އިނގިރޭސި ޕްރިމިއަރ ލީގުގައި މެޗެސްޓާ ސިޓީން، އާސެނަލްއާއި ދެކޮޅަށް ކުޅުނު މެޗުގައި ލައިންސްމަނަކަށް ހުރި އަންހެން ރެފްރީގެ ގަޔަށް އަތްލި މައްސަލައިގައި އަގުއެރޯއަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވެއްޖެ އެވެ.
މެޗަށްފަހު އަގުއެރޯ ވަނީ މިކަމަށް މައާފަށްވެސް އެދިފައެވެ. ނަމަވެސް ފުޓުބޯޅައިގެ ގިނަ ތަޖުރިބާކާރުން ދެކޭ ގޮތުގައި މިއީ އަގުއެރޯއަށް އަދަބު ލިބެންޖެހޭ ވަރުގެ ކަމެކެވެ. އެއީ އެއްވެސް ހާލެއްގައި ރެފްރީއެއް ގައިގައި އަތްލުމަކީ ފުޓުބޯޅަ ޤަވާއިދު ބުނާގޮތުން އަދަބު ލިބެންޖެހޭނެ ކަމެކެވެ.
އާސެނަލްއާއި ސިޓީ ކުޅުނު މެޗުގަ އަގުއެރޯ ވަނީ ރެފްރީގެ ކޮނޑުމައްޗަށް އަތް އަރުވާފައެވެ. އެއާއެކު ރެފްރީ އެ އަތް ފޮޅާލާފައި ދުރަށް ދާ ތަންވެސް ފެނެއެވެ. މި މައްސަލައިގައި އަގުއެރޯއަށް ފާޑުކިޔުންތައް އަމާޒުވެފައިވާއިރު ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ އޭނާގެ ދިފާއުގައި ވާހަކަދައްކާފައެވެ.
މެޗަށްފަހު ވާހަކަދައްކަމުން ގާޑިޔޯލާ ބުނީ އެއީ އެހާވަރުގެއް ކަމެށް ނޫންކަމަށާއި ފުޓްބޯޅައިގަ އެއަށްވުރެ ބޮޑެތި ކަންކަން ހިނގާކަމަށެވެ. މި ހާދިސާއާ ގުޅިގެން އަގުއެރޯއަށް އެއްވެސް އަދަބެއް ޕްރިމިއަރ ލީގުން އަޅާފައެއްނުވެއެވެ.
އަނިޔާގެ ސަބަބުން ހަތަރުމަހަށް ކުޅުމާ ދުރުގަ ހުރުމައްފަހު އަގުއޭރޯ ކުޅެން ނުކުމެފަ ވަނީ އާސެނަލް މެޗުގައެވެ.