އުތީމު ގަނޑުވަރު: މީގެ 100 އަހަރު ކުރީގެ މަންޒަރާއި، މިހާރު

އުތީމު ގަނޑުވަރު: މީގެ 100 އަހަރު ކުރީގެ މަންޒަރާއި، މިހާރު

Author
މުޙައްމަދު ޝަޒައިމް
18 އޮކްޓޯބަރ 2020 07:38
0

އުތީމު ގަނޑުވަރަކީ މީގެ އެތަކެއް އަހަރެއް ކުރިން ބިނާކުރެވުނު ދިވެހި ޤައުމު ބަޠަލް އައްސުލްޠާނުލް ޣާޒީ މުހައްމަދު ތަކުރުފާނުލް އައުޡަމް "ބޮޑު ތަކުރުފާނު"ގެ ރަސްމީ ގެކޮޅެވެ.

މިގެކޮޅު ބަލައިލުމަކީ ދިވެހި ކޮންމެ ރައްޔިތަކަށްވެސް ލިބޭ ފަޚުރަކަށްވެއެވެ. ދިވެހިންނެކޭ އެއްގޮތަށް މި ގަނޑުވަރު ދެކިލަން ބޭރުގެ އެކި ޤައުމުތަކުގެ މީހުންވެސް ނުހަނު ބޮޑު ޝައުގުވެރިކަމެއްހުރެވެ. ތާރީހުން އެގެން އޮތް ގޮތުގައި ދިވެހީންގެ ގައުމީ ބަޠަލު އައްސުލްޠާނުލް ޣާޒީ މުހައްމަދު ތަކުރުފާނުލް އައުޡަމް "ބޮޑު ތަކުރުފާނު"ގެ ރަސްމީ ގެކޮޅަށް މިހާރު 400 ވަރަކަށް އަހަރު ވެފައިވާއިރު، މި ގަނޑުވަރަކީ ރާއްޖޭގެ އާސާރީ ތަރިކަތަކުގެ ތެރޭގައި ހިމެނޭ އެންމެ ފާހަގަކުރެވޭ އެއް ތަރިކައެވެ.

މިގަނޑުވަރު އެންމެ ފުރަތަމަ ބިނާކުރި ގޮތަށް ގަނޑުވަރުގެ އަސްލު ނުގެއްލޭނެހެން ބެލެހެއްޓުމަކީ ރާއްޖޭގެ ކޮންމެ ސަރުކާރަކުންވެސް އަދި އުތީމުގެ ރައްޔިތުންވެސް ނުހަނުބޮޑު އިސްކަމެއްދީގެން ކުރާކަމެވެކެވެ. އެކަން ތާރީހުވެސް ހެކިދެއެވެ. މީގެ 100 އަހަރުގެ ކުރީގެ ގަނޑުވަރުގެ ފޮޓޯއެއް ބަލާލުމުންވެސް މިހާރާއި މާބޮޑު ތަފާތެއް ނެތެވެ. މިކަމުންވެސް ދިވެހިންގެ ޘަޤާފަތާއި ތަރިކަ ދިރުވައި އާލާކުރުމަށް ދިވެހިންގެ ދޭ ސަމާލުކާން ހާމަވެއެވެ. އަދި ޤާއުމީ ބަޠަލް އައްސުލްޠާނުލް ޣާޒީ މުހައްމަދު ތަކުރުފާނުލް އައުޡަމް "ބޮޑު ތަކުރުފާނު" އަށް ދިވެހިގެ ހިތްތަކުގައި ދެވިފައިވާ ދަރަޖަ ހާމަވެގެންދެއެވެ.

އުތީމު ގަނޑުވަރަކީ ގިނަ އަދަދެއްގެ ދިވެހިންނާއި، ފަތުރުވެރިންވެސް ޒިޔާރަތްކުރާ މަރުކަޒެކެވެ. ޚާއްސަކޮށް ސްކޫލް ބަންދު ތަކުގައި ގިނަ ރަށްރަށުން އެގަނޑުވަރަށް ޒިޔާރަތް ކުރެއެވެ. އުތީމު ގަނޑުވަރުގެ ޚިދުމަތްތައް ވަގުތީ ގޮތުން މެދު ކަނޑާލާފައިވަނީ އެއްފަހަރާ އެއްތަނަކަށް މީހުން އެއްވެއުޅުމާ ގުޅިގެން މިދުވަސްވަރު ކުރިމަތިވެދާނެ ޞިއްޙީ މައްސަލަތަކުން ރައްކާތެރިވުމުގެ ގޮތުން ނެވެ.

ގައުމީ ދުވަހަކީ، ދިވެހީންގެ މަދު މީސްކޮޅަކާ އެކު، އުތީމު މުޙައްމަދު ތަކުރުފާނު އިސްވެ ހުންނަވައިގެން، 15 އަހަރު ވަންދެން ދިވެހިރާއްޖެ ހިފައިގެން ތިބި ޕޯޗުގީޒުންނާ ހަނގުރާމަކުރައްވައި އެމީހުން ބަލިކުރައްވައި، ދިވެހިރާއްޖެ މިނިވަންކުރެއްވި ދުވަސް ފާހަގަކޮށް އެބަތަލުންގެ ޒިކުރާ އާކުރުމަށް ފާހަގަ ކުރުމުން އަންނަ ދުވަހެކެވެ. ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ ޤައުމީ ދުވަސް ފާހަގަކޮށް ޖަލްސާއެއް ބާއްވާފައިވާކަމަށް ތާރީޚުން އެނގެން އޮތީ 1365 ވަނަ އަހަރުއެެވެ.  އެންމެ ފުރަތަމަ އުތީމުގައި ގައުމީ ދުވަސް ރަސްމީކޮށް ފާހަގަ ކޮށްފައިވަނީ، 1951 ވަނަ އަހަރުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.