދޫކޮށްފައިވަނީ، ހަގުރާމައިގެ މައިދާނުގައި، ގައުމުގެ ދިފާޢުގައި ހަގުރާމަ ކުރައްވަމުން ގެންދަވަނިކޮށް" ކަމަށެވެ.

ހަގުރާމައިގެ މައިދާނުގައި، ހަމަލާ ބަދަލުކުރެވެމުން ދިޔަ ފްރޮންޓް ލައިނަށް ޒިޔާރަތް ކުރައްވަމުން ގެންދަވަނިކޮށް، އިދުރީސް ޑެބީގެ ގައިކޮޅަށް ހަމަލާތައް އަރާ، އަވަހާރަވާން ދިމާވި ހަގީގީ ސަބަބު އަދިވަނީ ސާފުވާގޮތް ނުވެފައެވެ. އެހެންނަމެވެސް ޗާޑުގެ އަސްކަރިއްޔާއިން މައޫލޫމާތު ދީފައިވާ ގޮތުގައި، އެގައުމުގެ ރައީސް އިދުރީސް ޑެބީ ގެންދެވީ ހަފްތާ ބަންދުގައި، ވަކިވެގަތުމަށް އެގައުމުގައި ހަގުރާމް ކުރަމުންދާ ހަގުރާމްވެރިންނާ ދެކޮޅަށް ހަގުރާމް ކުރަމުންދާ ސިފައިންނަށް އިރުޝާދު ދިނުމަށް ފްރޮންޓް ލައިނަށް ޒިޔާރަތް ކުރައްވަމުންނެވެ.

ޗާޑުގެ އަސްކަރިއްޔާއިން ވަނީ، ވޯޓުލުން ބޭއްވުނު ދުވަހު، ޗާޑުގެ އުތުރުގެ ސަރަހައްދުތަކަށް ސިފައިން ފޮނުވާ، ހަގުރާމަވެރިންނާ ދެކޮޅަށް ވަރުގަދަ ހަމަލާތަކެއް ދޭން ފަށާފައެވެ.

އަސްކަރިއްޔާގެ ތަރުޖަމާން އަގޯނާ ވިދާޅުވި ގޮތުގައި، ރައީސް އިދުރީސް ޑެބީ އަވަހާރަ ވުމާއި ގުޅިގެން، ރައީސްގެ ޒިންމާތައް މިވަގުތަށް އަދާ ކުރަމުންދާނީ، ހަތަރު ތަރީގެ ޖެނެރަލެއް ކަމުގައިވާ، ޑެބީގެ 37 އަހަރުގެ ދަރިފުޅު، ރިޔާސަތު ބަލަހައްޓަމުން ގެންދާ މިލިޓަރީ ކައުންސިލުން ކަމުގައެވެ.

ޗާޑުގެ ރައީސް އަވަހާރަ ވުމާއި ގުޅިގެން ޗާޑުންވަނީ އެގައުމުގައި ކާފިއު އިއުލާންކޮށް، ގައުމުގެ ބޯރޑަރުވެސް ވަގުތީގޮތުން ބަންދު ކޮށްފައެވެ.

ރައީސް އަވަހާރަ ވުމާއި ގުޅިގެން، ރައީސްގެ ބާރުތައް މިލިޓަރީ ކައުންސިލުން ނަގާފައިވި ނަމަވެސް، ޗާޑުގެ ގާނޫނު އަސާސީ ބުނާގޮތުން، ރައީސް އަވަހާރަ ވެއްޖެ ނަމަ، ކުރިޔަށް އޮންނަ 40 ދުވަހު ގައުމުގެ ހިންގުމާ ހަވާލުވާން ޖެހޭނީ ގާނޫނު ހަދާ މަޖިލިހުގެ ރައީސްއެވެ. އަދި އިންތިޚާބެއް ބޭއްވެންދެން އެގައުމުގައި އޮންނަން ވާނީ އިންތިގާލީ ސަރުކާރެކެވެ.

އެހެންނަމަވެސް، ރައީސް ޑެބީ އަވަހާރަ ވުމާއެކު، ޗާޑުގެ އަސްކަރިއްޔާއިންވަނީ، އެގައުމުގެ ގާނޫނު ހަދާ މަޖިލިސް އުވާލާ، އަދި ގާނޫނު އަސާސީވެސް އުވާލާފައެވެ.

1990 ވަނަ އަހަރު ގެނެވުނު ބަޢާވާތަކުން ޗާޑުގެ ވެރިކަމަށް ވަޑައިގެންނެވި ޑެބީ އަވަހާރަ ވެއްޖެކަމުގެ ޚަބަރު އާންމު ވެގެން ދިޔައީ، ޗާޑުގެ ރިޔާސީ އިންތިޚާބު ކާމިޔާ ކުރެވިކަން އިއުލާން ކުރެވުނުތާ އެއްދުވަސް ފަހުންނެވެ. ހޯމަ ދުވަހު އާންމު ކުރެވުނު ވަގުތީ ނަތީޖާއިން ދައްކާގޮތުގައި، ޑެބީވަނީ އިންތިޚާބުގެ %79.3 ކާމިޔާބު ކުރައްވާފައެވެ.

ޑެބީގެ ކެމްޕޭން މެނޭޖަރު ވިދާޅުވި ގޮތުގައި، އިންތިޚާބުގެ ކާމިޔާބީ ފާހަގަކޮށް، ތާއީދު ކުރާ ފަރާތްތަކާ މުޚާތަބުކުރެއްވުން ފަސް ކުރެއްވުމަށްފަހު، ޑެބީ ހަފްތާ ބަންދުގައު ވަޑައިގަންނަވަން ބޭނުންފުޅުވީ، ވަކިވެގަތުމަށް ހަގުރާމަ ކުރަމުންދާ ހަގުރާވެރިންނާ ހަމަލާ ބަދަލުކުރަމުން ދާ ސިފައިންނާ ބައްދަލު ކުރެއްވުމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.