ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއައިޒެޑްއެލް)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދު (މަމިގިލީ އިބޫ)އަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލައިފައިވާކަމަށް އަޑު ފެތުރިފައިވަނިކޮށް އެއީ އެކްސިޑެންޓަކުން ވީ ކަމެއް ކަމަށް އޭނާއާ ހަވާލާދީ ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުން ބުނެފައިވަނީ އޭނާ އަށް އަނިޔާވި ކަން ފާހަގަވީ، އަނބިކަނބަލުންނާ އެކު ސައިކަލްގައި ވަޑައިގަންނަވަނިކޮށް ކަމަށާއި އެއީ އަނބިކަނބަލުންގެ އަތް ދަބަހުގައި އޮތް ކަޓަރަކުން ކަމަށް ބެލެވޭ ކަމަށް ވިދާޅުވެ އިބޫ ތަހުގީގަށް މައުލޫމާތު ދެއްވާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މިހާދިސާއާއި ގުޅިގެން އެމްޑީޕީގެ ބައެއް އިސްބޭފުޅުންވެސް ދަނީ އޭނާއަށް އަވަސް ޝީފާއަކަށް އެދެމުންނެވެ. އިބޫއަށް މިހާރު އަންނަނީ އޭޑީކޭގައި ފަރުވާދެމުންނެވެ. އޭނާއަށް ހަަލާދީފައިވަނީ ރޭގެ ވަގުތެއްގައެވެ.
ކޮމެންޓު ފޮނުވާ