އެމެރިކާގައި މިހާރު ދެމުންދާ ޖޯންސަން އެންޑް ޖޯންސަން ކުފުނިން އުފައްދާފައިވާ އެއް ޑޯޒްގެ ވެކްސިން ދިނުން އެގައުމުގައި ވަގުތީ ގޮތުން މަޑުޖަައްސާލުމަށް އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީން އަންގައިފިއެވެ.
އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީން (FDA)އިން މިގޮތަށް އަންގާފައިވަނީ މި ވެކްސިން މިހާރު ދެވިފައިވާ 6.8 މިލިއަން ޑޯޒްގެ ތެރެއިން 6 ކޭސްއެއް، އާދަޔާ ޚިލާފަށް މަދުން ނޫނީ ނުފެންނަ ވައްތަރުގެ ލޭ ގަޑުވުމުގެ މައްސަލަ (ބްލަށް ކްލޮޓް) އެއް ރިޕޯޓު ކުރުމާއި ގުޅިގެންނެވެ.
މި ކޭސްތައް ރިޕޯޓު ކުރުމާއި ގުޅިގެން، ޖޯންސަން އެންޑް ޖޯންސަން ކުންފުނިވެސް ބުނެފައިވަނީ، އެކުންފުނިން މިހާރު ޔޫރަޕްގެ ގައުމުތަކަށް ފޯރުކޮށްދެމުންދާ ވެކްސިން ފޯރުކޮށްދިނުންވެސް ވަގުތީގޮތުން މަޑު ޖައްސާލާފައިވާ ކަމަށެވެ.
އެމެރިކާގައި ޖޯންސަން އެންޑް ޖޯންސަން ކޯވިޑް ވެކްސިން ދިނުން ވަގުތީގޮތުން ހުއްޓާލާފައި މިވަނީ، މީގެ ކުރިން ހަމަ މިބާވަތުގެ މައްސަލައެއް، އެސްޓްރާޒެނެކާ ވެކްސިން ބޭނުން ކުރުމުގެ ސަބަބުން ކުރިމަތިވެގެން، އެ ވެކްސިންވެސް ބޭނުން ކުރުން ދުނިޔޭގެ އެތައް ގައުމެއްގައި ބޭނުން ކުރުން ވަގުތީގޮތުން ހުއްޓާލާފައި ވަނިކޮށެވެ.
އެމެރިކާއަކީ، މުޅި ދުނިޔެއިންވެސް، ކޯވިޑް19ގެ ހާލަތު އެންމެ ގޯސް ގައުމުވެ. މިގޮތުން މިގައުމުގައި،ކޯވިޑް19 އަށް 31 މިލިއަން މީހުން ޕޮޒިޓިވް ވެފައިވާއިރު، 562,000 މީހުންވަނީ މިބަލީގައި މަރުވެފައެވެ.
އެމެރިކާގައި ކޯވިޑް19 ފެތުރެމުންދާ ގޮތުން، އިދާރާތަކަށް، މި ބަލި އެގައިމުގައި ފެތުރެމުންދާ ގޮތުގެ އަސްލު ދެނެގަތުމަަށްވެސް ވަނީ ދަތިވެފައެވެ. މިގޮތުން އެމެރިކާގެ އުތުރުގައި ކޯވިޑް19 ވަރަށް ބޮޑަށް ފެތުރެމުންދާއިރު، ދުކުނުގައި ވައިރަސް ފެތުރެމުންދާ މިންވަރު ދަށްކަމުގައި ފާހަގަ ކުރެވިފައި ވެއެވެ.
އެހެންނަމަވެސް، އެގައުމުގެ އެކި ކަންކޮޅުތަކިގައި އެކި މިންވަރަށް މި ރޯގާ ފެތުރެމުންދާ ދިއުމާ، ކުރިޔަށް ދާ ވެކްސިން ތަކާއި ގުޅުވާލެވޭ މިންވަރަށް އަދިވެސް ބަލި ފެތިރެމުންދާ ގޮތާއި ތަންތަން ދެނެގަނެވިފައި ނުވާކަމަށް ކަމާ ގުޅުން ހުރި މުވައްސަސާތަކުން ބައެއް މީޑިއާތަކަށް މައުލޫމާތު ދީފައި ވެއެވެ.
ޖޯންސަން އެންޑް ޖޯންސަން ކޯވިޑް ވެކްސިން އެމެރިކާގައި ބޭނުން ކުރުމުގެ އެމަޖެންސީ ހުއްދަ ދޫކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހުއެވެ. އެހެންނަމަވެސް، މިހާތަނަށް އައިއިރުވެސް، ފައިޒާ/ބައޯއެންޓެކް އަދި މޮޑާނާރ ވެކްސިން ބޭނުން ކުރެވެމުންދާހާ އާންމުކޮށް މިވެކްސިން ބޭނުން ކުރެވިގެން ގޮސްފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ