ހއ. ބާރަރު ނެރު ފުންކުރުމާއި ކުރީގެ ބަނދަރު އަލުން ފުންކުރުމުގެ މަޝްރޫޢު ސަރުކާރުން މިއަދު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
120 ދުވަސްތެރޭގައި ނިންމުމަށް 12.17 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މި މަޝްރޫޢުގެ ދަށުން ކޮންނަން ހަމަޖެހިފައިވާ ނެރުގެ ދިގުމިނަކީ 755 މީޓަރު އަދި ފުޅާ މިނަކީ 33 މީޓަރެވެ. އަދި މިނެރު 8 މީޓަރަށް ފުންކުރާނެކަމަށް އެމްޓީސީސީން ބުނެއެވެ. މީގެ އިތުރުން މިހާރު ބޭނުންކުރަމުންދާ ބަނދަރު 3.5 މީޓަރަށް ފުންކުރުންވެސް މަޝްރޫޢުގެ ތެރޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވާކަމަށް އެމްޓީސީސީން ބުނެއެވެ.
MTCC has signed with @MoNPHImv today towards implementing Ha. Baarah Channel and Maintenance dredging. The value of the project is MVR 12.17 million.#MTCCProjects pic.twitter.com/thG2ourbiW
— MTCC Plc (@MTCCPlc) April 6, 2021
މި މަޝްރޫޢު ޙަވާލުކުރުމަށް މިއަދު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރ ގައި ބޭއްވި ރަސްމިއްޔާތުގައި، އެއްބަސްވުމުގައި ސޮއިކުރެއްވީ އެމްޓީސީސީގެ ޗީފް އޮޕަރޭޓިންގ އޮފިސަރ ޝާހިދު ޙުސައިން މޫސާ އާއި މިނިސްޓރީގެ ޕަރމަނަންޓް ސެކްރެޓަރީ ޒީނިޔާ އަޙްމަދު ޙަމީދެވެ.
ކޮމެންޓު ފޮނުވާ