ޤައުމީ ދުވަހުގެ މުނާޞަބަތުގައި އެމްއެންޑީއެފުން ތައްޔާރުކޮށް ނެރޭ "ޤައުމީ ލަވަ އަލްބަމް" ނެރެފިއެވެ.
އެމްއެންޑީއެފުން ވިދާޅުވީ މި އަހަރުގެ ޤައުމީ ލަވަ އަލްބަމް ޚާއްޞަ ވެފައިވަނީ "ތެދުވެރިކަން-ޤައުމިއްޔަތުގެ އަސްލު" މި ތީމަށް ކަމުގައެވެ. ޖުމްލަ 08 ލަވަ ހިމެނޭ މި ލަވަ އަލްބަމްގައި ހިމެނޭ ލަވަތައް ހުށަހަޅައިދީފައިވަނީ ރާއްޖޭގެ ފުންނާބު އުސް ލަވަކިޔުންތެރިންނެވެ. މިފަހަރުގެ ލަވަ އަލްބަމަށް ޅެން ހައްދަވާފައި ވަނީ އަމީނާ މުފީދު، ޕްރައިވެޓް މުޙައްމަދު މާޙިދު (މާޓު)، ޢަލީ ޖައިޝާން ޢާމިރު، ކޮމާންޑް ސާޖަންޓް މޭޖަރ ޢަބްދުﷲ ސަޢީދު، ޖައުފަރު ޢަބްދުލް ރަޙްމާނު، އަދި މުޙައްމަދު ޢަބުދުލް ޣަނީ އެވެ. އެހެން އަހަރުތަކެކޭ އެއްފަދައިން މިފަހަރުގެ އަލްބަމްގައި ވެސް ޤައުމީ ރޫޙާއި ޤައުމީ ޖޯޝުން ލޭ ކައްކުވާލާފަދަ ޅެންތަކެއް ހިމަނޭ ލަވަތައް ހިމެނެއެވެ.
މި އަލްބަމަށް ލަވަކިޔުއްވާފައިވާ ލަވަ ކިޔުންތެރިންގެ ތެރޭގައި މުޙައްމަދު ޢަބުދުލް ޣަނީ، ސައިނާ، ސަމާ، ޖައިޝާ، ޙުސައިން ހަމްދޫން، ރާފިޔަތު ރަމީޒާ، އިބްރާހީމް ވަޙީދު (ބޮޑުބެ)، އިބްރާހީމް މަމްދޫހު (މަންޑޭ)، ޙަސަން ތޮލާޤް، ނާޝިދާ އަޙްމަދު، މަރިޔަމް އުނޫޝާ، އިސްމާޢީލް އައްފާނު، މުޙައްމަދު ޝިއުޒު، ޕ. މުޙައްމަދު މާޙިދު (މާޓު)، ފަސްޓް ލެފްޓިނަންޓް ހުސައިން ޢަލީ، ވއ.1 ޢަބްދުﷲ އިލްހާމް އިބްރާހީމް (އިއްލެ)، ޕްރައިވެޓް އައިމިނަތު ޢަނާނާ، ޢާއިޝަތު ޖައިޝާ ވަޙީދު، މުސާ ޠާރިޤު، ޚަދީޖާ މުޙައްމަދު (ރިޒޫ)، މުޙައްމަދު ސުހެއިލް، އަޙްމަދު ޖައިލަމް (ބޭ)، ޑރ. ފާތިމަތު ޝިފްނާ (ޝިފޫ )، ޕ. މޫސާ ކަލީމް، އަދި ޝަލަބީ އިބުރާހިމްގެ އިތުރުން މަރިޔަމް އަޝްފާ ހިމެނެއެވެ.
މި އަލްބަމްގެ ރާގު ހައްދަވާފައިވާ ފަރާތްތަކުގެ ތެރޭގައި ލެފްޓިނެންޓް ކާނަލް ޢަލީ މަނިކު (ދާރީ)، ވޮރަންޓް އޮފިސަރ 1 ޢަބްދުﷲ އިލްހާމް އިބްރާހީމް (އިއްލެ)، ވޮރަންޓް އޮފިސަރ 1 ޔޫސުފް ޝިމާޒް، އިބްރާހީމް މޫސާ ފިކްރީ، ޕްރައިވެޓް މުޙައްމަދު މާޙިދު (މާޓު) އަދި އަމްރާ މުޙައްމަދު ޢާމިރު ހިމެނެވެ.
މިއަހަރުގެ ޤައުމީ ދުވަހުގެ މުނާޞަބަތާ ގުޅުވައިގެން ނެރުނު މި އޯޑިއޯ އަލްބަމްގެ ބައެއް ވީޑިއޯ ލަވަތައް ވެސް ވަނީ އެމްއެންޑީއެފްގެ އޮފިޝަލް ޔޫޓިއުބްއަށް ޗެނަލް އަށް އަޕްލޯޑު ކުރެވިފައެވެ. މިއަލްބަމްގެ ލަވަތަކަށް މިޔުޒިކް ތައްޔާރުކޮށްފައިވަނީ އެމްއެންޑީއެފް ބޭންޑު އެންޑް މިޔުޒިކް ވިންގުންނެވެ. އަދި އަލްބަމްގެ ވީޑިއޯ ލަވަތައް ތައްޔާރުކޮށް، އެޑިޓްކޮށްފައިވަނީ އެމްއެންޑީއެފް މީޑިއާ އެންޑް ޕަބްލިޝިންގ ސަރވިސް އިންނެވެ.
2002ވަނަ އަހަރުން ފެށިގެން ނެރެވެމުން އަންނަ ޤައުމީ ލަވަ ސީޑީގެ މިއީ 19ވަނަ އަލްބަމެވެ. މި އަލްބަމްގެ ލަވަތައް އެމްއެންޑީއެފް ޔޫޓިއުބް ޗެނަލްއިން ޑައުންލޯޑު ކުރެވޭނެކަމަށް އެމްއެންޑީއެފުން ވިދާޅުވެ އެވެ.
ކޮމެންޓު ފޮނުވާ