ބަދަލު ހިފުމުގެ ގޮތުން ރަޝިއާއިންވެސް އެމެރިކާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފި

ބަދަލު ހިފުމުގެ ގޮތުން ރަޝިއާއިންވެސް އެމެރިކާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފި

Author
ހުސެއިން
17 އޭޕްރިލް 2021 02:17
0

އެމެރިކާގެ ރައީސް ޖޯ ބައިޑްން ރަޝިއާއި ދެކޮޅަށް އަޅާނެ ފިޔަވަޅުތައް އިއުލާން ކުރިތާ އެއްދުވަސް ފަހުން، ބަދަލު ހިފުމުގެ ގޮތުން އެމެރިކާއާއި ދެކޮޅަށް އަޅާނެ ފިޔަވަޅުތައް ރަޝިއާއިންވެސް އިއުލާން ކޮށްފިއެވެ.

އެމެރިކާއާއި ދެކޮޅަށް ރަޝިއާއިން އަޅާ ފިޔަވަޅުތަކުގެ ތެރޭގައި، ރަޝިއާއިގައި ދިރިއުޅެމުންދާ އެމެރިކާގެ 10 ޑިޕްލޮމޭޓަކު ގައުމުން ބޭރު ކުރުމާއި، ރަޝިއާގައި ހަރަކާތްތެރިވަމުންދާ، އެމެރިކާއަށް ނިސްބަތްވާ ޖަމްއިއްޔާ ޖަމާއަތްތަކުގެ ހަރަކާތްތައް ހުއްޓުވުމާއި، ރަޝިއާގައި ތިބޭ އެމެރިކާގެ ޑިޕްލޮނޭޓުންގެ އަދަދު މަދު ކުރުމާއި އަދި އެމެރިކާއި ގުޅުންހުރި އޮފީސްތައް މަދު ކުރުމުގެ އިތުރުން، އެމެރިކާގެ ވިޔަފާރިތަކާ ދެކޮޅަވެސް ދަތިކުރުމުގެ ފިޔަވަޅު އެޅުން ހިމެނެއެވެ.

ރަޝިއާއިން ދަތުރުކުމުގެ ފިޔަވަޅު އެޅުމަށް ނިންމާފައިވާ އެމެރިކާގެ އިސް އޮފިޝަލުންގެ ތެރޭގައި، އެމެރިކާގެ ޖާސޫސީ އިދާރާ އެފްބީއައިގެ ޑިރެކްޓަރ ކްރިސްޓޮފަރ ރޭއާއި، ޑިރެކްޓަރ އޮފް ނޭޝަނަލް އިންޓެލިޖެންސް އަވްރިސް ހެއިންސްވެސް ހިމެނެއެވެ.

ރަޝިއާގެ ފޮރިންގ މިނިސްޓަރ ސާގޭ ލަވްރޯވް ވިދާޅުވި ގޮތުގައި، އެމެރިކާއިން ރަޝިއާއަށް ކަޑައަޅާފައި ހުންނަވާ ސަފީރު، ދެގައުމުގެ ގުޅުމާ ގުޅޭގޮތުން ވާހަކަ ދެއްކެވުމަށް އެބުރި އެމެރިކާއަށްވެސް މިހާރުވަނީ ދެންނެވިފައެވެ.

ފާއިތުވެދިޔަ މާރޗްމަހު، ޓީވޯ ޗެނަލަކަށް ދެއްވި އިންޓަވިވްއެއްގައި، އޭނާ ގަބޫލު ކުރައްވާ ގޮތުގައި، ރަޝިއާގެ ރައީސަކީ ގާތިލެއްކަމަށް އެމެރރިކާގެ ރައީސް ވިދާޅުވުމާއި ގުޅިގެން، އެމެރިކާގައި ހުންނަވާ ރަޝިއާގެ ސަފީރުވަނީ އެބުރި ގައުމަށް ވަޑައިގެންފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.