އެމެރިކާގެ ގާނޫނު ހަދާ މަޖިލިސް އިމާރާތް ސަރަހައްދުގައި ބަޑީގެ ހަމަލާތަކެއް ބަދަލު ކޮށްފި

އެމެރިކާގެ ގާނޫނު ހަދާ މަޖިލިސް އިމާރާތް ސަރަހައްދުގައި ބަޑީގެ ހަމަލާތަކެއް ބަދަލު ކޮށްފި

Author
ހުސެއިން
02 އޭޕްރިލް 2021 10:46
0

އެމެރިކާގެ ގާނޫނު ހަދާ މަޖިލިސް އިމާރާތް ސަރަހައްދުގައި ބަޑީގެ ހަމަލާތަކެއް ބަދަލު ކުރުމާއި ގުޅިގެން ގާނޫނު ހަދާ މަޖިލިސް ހިމެނޭ އިމާތާ އަދި އިމާރާތް ހިމެނޭ ސަރަހައްދު ބަންދު ކޮށްފިއެވެ.

އެމެރިކާގެ ކެޕިޓަލް ޕޮލިސްގެ ފަރާތުން މައުލޫމާތު ދޭގޮތުގައި، "މަޖިލިސް ކުރާ އިމާރާތް ހިމެނޭ ސަރަހައްދުގައި ސަލާމަތަށް ނުރައްކާ ވެދާނެ ފަދަ ހާލަތެއް" އޮތުމާއި ގުޅިގެން ކެޕިޓަލް އިމާރާތުގެ ތެރޭގައި ތިބި މުވައްޒިފުންނަށް އިމާރާތުން ބޭރަށް ނުކުރުމާއި އަދި ބޭރުގައި ތިބި ބަޔަކު އެތެރެއަށް ވަނުންވެސް މިހާރު ވަނީ މަނާ ކޮށްފައެވެ.

ސަލާމަތީ ޚިދުމަތްތަކާ ގުޅުންހުރި އޮފިޝަލަކު ބައެއް މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި، އޮފިޝަލުން ހަރަކާތްތެރި ވަމުންދަނީ، ގާނޫނު ހަދާ މަޖިލިސް ހިގާ އިމާރާތް ކަމުގައިވާ ކެޕިޓަކް އިމާރާތާ އިންވެގެން އޮންނަ މަގުގައި ބަޑީގެ ހަމަލާތަކެއް ބަދަލު ކޮށްފައިވާކަމުގެ މައުލޫމާތު ލިބިގެންނެވެ.

އަދި މި ހަމަލާތަކުގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާވެފައިވާ ކަމުގެ މައުލޫމާތު އަދި މީޑިއާތަކަށް ލިބިފައެއް ނުވެއެވެ.

ނަން ހާމަކުރަން ބޭނުން ނުވާ އޮފިޝަލަކު އެސޯޝިއޭޓް ޕްރެސްއަށް މައުލޫމާތު ދީފައިވާ ގޮތުގައި، މި ހަމަލާއާއި ގުޅޭތުން މިހާރު ކުރިޔަށް ދާ ތަހުގީގާ ގުޅެ މައުލޫމާތު އާންމުކުރުން އަދި ވަނީ މަނާކުރެވިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.