މަނަދޫ ނެރު ކޮނުމާއި ބޭރުތޮށިލުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

މަނަދޫ ނެރު ކޮނުމާއި ބޭރުތޮށިލުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

Author
ޢަލީ އާދަމް
06 އޭޕްރިލް 2021 08:01
0

ނ. މަނަދޫ އާނެރު ކޮނުމާއި ބަނދަރުގެ ބޭރުތޮށި ލުމުގެ މަޝްރޫޢު މިއަދު އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

މި މަޝްރޫޢުގެ ދަށުން، ބަނދަރުގައި ބޭނުންކުރަމުން އައި އިހުގެ ނެރު ބަންދުކޮށް، އައު ނެރެއް ކޮނުމާއި، 290 މީޓަރުގެ ބޭރުތޮށި ލުމާއި، 2 މީޓަރު ފުޅާ 244 މީޓަރު ދިގު ކޮންކްރީޓް ޖެޓީ އެއް ހެދުމާއި، ނެރުބައްތި ހަރުކުރުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާކަމަށް އެމްޓީސީސީން ބުނެއެވެ. 300 ދުވަހުގެ ތެރޭގައި ނިންމުމަށް އެމްޓީސީސީއާ ހަވާލުކުރި މި މަޝްރޫޢަކީ 29.11 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

މި މަޝްރޫޢު ޙަވާލުކުރުމަށް މިއަދު ޕްލޭނިންގ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި، އެއްބަސްވުމުގައި ސޮއިކުރެއްވީ އެމްޓީސީސީގެ ޗީފް އޮޕަރޭޓިންގ އޮފިސަރ ޝާހިދު ޙުސައިން މޫސާ އާއި މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީ ޒީނިޔާ އަޙްމަދު ޙަމީދެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.