އިންޓަނޭޝަނަލް ބިޒްނަސް އެވޯޑްސްގެ ގިނަ ކެޓަގަރީތަކަކުން އުރީދޫ މޯލްޑިވްސްއަށް ބައިނަލްއަޤްވާމީ ގިނަ އެވޯޑްތަކެއް ލިބިއްޖެއެވެ.
މި އެވޯޑްތައް އުރީދޫ މޯލްޑިވްސްއަށް ލިބުމާއިގުޅިގެން އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ، ނަޖީބް ޙާން ވިދާޅުވީ، އުރީދޫގެ ފާއިތުވި އަހަރުގެ ތެރޭގައި، އުރީދޫގެ ނެޓްވޯކް އަދި ޓެލެކޮމިއުނިކޭޝަންސް އިންފްރާސްޓްރަކްޗާ ވަރުގަދަ ކުރުމަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކޮށްފައިވާ ކަމަށެވެ. ޑިޖިޓަލް ޓެކްނޮލޮޖީ މެދުވެރިކޮށް ފަހި މުޖުތަމައެއް ބިނާކޮށް، ރައްޔިތުންނާއި ވިޔަފާރިވެރިންނަށް އިތުރު ފުރުސަތުތައް ފަހިކޮށް ފުޅާކޮށްދިނުމަށް އުރީދޫއިން ކެނޑިނޭޅި މަސައްކަތް ކުރަމުންދާނެކަމަށް އެ ކުންފުނިން ބުނެއެވެ.
“It is a great honor for us to be recognized as the Telecom Company of the Year and be awarded for our initiatives in our journey to enrich the lives of our communities through digital. I would like to congratulate & thank the entire team for the win” MD & CEO, Najib Khan. pic.twitter.com/tF7yM4oDg9
— Ooredoo Maldives (@OoredooMaldives) October 17, 2020
17 ވަނަ އިންޓަނޭޝަނަލް ބިޒްނަސް އެވޯޑްސްގައި އުރީދޫއަށް ލިބުނު އެވޯޑުތައް:
ގޯލްޑް ސްޓީވީ: ކޮންޕެނީ އޮފް ދަ އިޔާ (ޓެލެކޮމިއުނިކޭޝަންސްގެ ދާއިރާއިން، މެދު ފަންތީގެ ވިޔަފާރިތައް)
ސިލްވާ ސްޓީވީ: މޯސްޓް އިނޮވޭޓިވް ކޮންޕެނީ އޮފް ދަ އިޔާ.
ބްރޮންޒް ސްޓީވީ: މޯބައިލް ސައިޓް އެންޑް އެޕް.
ބްރޮންޒް ސްޓީވީ: މޯސްޓް ވެލުއަބަލް ކޯޕޮރޭޓް ރެސްޕޯންސް.
އޭޝިއާ ޕެސިފިކް ސްޓީވީ އެވޯޑްސްގައި އުރީދޫ އަށް ލިބުނު އެވޯޑުތައް":
ގޯލްޑް ސްޓީވީ: އެވޯޑް ފޯ އިނޮވޭޝަން އިން އެޕްސް.
ގޯލްޑް ސްޓީވީ: އެވޯޑް ފޯ އިނޮވޭޝަން އިން ކަސްޓަމާ ސާވިސް.
ސިލްވާ ސްޓީވީ: އެވޯޑް ފޯ އެކްސަލެންސް އިން އިނޮވޭޝަން އިން ޓެކްނޮލޮޖީ.
މިދިޔަ އަހަރުގެ ތެރޭގައި ރާއްޖެއަށް މުޅިން އަލަށް އެޗް-ޑީ ވޮއިސް ގެ ހިދުމަތާއި ވޮއިސް އޯވާ ވައިފައި ގެ ހިދުމަތާއެކު ކަސްޓަމަރުންގެ ކޯލް ކޮލިޓީ އެ ކުންފުނިން ވަނީ ވަރުގަދަކޮށްދީފަ އެވެ. މީގެ އިތުރުން އުރީދޫ ސުޕަނެޓް މެދުވެރިކޮށް ރާއްޖޭގެ އާބާދީގެ 65 ޕަސެންޓަށް ވަނީ ފޯރުކޮށްދީފަ އެވެ.
ކޮމެންޓު ފޮނުވާ