އއ. މާޅޮސް ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.
މިމަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ މަޝްރޫޢުގެ ސައިޓް މޮބިލައިޒް ކުރުމަށް މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްއާއި މަޖިލީހުގެ މަތިވެރީ ދާއިރާގެ މެމްބަރު ހަސަން ޒަރީރާއި، މާޅޮހު ކައުންސިލްގެ ރައީސް އިސްމާއީލް ނަސީރެވެ.
މި މަޝްރޫޢުގެ ސައިޓް މޮބިލައިޒް ކުރީ މިދިޔަ މާރިޗު މަހުގެ 30 ވަނަ ދުވަހުއެވެ.
A ceremony was held today at Aa. Maalhos to mark the mobilization of Aa. Maalhos Harbor Development project site. We mobilized the project site on 30th March 2021. The value of the project is MVR 56.97 million. #MTCCProjects pic.twitter.com/onUtPIwqMO
— MTCC Plc (@MTCCPlc) April 5, 2021
މާޅޮހު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، 335,24 ކިއުބިކް މީޓަރު ކޮނުމާއި، 394 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 407 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 56 މީޓަރުގައި ގްރޮއިންސް ޖެހުމާއި، 100 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 1970 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ބަނދަރު ސަރަޙައްދުގައި ބައްތި ހަރުކުރުމުގެ މަސައްކަތް ކުރުމަަށް ހަމަޖެހިފައި ވާކަމަށް އެމްޓީސީސީން ބުނެއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރ އިން މިދިޔަ ނޮވެމްބަރ މަހުގެ 10 ވަނަ ދުވަހު އެމްޓީސީސީއާ ހަވާލުކުރި މި މަޝްރޫޢުއަކީ 56.97 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ.
މި މަޝްރޫޢުގެ މަސައްކަތް 360 ދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ.