ދެކުނުގެ އަތޮޅުތަކަށް 40 މޭލަށް ވައިދަވާނެ ކަމަށް ލަފާކޮށް، ސަމާލުވުމަށް އިލްތިމާސްކޮށްފި

ދެކުނުގެ އަތޮޅުތަކަށް 40 މޭލަށް ވައިދަވާނެ ކަމަށް ލަފާކޮށް، ސަމާލުވުމަށް އިލްތިމާސްކޮށްފި

Author
މުޙައްމަދު ޝަޒައިމް
19 އޮކްޓޯބަރ 2020 10:01
0

ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް މޫސުންގޯސްވެ ވިއްސާރަކުރާނެތީ، މޫސުމަށް ޚާއްސަ ސަމާލުކަމެއްދިނުމަށް މޫސުމާބެހޭ ޤައުމީ އިރާދާއިން އިލްތިމާސްކުރައްވައިފިއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް، ވައިޓް އެލަރޓް ނެރެފައެވެ. އެލާޓް ނެރެފައިވަނީ މިއަދު 11 ޖެހުމާއި ހަމައަށެވެ. އެލާޓް ނެރެފައިވަނީ ގއ އިން. ސ. އަތޮޅާއި މެދެގެ ރަށްތަކަށެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ވައިޓް އެލަރޓް ނެރެފައިވާ ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުންވެސް އެކަށީގެންވާކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭކަމަށްވެސް އެ އިދާރާއިން ވިދާޅުވެފައިވެއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.