ތިން ރަށެއްގެ ފުޓުބޯޅަ ދަނޑުގެ ސަބް ބޭސް މަސައްކަތް ހަވާލޮކޮށްފި

ތިން ރަށެއްގެ ފުޓުބޯޅަ ދަނޑުގެ ސަބް ބޭސް މަސައްކަތް ހަވާލޮކޮށްފި

Author
ޢަލީ އާދަމް
06 އޭޕްރިލް 2021 05:50
0

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ގާއިމްކުރަމުންދާ ފުޓްބޯޅަ ދަނޑުތަކުގެ ތެރެއިން ތިން ރަށެއްގެ ފުޓުބޯޅަ ދަނޑުގެ ސަބް ބޭސް މަސައްކަތްކުރުމަށް ހަވާލުކޮށްފި އެވެ.

އެގޮތުން މިއަދު އެއްބަސްވުމުގައި ސޮއިކުރީ ލ. މާމެންދޫ، އައްޑޫސިޓީ މަރަދޫގެ އިތުރުން ފުވައްމުލައް ސިޓީ ދޫޑިގަން އަވަށު ފުޓްބޯޅަ ދަނޑުގެ މަސައްކަތެވެ.

ލ. މާމެންދޫ ފުޓްބޯޅަ ދަނޑުގެ ސަބް ބޭސްގެ މަސައްކަތްކުރުމަށް ހަވާލުކޮށްފައިވަނީ ނެކްސްޓަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ ސައިޓް ހަވާލުކުރާތާ 28 ދުވަހުގެ ތެރޭގައި މަސައްކަތް ފަށާ 28 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 2،126،703 ރުފިޔާއަށެވެ.

ސ. މަރަދޫ ފުޓްބޯޅަ ދަނޑުގެ ސަބް ބޭސް ތައްޔާރުކުރުމުގެ މަސައްކަތް ސައިޓް ހަވާލުކުރާތާ 28 ދުވަހުގެ ތެރޭގައި ފަށާ 29 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލުކޮށްފައިވަނީ އާރުޖީ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއެވެ. މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 2،088،461 ރުފިޔާއަށެވެ.

ފުވައްމުލައް ސިޓީ ދޫނޑިގަން އަވަށު ފުޓްބޯޅަ ދަނޑުގެ ސަބް ބޭސް ތައްޔާރުކުރުމުގެ މަސައްކަތް ސައިޓް ހަވާލުކުރާތާ 28 ދުވަހުގެ ތެރޭގައި ފަށާ 60 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލުކޮށްފައިވަނީ އާރުޖީ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއެވެ. މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 2،305،619 ރުފިޔާއަށެވެ.

އަތޮޅުތެރޭގެ މިފަދަ އެކިއެކި ޕްރޮޖެކްޓްތަކުގެ މަސައްކަތް އެކި ސްޓޭޖްތަކުގައި މިދުވަސްކޮޅު ބާރު ސްޕީޑްގައި ކުރިއަށްދާކަން ފާހަގަކޮށްލެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.